ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އެމްބަންޑާކާ ކައިރީގައި، (ކޮންގޯގެ އިރުހުޅަނގުން) ދަތުރުކުރަމުންދިޔަ ބޯޓެއްގައި އަލިފާން ރޯވެ 50 މީހުން މަރުވެ އެތައް ބަޔަކު ގެއްލިއްޖެއެވެ.
ފަސިންޖަރު ބޯޓުގައި އަލިފާން ރޯވެ ބަންޑުން ޖަހައިލި މި ހާދިސާ ހިނިގިއިރު އޭގައި 400 މީހުން ތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފަތަން ނުދަންނަ އެތައް ފަސިންޖަރުންނެއް ވަނީ އަލިފާނުން ސަލާމަތްވުމަށް ކޯރަށް ފުންމާލާފައި ކަމަށާ، އެކަމުގެ ސަބަބުން އެތައް ބަޔަކު މަރުވެފައިވެއެވެ.
ޚަބަރުތައް ބުނާ ގޮތުގައި ފިހިގެން އެތައް ބަޔަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވެ އެވެ.