Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޓެރިފް މައްސަލައިގައި އެމެރިކާއާ ދެކޮޅަށް ގައުމުތަކުން ތެދުވަނީކިހިނެއް؟

ޓެރިފް މައްސަލައިގައި އެމެރިކާއާ ދެކޮޅަށް ގައުމުތަކުން ތެދުވަނީކިހިނެއް؟

ޖަވާދު
523 ދުވަސް ކުރިން - 4 އޭޕްރިލް 2025 15:30
އެމެރިކާއިން ޓެރިފް ބޮޑުކުރުމުން ދުނިޔޭގެ ގައުމުތަކުން އެމެރިކާއާއި ދެކޮޅަށް ވިޔަފާރީގެ ހަނގުރާމައެއް ފެށުން.
އެމެރިކާއިން ޓެރިފް ބޮޑުކުރުމުން ދުނިޔޭގެ ގައުމުތަކުން އެމެރިކާއާއި ދެކޮޅަށް ވިޔަފާރީގެ ހަނގުރާމައެއް ފެށުން.
ޚުލާސާ

އެމެރިކާއިން ޓެރިގް ބޮޑުކުރުމުގެ ސަބަބުން ޗައިނާ، މެލްސިކޯ އަދި ކެނެޑާގެ އިތުރުން ޔޫރަޕްގެ ގައުމުތަކުން އެމެރިކާގެ އުފެއްދުންތަކުން ނަގާ ޓެރިފް ބޮޑުކުރަން ވަނީ ނިންމާފައި.

އިއްޔެ ނޫން ކުރީ ދުވަހު (2 އެޕްރީލް 2025) އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވަނީ އެ ގައުމުގެ އުފެއްދުންތެރިކަން އިތުރުކޮށް އިގްތިސާދު ފުޅާކުރުމުގެ ގޮތުން ބޭރުގައުމުތަކުން އެތެރެކުރާ މުދަލަށް ނަގާ ޓެރިފް ބޮޑުކޮށްފައެވެ.

އަންނަ އަހަރު އެންމެ ބޮޑު އިގްތިސާދު ކަމަށް ބެލެވޭ އިންޑިއާގެ އަތުން 27% އަދި ޗައިނާގެ އުފެއްދުންތަކަށް 20% ގެ ޓެރިފެއް ނަގާއިރު ކެނެޑާ އާއި މެކްސިކޯގެ އަތުން %25 ޓެރިފް މިހާރު ނަގަން ފަށައިފިއެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ވިޔަފާރީގެ ހަނގުރާމަ އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

Advertisement

Advertisement 1

މެކްސިކޯ އާއި ކެނެޑާގެ އިތުރުން ޗައިނާއިން މިހާރު ބަދަލު ހިފުމުގެ ގިޔަވަޅުތައް އަޅައިފިއެވެ. އެއީ، އެމެރިކާގެ މުދަލުން އިތުރު ޑިއުޓީތަކެއް ނެގުމެވެ.

ވައިޓް ހައުސް އިން ބުނީ މި ޓެރިފްތަކަކީ މަސްތުވާތަކެތި ދައުރުވުން މަދުކުރުމަށް ފިޔަވަޅު އެޅުމުގެ ގޮތުން އިތުރުކުރި މުހިންމު ޓެރިފްތަކެއް ކަމަށެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ ކެނެޑާއިން %25 ޓެރިފް ތަންފީޒުކުރާނީ އެމެރިކާގެ 155 ބިލިއަން ޑޮލަރުގެ މުދަލުންނެވެ. އެގޮތުން މިހާރުން ފެށިގެން 30 ބިލިއަން ޑޮލަރުގެ މުދަލުން ޓެރިފް ނަގައި، ބާކީ 125 ބިލިއަން ޑޮލަރުގެ އެމެރިކާގެ އުފެއްދުންތަކުން ޓެރިފް 21 ދުވަހުގެ ތެރޭގައި ތަންފީޒުކުރަން ފަށާނެ ކަމަށް އިންޒާރު ދެއްވިއެވެ.

