ރޯމާގެ ޖަރުމަނު ތަނބު ރިޓަޔަރ ކުރަނީ

އުސްތާޛް މުޙައްމަދު ޢަލީ | 196 ދުވަސް ކުރިން - 5 އޭޕްރިލް 2025 09:20
ހަމެލްސް 2014 ވަނަ އަހަރު ޖަރުމަނުން ހޯދި ވޯލްޑްކަޕް ތައްޓައެކު.
ހަމެލްސް 2014 ވަނަ އަހަރު ޖަރުމަނުން ހޯދި ވޯލްޑްކަޕް ތައްޓައެކު.
ޚުލާސާ

އެންމެ ފަހުން ޖަރުމަނުން ވޯލްޑް ކަޕް ކާމިޔާބުކުރިއިރު އޭނާ ވަނީ 76 މެޗު ކާމިޔާބުކޮށް، 2010 އާއި 2023 އާ ދެމެދު ގައުމީ ޓީމަށް ފަސްގޯލް ޖަހައިދިފަ.

ޖަރުމަނުގެ ވެޓެރަން ޑިފެންޑަރު މެޓްސް ހަމެލްސް 2024/25 ސީޒަން ނިމުމުން ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާ ކުރާނެ ކަމަށް އިއުލާންކޮށްފިއެވެ. މިހާރު އޭއެސް ރޯމާއަށް ކުޅެމުން އަންނަ އުމުރުން 36 އަހަރުގެ ކުޅުންތެރިޔާ ވަނީ ޖޫން މަހުގެ 30 ވަނަ ދުވަހު ހަމަވާ ކޮންޓްރެކްޓް އިތުރު ނުކުރާނެކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ކަށަވަރުކޮށްދީފަ އެވެ.

ހަމެލްސް (15) ރޯމާގެ މެޗެއްގެ ތެރެއިން. އޭނާ ޕްރޮފެޝަނަލް ކެރިއަރު ނިންމާލަން އިޢުލާން ކޮށްފި.

"މިއީ ކޮންމެ ކުޅުންތެރިއަކަށް ވެސް ވަރަށް އުނދަގޫ ކަމެއް. 18 އަހަރު ވަންދެން އެންމެ މަތީ ލެވެލްގައި ފުޓްބޯޅަ ކުޅުމަށް ފަހު މިއަހަރަށް ފަހު އަޅުގަނޑު މިވަނީ ހުއްޓާލަން ނިންމާފައި،" ހަމެލްސް ލިޔެފައިވެ އެވެ. “ފުޓްބޯޅައިން އަހަންނަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދީފި، އަދި ވަކިވުމަކީ ވަރަށް ޖަޒުބާތީ ނިންމުމެއް.”

ހަމެލްސް އަކީ އޭނާގެ ޖީލުގެ އެންމެ މޮޅު އެއް ޑިފެންޑަރެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ. 2014 ވަނަ އަހަރު ޖަރުމަނުން ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު އޭނާ ވަނީ 76 މެޗު ކާމިޔާބުކޮށް، 2010 އާއި 2023 އާ ދެމެދު ގައުމީ ޓީމަށް ފަސް ގޯލު ޖަހައިދީފަ އެވެ.

ކްލަބް ފެންވަރުގައި ހަމެލްސް ވަނީ ބަޔާން މިއުނިކް، ބޮރޫޝިއާ ޑޯޓްމަންޑް އަދި ރޯމާ އަށް ކުޅެ 640 އަށް ވުރެ ގިނަ މެޗު ކުޅެދީފަ އެވެ. އޭނާގެ ކެރިއަރުގެ ބޮޑު ބައެއް ހޭދަކުރީ ޑޯޓްމަންޑްގައެވެ. އެ ޓީމުގައި އޭނާ ވެގެން ދިޔައީ ސަޕޯޓަރުންގެ ފޭވަރިޓަކަށް އަދި ދަނޑުގައި ލީޑުކުރާ ކުޅުންތެރިޔަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހަމެލްސްގެ މުޅި ކެރިއަރުގައި އުޖޫރައާއި އެންޑޯސްމަންޓްގެ ދާއިރާއިން 60 މިލިއަނަށް ވުރެ ގިނަ ޔޫރޯގެ އާމްދަނީއެއް ލިބިފައިވެ އެވެ. ޗެމްޕިއަންސް ލީގުގެ ދެ ފައިނަލުން ބަލިވި ނަމަވެސް އޭނާ ވަނީ ބޮޑެތި 13 ތަށި ހޯދައިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%