Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މެންޗެސްޓަރ ޑަރބީ: ގޯލެއް ނުޖެހި އެއްވަރު

މެންޗެސްޓަރ ޑަރބީ: ގޯލެއް ނުޖެހި އެއްވަރު

އައިޝަތު އީމާން
520 ދުވަސް ކުރިން - 7 އޭޕްރިލް 2025 04:51
މެންޗެސްޓަރގެ ޑަރބީ ނިމުނީ 0-0 އިން އެއްވަރު ވެގެން.
މެންޗެސްޓަރގެ ޑަރބީ ނިމުނީ 0-0 އިން އެއްވަރު ވެގެން.
ޚުލާސާ

މި މެޗު އެއްވަރުވުމުގެ ފައިދާ ނަގައި ޗެލްސީން ވަނީ ތާވަލުގެ 4 ވަނައަށް ޖެހިލާފަ. މި ސީޒަނުގައި މެންޗެސްޓަރގެ ދެ ކުލަބުގެ ފަރާތުން ފެނިގެންދަނީ ދަށް ކުޅުމެއް.

އިނގިރޭސި ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހުގެރޭ މެންޗެސްޓަރގެ ދެ ކުލަބު ކަމަށްވާ ސިޓީ އަދި ޔުނައިޓެޑުގެ ކުރިމަތިލުން ގޯލެއް ނުޖެހި އެއްވަރުވެއްޖެއެވެ.

ދެ ޓީމުގެ ފަރާތުންވެސް ދަށް ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރިހަމަ ފައިދާ ނަގައި ޗެލްސީން ވަނީ ޓޮޓްނަމް 0-1 ގެ ނަތީޖާއިން ބަލިކޮށް 53 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައަށް ޖެހިލާފައެވެ. މެޗުން ލިބުނު އެއް ޕޮއިންޓާއެކު ސިޓީ ވަނީ ތާވަލުގެ ފަސް ވަނައަށް ވެއްޓިފައެވެ. އަދި ޓޮޓްނަމް ބަލިވުމުގެ ފައިދާ ނަގައި ޔުނައިޓެޑުން ވަނީ ތާވަލުގެ 13 ވަނައަށް ޖެހިލާފައެވެ.

އަލެޖެންޑްރޯ ގާނާޗޯ އަށް ލިބުނު ފުރުސަތެއް ގެއްލުނުއިރު، މެނުއަލް އުގާޓޭ ފޮނުވާލި ބޯޅަ އަމާޒު ނުވެ މާ ބޭރަށް ދިޔަކަން ފާހަގަކުރެވުނެވެ. ބަދަލު ކުޅުންތެރިޔާ ޖޯޝުއާ ޒިރްކްޒީގެ ބޯޅަ އެޑަރސަން ދިފާއުކުރިއިރު އެ ބޯޅައިގައި ބާރެއް ނެތެވެ.

Advertisement

Advertisement 1

ސިޓީއަށް ވެސް އުނދަގޫތަކެއް ކުރިމަތިވީ ހާލަންޑް ނެތުމުންނެވެ. އުމަރު މާމޫޝް އަށް ވެސް ނުރައްކާ ވާކަހަލަ ބޯޅައެއް ފޮނުވާނުލެވުނުއިރު، ކެވިން ޑިބްރޭނާގެ 7 އަހަރުގެ ކެރިއަރުގައި އޭނާގެ ކުޅުން މިހާބޮޑަށް ވަނދުކޮށް ދިޔަ މެޗެއް ނުފެނެއެވެ.

ޑިބްރޭބާއަށް މެންޗެސްޓާ ޔުނައިޓެޑްގެ ހެރީ މެގުއާ ހުރަސް އަޅަނީ: އެންމެ ޗާންސެއް ވެސް ރޭ ޑިބްރޭނާއަށް ކްރިއޭޓް ނުކުރެވުނު.

ޑިބްރޭނާގެ އެންމެ ފަހުގެ މެންޗެސްޓާ ޑާބީއަކީ ލޮނުމަޑު މެޗެއް ކަމަށާއި، ބެލްޖިއަމްގެ ކުޅުންތެރިޔާއަށް މިއީ ހުތުރު އަލްވަދާޢެއް ކަމަށް ބުނެ މީޑިއާގައި ފާޑުކިޔާފައި ވެއެވެ.

ރޭގެ މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ ބްރޫނޯ ފަރްނާންޑޭސްއެވެ. ކަސެމީރޯ ވެސް މޮޅު ކުޅުމެއް ދެއްކިއެވެ.

ފަހުގެ ތާރީހެއްގައި މެންޗެސްޓަރ ޔުނައިޓެޑުގެ އެންމެ ދަށް ކުޅުމެއް ފެނިގެންދާ މި ސީޒަނަކީ 90-1989 އަށް ފަހު އެޓީމު ތާވަލުގެ 12 އަށް ވުރެ ދަށަށް ވެއްޓޭނެ ފުރަތަމަ ސީޒަނަށް ވެގެންދިޔުމަކީ އެކަށީގެންވާ ކަމެކެވެ. އެލެކްސް ފާގަސަންގެ ކޯޗު ކަމުގެ ދަށުން އެޓީމު އެސީޒަނުގައި ލައްވާލީ ތާވަލުގެ 13 ވަނައަށެވެ.

ހަމަ އެހެންމެ އެންމެ ފަހުން މެންޗެސްޓަރ ސިޓީ ތާވަލުގެ 4 ވަނައަށް ވުރެ ދަށަށް ވެއްޓިފައިވަނީ 10-2009 ގެ ސީޒަނުގައެވެ. އެހެން ކަމުން ބާކީ އޮތް 7 މެޗަކީ އެ އެޓީމުގެ ކޯޗު ގުއާޑިއޯލާ އަށް ކުރިމަތިވެފައިވާ ބޮޑު އިމްތިހާނެކެވެ.

މި ސީޒަނުގެ ތަށި ނަގާނެ ކަމަށް ބެލެވިފައިވާ ލިވަޕޫލުން ތަށި ޔަޤީން ކުރުމަށްޓަކައި ބާކީ ހޯދަން ޖެހޭނީ 11 ޕޮއިންޓެވެ. ތާވަލުގެ ދެވަނައިގައި އޮތް އާސެނަލާއި ލިވަޕޫލް، 11 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

އިނގިރޭސި ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީމެންޗެސްޓާ ޔުނައިޓެޑް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ހާލަންޑްގެ ދެ ލަނޑާއެކު މެންޗެސްޓާ ސިޓީން ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅުކޮށްފި

ހާލަންޑްގެ ދެ ލަނޑާއެކު މެންޗެސްޓާ ސިޓީން ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅުކޮށްފި

9 ގަޑިއިރު ކުރިން - 09:54

ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާއެކު ޔުނައިޓެޑް އާ ފަތިހަކަށް އަލިވެލައިފި

ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާއެކު ޔުނައިޓެޑް އާ ފަތިހަކަށް އަލިވެލައިފި

9 ދުވަސް ކުރިން - 22:27

ހާލަންޑު އޭނާގެ މަޝްހޫރު ދިގު އިސްތަށިގަނޑު ކޮށާލައިފި

ހާލަންޑު އޭނާގެ މަޝްހޫރު ދިގު އިސްތަށިގަނޑު ކޮށާލައިފި

17 ދުވަސް ކުރިން - 15:31

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

71 ދުވަސް ކުރިން - 23:04

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

100 ދުވަސް ކުރިން - 03:22

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

101 ދުވަސް ކުރިން - 19:29

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%