ވެލެންސިއާ އަތުން ބަލިވެ މެޑްރިޑުން ލީގު ހޯދުމަށް ކުރަމުން އައި މަސައްކަތައް ހުރަސް އެޅިއްޖެ

އައިޝަތު އީމާން | 25 ދުވަސް ކުރިން - 5 އޭޕްރިލް 2025 23:57
ވެލެންސިއާ މޮޅުކޮށްދިން ގޯލު ކާމިޔާބުކުރި ހުގޯ ޑުރޯ.
ވެލެންސިއާ މޮޅުކޮށްދިން ގޯލު ކާމިޔާބުކުރި ހުގޯ ޑުރޯ.
ޚުލާސާ

ވެލެންސިއާ އަތުން ބަލިވެ ބާސެލޯނާއާ 3 ޕޮއިންޓުގެ ފަރަގެއްގައި 2 ވަނައިގައި އޮތް ނަމަވެސް ބާސެލޯނާ އެއްވަނައިގައި އޮތީ އެއްމެޗު މަދުން ކުޅެގެން.

ސްޕެނިޝް ލަލީގާގައި މިރޭ ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ބަލިވެ މެޑްރިޑުން ލީގު ހޯދުމަށް ކުރަމުން އައި މަސައްކަތައް ހުރަސް އެޅިއްޖެއެވެ.

ތާވަލުގެ ދެވަނައިގައި 63 ޕޮއިންޓާއެކު އޮތް ނަމަވެސް ބާސެލޯނާ 66 ޕޮއިންޓާއެކު އެއް ވަނައިގައި އޮތީ އެއްމެޗު މަދުން ކުޅެގެންނެވެ. އެހެން ކަމުން މިރޭ 00:00 ގައި ބެޓިސްއާ ދެކޮޅަށް ކުޅެ ބާސެލޯނާ މޮޅުވެއްޖެ ނަމަ 6 ޕޮއިންޓުގެ ލީޑެއް އެޓީމަށް ލިބޭނެއެވެ.

މިރޭ ކުޅުނު މެޗުގެ 13 ވަނަ މިނެޓުގައި މެޑްރިޑަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ވެލެންސިއާގެ ކީޕަރު ވަނީ ވިނީޝިއަސް ޖޫނިއާ ފޮނުވާލި ޕެނަލްޓީ މަތަކޮށްފައެވެ. އަދި އޭގެ ދެ މިނެޓި ފަހުން ވެލެންސިއަށް ލިބުނު ކޯނަރެއްގައި އެޓީމުގެ މެދުތެރެއަށް ކުޅޭ ޑިއާޚަބީ ވަނީ ބޮލުން ގޯލަށް ފޮނުވާލާ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްފައެވެ.

ދެވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއަރ ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ނަމަވެސް މެޗު ނިމެން ކުޑައިރުކޮޅަކަށް ވެފައި ވަނިކޮށް 5+90 ވަނަ މިނެޓުގައި ރަފާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބަދަލު ކުޅުންތެރިއްގެ ގޮތުގައި ކުޅެން ނިކުތް ވެލެންސިއާގެ ފޯވާޑު ހުގޯ ޑުރޯ ވަނީ ގޯލެއް ޖަހައި ވެލެންސިއާ މޮޅުކޮށްދީފައެވެ.

މި މޮޅާއެކު ވެލެންސިއާ ވަނީ ތާވަލުގެ 15 ވަނައަށް ޖެހިލާފައެވެ. އަދި ލީގު ހޯދުމަށް އަމިއްލަ ބާރު ކެނޑިފައިވާ މެޑްރިޑް ދެން ޖެހޭނީ ބާސެލޯނާގެ ނަތީޖާތަކަށް އިންތިޒާރު ކުރާށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%