ވިޔަފާރީ ހަނގުރާމައެއްގައި ކާމިޔާބު ހޯދާ މީހަކު ނެތް ކަމަށް ވިދާޅުވެ، ޓްރޫޑޯ ވަނީ އެމެރިކާގެ މުދަލާއި ދެކޮޅަށް ކެނެޑާއިން ނަގާ ޓެރިފްތައް އެމެރިކާގެ ޓެރިފް އަނބުރާ ގެންދަންދެން ކުރޮޔަށް ގެންދާނެ ކަމަށެވެ.

މެކްސިކޯގެ ރައީސް ކްލޯޑިއާ ޝެއިންބަމް: އޭނާ ވިދާޅުވީ އެމެރިކާއިން ޓެރިފް އަނބުރާ ގެންދަންދެން ވިޔަފާރީގެ ގޮތުން އެމެރިކާއަށް ޖެއްސުން ކުރައްވާނެ ކަމަށް.

މެކްސިކޯގެ ރައީސް ކްލޯޑިއާ ޝެއިންބަމް ވެސް ވަނީ މެކްސިކޯގެ މުދަލުން ޓްރަމްޕް ނަގާ %25 ޓެރިފްގެ ބަދަލު ހިފުމުގެ ގޮތުން މެކްސިކޯއިން ވެސް ޓެރިފް ނަގާނެ ކަމަށް އިއުލާން ކުރައްވާފަ އެވެ.

އެކަމަނާ ވަނީ މެކްސިކޯގެ އެކްސްޕޯޓްތަކުން ނަގާ ޓެރިފް ކުށްވެރިކޮށް، އެމެރިކާގެ މުދަލުން ޓެރިފް ނަގައި ބަދަލު ހިފުން އިއުލާން ކުރައްވާފައެވެ. އަދި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ޖަމިއްޔާތަކާއި އެމެރިކާ އާއި ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

ޝެއިންބަމް ހާމަކުރެއްވި ގޮތުގައި އެކަމަނާގެ ސަރުކާރުން ޓްރަމްޕްގެ ޓެރިފްތަކަށް ޖަވާބުދާރީވާނީ އަމިއްލަ ފިޔަވަޅުތަކަކުން ކަމަށާއި އެ ފިޔަވަޅުތައް އާދީއްތަ ދުވަހު އިއުލާން ކުރާނެ ކަމަށެވެ.

"އަޅުގަނޑު މިއަދު ސާފުކޮށްލަން ބޭނުންވަނީ އަޅުގަނޑުމެންގެ އިސްތިގުލާލަށް އިހުތިރާމް ކުރުމުގެ އިމުގެ ތެރެއިން އަޅުގަނޑުމެން ހުށަހަޅާފައިވާ ގޮތަށް އަބަދުވެސް މަޝްވަރާކޮށްގެން ހައްލެއް ހޯދާނަން، އެކަމަކު އެއްފަރާތުން ނިންމުމުގެ އަސަރު އަޅުގަނޑުމެންގެ ގައުމުގައި ހިންގާ އެމެރިކާގެ ގައުމީ އަދި ބޭރުގެ ކުންފުނިތަކަށް ކުރާތީ އަޅުގަނޑުމެންގެ ރައްޔިތުންނަށް އަސަރުކުރާތީ ފެށޭ ހަފްތާގައި އާންމުކޮށް އިއުލާންކުރާނެ ފިޔަވަޅުތަކުން ޖަވާބުދާރީވާން ނިންމާފައި މިވަނީ،" ޝެއިންބަމް އިތުރަށް ވިދާޅުވި އެވެ.

ދެކުނު ކޮރެއާ، ޗައިނާ އަދި ޖަޕާނުގެ ލީޑަރުން ވަނީ ވިޔަފާރީގެ ހަނގުރާމައިގައި އެމެރިކާއާއި ކުރިމަތިލުމަށް ފިޔަވަޅުތައް ތަންފީޒުކުރަން ފަށާފައި.

