ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، ރިއަލް މެޑްރިޑް ކަޓުވާލުމަށް ފަހު، އާސެނަލުން 16 އަހަރަށް ފަހު މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ރޭ ސަންޓިއާގޯ ބާނަބައު ދަނޑުގައި ކުޅުނު ދެވަނަ ލެގުގެއި އާސެނަލް ވަނީ ރިއަލް މެޑްރިޑް 2-1 އިން ބަލިކޮށްފައެވެ. މިދިޔަ ހަފްތާގައި އާސެނަލް ދަނޑުގައި ކުޅުނު މެޗުން އެ ޓީމު ވަނީ 3-0 އިން މޮޅުވެފައެވެ. އެހެންކަމުން އެގްރިގޭޓުން އާސެނަލަށް ކުރިލިބުނީ 5-1 އިންނެވެ.
މެޗުގެ 65 ވަނަ މިނިޓްގައި އާސެނަލްގެ ފުރަތަމަ ގޯލު ޖަހައިދިނީ ބުކާޔޯ ސަކާއެވެ. ރިއަލް މެޑްރިޑުން ވަނީ އެ ގޯލު ޖެހިތާ ދެވަނަޔަށްވީ މިނެޓުބައި ގޯލު ޖަހާފައެވެ. އެއީ އާސެނަލްގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ވިނީޝިއުސް ޖޫނިއާއެވެ. އާސެނަލްގެ އަނެއް ގޯލު ޖެހީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ގަބްރިއެލް މާޓިނެލީއެވެ.
މިއީ، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އާސެނަލުން ވާދަކުރާ ތިން ވަނަ ފަހަރެވެ. އެންމެ ފަހުން، އެ ޓީމުން ސެމީ ފައިނަލުގައި ކުޅުނީ 2009 ވަނަ އަހަރުއެވެ. އާސެނަލުން ސެމީ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ޕީއެސްޖީއާއެވެ.