މިދިޔަ މަހު 26 ވަނަ ދުވަހުގެ ރޭ އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ ވެސް މަރުވެއްޖެ އެވެ.
އިންޑިއާގައި އިތުރު ފަރުވާ ދެމުންދަނިކޮށް 31 އަހަރުގެ އަލީ ސާމިން މަރުވެފައިވަނީ ރޭގެ ވަގުތެއްގައި އިންޑިއާގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާ އިންޑިއާއަށް ގެންދިޔުމުގެ ކުރިން އައިޖީއެމް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ދުވަސްތަކެއް ވަންދެން ފަރުވާ ދީފައިވެއެވެ.
މި ހާދިސާގައި އެންމެ ބޮޑަށް ފިހުނު ސާމިންގެ ކުރީގެ އަންހެނުން، 31 އަހަރުގެ އައިޝަތު ރިފްޤާ ވަނީ މިދިޔަ މަހު 31 ވަނަ ދުވަހު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައެވެ.
ކުރީގެ ދެމަފިރިން ގައިގައި އަލިފާން ރޯވި ސަބަބު އަދި ސާފެއް ނުވެއެވެ. ދެމީހުންގެ ހަށިގަނޑުގެ ބޮޑު އިންސައްތައެއް ރޯވެފައިވާއިރު ދެމީން ތިބި ކޮޓަރީގައި ރޯވެފައިވަނީ ދޮރު ފޮތިގަނޑުގައި އެކަނިކަން ފާހަގަ ކުރެވެއެވެ.










