Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އީރާނުން ގޮތްދޫނުކުރުމުން އެމެރިކާއަށް ޖެހުނީ ފަރުދާވެގެން މަޝްވަރާކުރަން

އީރާނުން ގޮތްދޫނުކުރުމުން އެމެރިކާއަށް ޖެހުނީ ފަރުދާވެގެން މަޝްވަރާކުރަން

ޖަވާދު
514 ދުވަސް ކުރިން - 13 އޭޕްރިލް 2025 11:49
އީރާނުގެ މަންދޫބު، ޚާރިޖީ ވަޒީރު އައްބާސް އަރާޗީ  އާއި އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފް (ވ).
އީރާނުގެ މަންދޫބު، ޚާރިޖީ ވަޒީރު އައްބާސް އަރާޗީ އާއި އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފް (ވ).
ޚުލާސާ

އެމެރިކާއިން ނުރުހުނަސް، މަޝްވަރާކުރީ ދެގައުމިގެ މަންދޫބުން ދެކޮޓަރީގައި ތިބެގެން. މެސެޖުތައް ބަދަލުކުރީ އޮމާންގެ ޚާރިޖީ ވަޒީރު. ދެވަނަބުރު އޮންނާނީ ހޮނިހިރު ދުވަހު.

އެމެރިކާ އާއި އީރާން ދެމެދު އޮމާން މެދުވެރިކޮށް ނުސީދާ މަޝްވަރާތަކެއް އިއްޔެ ބާއްވައިފިއެވެ. މި މަޝްވަރާތައް ދެގަޑިއިރާއި 30 މިނެޓަށް ދިގުދެމިގެންދިޔައިރު ރައީސް ޓްރަމްޕް ބޭނުންފުޅުވި ގޮތަށް މަޝްވަރާތައް ބޭއްވޭ ގޮތެއް ނުވިއެވެ.

އެމެރިކާއިން ބޭނުންވީ ސީދާ ގޮތެއްގައި އީރާނާއެކު މަޝްވަރާ ކުރުމަށެވެ. ނަމަވެސް އީރާނުން ބުނީ އެމެރިކާ ކަހަލަ ނުބައި ހީލަތްތެރި ބަޔަކާއި ސީދާ ގޮތެއްގައި މަޝްވަރާ ކުރާކަށް ބޭނުން ނުވާކަމަށެވެ.

އެހެންކަމުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި މި މަޝްވަރާތައް ބޭއްވީ އޮމާންގެ ވެރިރަށް މަސްކަޓްގައި ދެގައުމުގެ މަންދޫބުން އެއްބޭފުޅަކު އަނެއް ބޭފުޅަކާއި ދިމާނުވާ ގޮތަށް ދެ ކޮޓަރީގައި ތިބެގެންނެވެ. މިއީ ދުނިޔޭގެ ސުޕަ ޕަވަރު ކަމަށް ދައުވާ ކުރަމުންދާ އެމެރިކާއިން ބޭނުންވި ގޮތެއް ވެސް ނޫނެވެ. ނަމަވެސް އެމީހުންނަށް ޖެހުނީ އީރާނުން ބުނި ގޮތަށް ޢަމަލުކުރާށެވެ. ތަފާތު ގޮތަކަށް ކުރިޔަށް ގެންދިޔަ މި މަޝްވަރާތަކުގައި މެސެޖުތައް ބަދަލުކުރީ އޮމާނުގެ ޚާރިޖީ ވަޒީރު ބަދުރު ބިން ހަމަދު އަލް-ބުސައިދީ މެެދުވެރިވެގެންނެވެ.

Advertisement

Advertisement 1

މިއީ 2018 އިން ފެށިގެން ދެ ޤައުމުގެ މެދުގައި ބޭއްވުނު އެންމެ މަތީ ފެންވަރުގެ ބައްދަލުވުން ކަމަށްވާއިރު މި މަޝްވަރާތަކާ ގުޅޭގޮތުން އެމެރިކާއިން ސިފަކުރީ "ބިނާކުރަނިވި" މަޝްވަރާތަކެއް ކަމަށެވެ.

އެމެރިކާއިން ބޭނުންވީ އީރާނާއެކު ސީދާގޮތުން މަޝްވަރާއަށް ދިޔުމަށެވެ، ނަމަވެސް އީރާނުން އެމެރިކާއަކަށް އެ ފުރުސަތެއް ނުދިނެވެ.

