Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސައްހަ ވިސާ ނެތި މަސައްކަތް ކުރަމުންދިޔަ 6 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ސައްހަ ވިސާ ނެތި މަސައްކަތް ކުރަމުންދިޔަ 6 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އައިޝަތު ރުވާ ރިފްޢަތު
516 ދުވަސް ކުރިން - 7 އޭޕްރިލް 2025 10:38
އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަން. / ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަން. / ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

އެމީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި ކަމަށް އިމިގްރޭޝަނުން ބުނި.

މޯލްޑިވްސް އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަނެއްގައި، ސައްހަ ވިސާއެއް ނެތި މަސައްކަތް ކުރަމުންދިޔަ 6 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ، އެމީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަންގައި މާލޭގައި ހިންގާ ކެފޭ، ހޮޓާ އަދި ޓޭކްއަވޭ ފަދަ 4 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.

Advertisement

Advertisement 1

މީގެ ކުރިންވެސް އިމިގްރޭޝަނުން ވަނީ މިފަދަ އޮޕަރޭޝަންތައް ހިންގާފައެވެ. އެގޮތުން މި މަހުގެ 4 ވަނަ ދުވަހު ހިންގި ރެއިޑް އޮޕަރޭޝަނެއްގައި މާލޭގައި ހުންނަ ކެފޭއެއް ބަލައި ފާސްކޮށް، ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 11 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އަދި މިދިޔަ މަހުގެ 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މާލޭ ހީނާމާގޭ ޕާކިންގ ސަރަޙައްދުން ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީއަކުވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

މިދިޔަ އަހަރު އެކަނިވެސް 5600 އަށްވުރެ ގިނަ ބިދޭސީން އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާލާފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އަދި ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ އިތުރުން، ޤަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުޞަތުވެސް ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން، މި ސަރުކާރުން ވަނީ ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މި މައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތްތަކެއް ފަށާފައެވެ.

އިމިގްރޭޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ބިދާސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ބިދާސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

56 ދުވަސް ކުރިން - 20:13

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފަށަނީ

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފަށަނީ

56 ދުވަސް ކުރިން - 19:37

އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ޕާސްޕޯޓަށް ހުށަނޭޅުމަށް އިމިގްރޭޝަނުން އަންގައިފި

އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ޕާސްޕޯޓަށް ހުށަނޭޅުމަށް އިމިގްރޭޝަނުން އަންގައިފި

59 ދުވަސް ކުރިން - 18:08

ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

87 ދުވަސް ކުރިން - 18:19

ކަސްޓަމަރުންގެ ޒާތީ އެއްވެސް މައުލޫމާތެއް އިމިގްރޭޝަނާ ބީއެމްއެލްއާ ދެމެދު ބަދަލެއް ނުކުރެވޭ: ބީއެމްއެލް

ކަސްޓަމަރުންގެ ޒާތީ މައުލޫމާތެއް އިމިގްރޭޝަނުން ނުލިބޭ: ބީއެމްއެލް

122 ދުވަސް ކުރިން - 22:22

"އަދަދު" ނޫހުގެ އެޑިޓަރު ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފި

"އަދަދު"ގެ އެޑިޓަރު ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފި

130 ދުވަސް ކުރިން - 13:57