Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސާފް ޗެންޕިއަންޝިޕަށް ޤައުމީ ޓީމަށް ކޯޗަކު ހޯދަނީ

ސާފް ޗެންޕިއަންޝިޕަށް ޤައުމީ ޓީމަށް ކޯޗަކު ހޯދަނީ

ހުސައިން އިސްމާއިލް
417 ދުވަސް ކުރިން - 20 އޭޕްރިލް 2025 13:20
2008 ގައި ލަންކާގައި އޮތް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޤައުމީ ޓީމާއެކު ރައީސް މައުމޫން: މިފަހަރު ލަންކާގައި އޮތް މުބާރާތަށް ގައުމީ ޓީމް ތައްޔާރުކުރުމަށް ކޯޗެއް ހަމަޖެއްސުމުގެ މަސައްކަތް ވަނީ ފަށާފަ.
2008 ގައި ލަންކާގައި އޮތް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޤައުމީ ޓީމާއެކު ރައީސް މައުމޫން: މިފަހަރު ލަންކާގައި އޮތް މުބާރާތަށް ގައުމީ ޓީމް ތައްޔާރުކުރުމަށް ކޯޗެއް ހަމަޖެއްސުމުގެ މަސައްކަތް ވަނީ ފަށާފަ.
ޚުލާސާ

ކޯޗުގެ ޝަރުތުތަކުގެ ތެރޭގައި އޭއެފްސީ/ޔުއެފާ ޕްރޯ ލައިސަންސް އަދި 6 އަހަރުގެ ތަޖުރިބާ ހިމެނޭ.

ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް ތިންމަސްދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ކޯޗަކާއި ކޯޗިންގ ސްޓާފުން ހޯދުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިޢުލާންކޮށްފިއެވެ.

މި އިޢުލާނުގައި ވާގޮތުން ހޯދަން ބޭނުންވަނީ ހެޑްކޯޗުގެ އިތުރުން އެސިސްޓަންޓް ކޯޗު، ގޯލްކީޕަރ ޓްރެއިނަރު، ފިޒިކަލް ޓްރެއިނަރު އަދި ޓީމު ޑޮކްޓަރެވެ. ކޯޗުގެ ޝަރުތުތަކުގެ ތެރޭގައި އޭއެފްސީ/ޔުއެފާ ޕްރޯ ލައިސަންސް އަދި 6 އަހަރުގެ ތަޖުރިބާ ހިމެނެއެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޝުޖާޢު ވިދާޅުވީ ޓީމަށް ކޯޗަކު ނެގުމަށް ވުރެ، މި ފަހަރު އިޢުލާންކުރީ ވީހާވެސް ހަމަހަމަކޮށް އެކަން ގެންދިއުމަށް ކަމަށެވެ. އަދި މިގޮތަށް ހުޅުވާލުމުން މާ ރަނގަޅު ކޯޗެއް ލިބިދާނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

Advertisement 1

މި ކޯޗު ހޯދަނީ ޖޫން މަހު ސްރީލަންކާގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށެވެ. އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ޖުލައި މަހު ހަމަވާތީ، އޭގެ ފަހުން ހަވާލުވާ ބަޔަކަށް ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގެ ދަށުން ކޯޗަކު ހޯދުމުގެ ފުރުޞަތު ދިނުމަށް ވިސްނާފައިވާ ކަމަށް ބެލެވެއެވެ.

ނަމަވެސް، މުބާރާތެއް ނެތުމުން ޤައުމީ ޓީމު ނެގުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. އެފްއޭއެމުން މިހާރު މަސައްކަތްކުރަމުންދަނީ ކުރު މުބާރާތެއް ބޭއްވުމަށެވެ.

ގައުމީ ފުޓްބޯޅަ ޓީމުސާފް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވީހާވެސް ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

8 ދުވަސް ކުރިން - 10:38

ދިވެހި ފުޓުބޯޅައިގެ ރަން ތާރީހުގެ "ވަރުގަދަ އަޒުމް": އަލީ އަޝްފާގުގެ ސަތޭކަ މެޗަކީ ގައުމީ ފަހުރެއް

ދިވެހި އެއްބައިވަންތަކަމުގެ ރަމްޒު، އަލީ އަޝްފާގުގެ ސަތޭކަ މެޗަކީ ގައުމީ ފަހުރެއް

8 ދުވަސް ކުރިން - 23:56

ސާފް ޗެމްޕިއަންޝިޕުގެ ޓިކެޓު ވިއްކަން ހުޅުވާލައިފި؛ ސިޑިބަރި 15 އަށް، ގޮނޑިބަރި 20 އަށް

ސާފް ޗެމްޕިއަންޝިޕުގެ ޓިކެޓު ވިއްކަން ހުޅުވާލައިފި

81 ދުވަސް ކުރިން - 02:10

މިއޮތީ ފުރުސަތު! 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުންތެރިން ހޮވަން އޯޕަން ސެޝަނެއް ބާއްވަނީ

ގައުމީ ޓީމަށް ކުޅުންތެރިން ހޮވަން އޯޕަން ސެޝަނެއް

131 ދުވަސް ކުރިން - 17:18

ބަންގްލަދޭޝް އިން އަންހެން ފުޓްސަލް ޗެލެންޖުގެ ތަށި ނަގައިފި

ބަންގްލަދޭޝް އިން އަންހެން ފުޓްސަލް ޗެލެންޖުގެ ތަށި

136 ދުވަސް ކުރިން - 21:54

ފުޓްސަލް މުބާރާތުގައި ގައުމީ އަންހެން ޓީމް ޕާކިސްތާނު އަތުން ބަލިވެއްޖެ

ގައުމީ އަންހެން ޓީމް ޕާކިސްތާނު އަތުން ބަލިވެއްޖެ

144 ދުވަސް ކުރިން - 22:43