މި މަޝްވަރާތަކުގެ މައިގަނޑު މަޤްޞަދަކީ އީރާނަށް ސަރަހައްދީ ބާރުވެރިކަން ނުދިނުމަށެވެ. ސަބަބަކީ އެމެރިކާ ބޭނުންވަނީ މެދުއިރުމަތީގެ ކޮންޓްރޯލް ނެގުމަށެވެ. އެތަނަކީ އެމެރިކާއާއި ދުރު ތަނަކަށް ވުމުން އެމެރިކާގެ ޕްލޭނުގައި އޮތީ މެދުއިރުމަތި އިސްރާއީލުގެ ކޮންޓުރޯލްގެ ދަށުގައި ބޭއްވުމެވެ. އިސްރާއީލް ކޮންޓްރޯލް ކުރަނީ އެމެރިކާއިންނެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް އަދި ޒައެނިސްޓް ޖަމާއަތުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ނަތަންޔާހޫ: އިސްރާއީލަކީ މެދުއިރުމަތި ކޮންޓުރޯލް ކުރުމަށް އެމެރިކާއިން ގެންގުޅޭ ބައެއް.

އިއްތެގެ މި ބައްދަލުވުންތަކުގެ ދެވަނަ ބުރެއް އަންނަ ހަފުތާގެ ހޮނިހިރު ދުވަހު ބޭއްވުމަށް އެއްބަސްވެފައިވާ ކަމަށް އޮމާނުގެ ޚާރިޖީ ވަޒީރު ބަދުރު ބިން ހަމަދު އަލް-ބުސައިދީ ވިދާޅުވިއެވެ.

އީރާނުގެ މަންދޫބު، ޚާރިޖީ ވަޒީރު އައްބާސް އަރާޗީ ވެސް ވިދާޅުވީ ފުރަތަމަ ބައްދަލުވުމެއްގެ ގޮތުން، މިއީ ވަރަށް އަމާން އަދި އިޙްތިރާމް އޮތް މާޙައުލެއްގައި ބޭއްވުނު ބިނާކުރަނިވި ބައްދަލުވުމެއް ކަމަށާއި، މި މަޝްވަރާތަކުގެ މައިގަނޑު މަޤްޞަދަކީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވޭތޯ ބެލުމެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 2018 ގައި ކުރީގެ ނިއުކްލިއަރ އެއްބަސްވުމުން ވަކިވެފައެވެ. ވައިޓް ހައުސްގެ ބަޔާނުގައި ބުނީ މި މައްސަލަތަކަކީ ވަރަށް އުނދަގޫ މައްސަލަތަކެއް ކަމަށާއި، ނަމަވެސް މި މުޢާމަލާތަކީ ދެފަރާތަށް ފައިދާހުރި ނަތީޖާއަކަށް ވާސިލުވުމަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.

އީރާނުން ބޭނުންވަނީ އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް މުޅިން ނުހުއްޓުވައި، ހަމައެކަނި މަޑުޖައްސާލުމަށް ފަހު ދަށްކޮށްފައިވާ އިޤްތިޞާދީ ފިޔަވަޅުތައް ލުއިކޮށްދިނުމެވެ. އެމެރިކާއިން ބޭނުންވަނީ އީރާނުން ނިއުކްލިއަރ ހަތިޔާރު ތައްޔާރުކުރިޔަ ނުދިނުމެވެ.

އީރާން - އެމެރިކާއޮމާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

9 ގަޑިއިރު ކުރިން - 12:02

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

3 ދުވަސް ކުރިން - 20:35

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

7 ދުވަސް ކުރިން - 04:34

ބަހްރައިނުގައި ހުރި އެމެރިކާގެ ފެސިލިޓީއަކަށް އީރާނުން ހަމަލާދީފި

ބަހްރައިނުގައި ހުރި އެމެރިކާގެ ފެސިލިޓީއަކަށް އީރާނުން ހަމަލާދީފި

7 ދުވަސް ކުރިން - 02:42

އީރާނުން އެމެރިކާގެ ދެއަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

އީރާނުން އެމެރިކާގެ ދެއަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

9 ދުވަސް ކުރިން - 07:21

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

11 ދުވަސް ކުރިން - 23:23