ޗައިނާ އާއި ސައުތު ކޮރެއާގެ އިތުރުން ޖަޕާނުން ވެސް ވަނީ މިކަމުގައި އެމެރިކާއާއި ދެކޮޅަށް ތެދުވެފައެވެ. ޗައިނާއިން އެމެރިކާގެ ކާބޯތަކެތީގެ އުފެއްދުންތަކުން އިތުރު ޓެރިފްތަކެއް ނަގާނެކަން ވެސް އިއުލާންކޮށްފައިވާ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާތަކުން ބުނެއެވެ.

އިމްޕޯޓް ކުރާ ކުކުޅު، ހަނޑޫ، އަދި ކޮޓަން އިން %15 ޓެރިފް ނަގާއިރު، ސޯޔާ، ބީންސް، ޕޯކް، ބީފް، އެކްވަޓިކް ޕްރޮޑަކްޓްސް، މޭވާ، ތަރުކާރީ އަދި ކިރު އުފެއްދުންތަކުން %10 ޓެރިފް ނަގާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޗައިނާއިން ވެސް ރައްދު ދިނީ އެމެރިކާގެ އުފެއްދުންތައް "ބްލެކްލިސްޓް" އަށް އިތުރުކޮށްގެންނެވެ.

ބެއިޖިން އިން ވަނީ އެމެރިކާގެ 10 ކުންފުންޏެއް އިތުބާރު ނުކުރެވޭ އެންޓިޓީ ލިސްޓަކަށް އިތުރުކޮށް، އެކްސްޕޯޓް ކޮންޓްރޯލް ލިސްޓަށް 15 ކުންފުންޏެއް އިތުރުކޮށްފަ އެވެ.

އެމެރިކާގެ މި ފިޔަވަޅާއި ގުޅިގެން ޔޫރަޕްގެ ބައެއް ގައުމުތަކުން ވަނީ ބައިނަލްއަގްވާމީ ވިޔަފާރީގެ އުސޫލުތަކާ ހިލާފު ފިޔަވަޅެއް ކަމަށް ބުނެ އެމެރިކާ ކުށްވެރިކޮށް ބަދަލު ހިފުމުގެ ފިޔަވަޅުތައް އެޅުމަށް ތައްޔާރުވާން ފަށާފަ އެވެ. ޔޫރަޕިއަން ޔޫނިއަނުން ވަނީ ދުނިޔޭގެ ވިޔަފާރީގެ ހަމަޖެހުމަށް އެމެރިކާއިން ބުރޫއަރާ ކަމަށް ތުހުމަތުކޮށް ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަން (ޑަބްލިޔުޓީއޯ) އަށް ރަސްމީކޮށް ޝަކުވާ ހުށަހަޅަފައެވެ. ފްރާންސާއި ޖަރުމަނުން ވަނީ އީޔޫއިން ކޯޑިނޭޓްކޮށް ރައްދު ދިނުމަށް ގޮވާލާފަ އެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ އީޔޫގެ ބައެއް ގައުމުތަކުން ދަނީ އޭޝިއާއާ ދިމާލަށް ވިޔަފާރީގެ ޕާޓްނަޝިޕްތައް ބަދަލުކޮށް، އެމެރިކާގެ އިމްޕޯޓްތަކަށް ބަރޯސާވުން ކުޑަކުރުމަށް އިންޓްރާ އީޔޫގެ ސަޕްލައި ޗޭންތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެމެރިކާޔޫރަޕިއަން ޔޫނިއަންޗައިނާޓެރިފްމެކްސިކޯކެނެޑާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

8 ގަޑިއިރު ކުރިން - 12:02

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

3 ދުވަސް ކުރިން - 20:35

އޭޝިއާ-ޕެސިފިކް މީޑިއާ ސަމިޓްގެ ހަވާސާ ހަރަކާތްތައް ޗައިނާގައި ފަށައިފި

އޭޝިއާ-ޕެސިފިކް މީޑިއާ ސަމިޓްގެ ހަވާސާ ހަރަކާތްތައް ޗައިނާގައި ފަށައިފި

5 ދުވަސް ކުރިން - 10:15

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް، ފިނިމޫސުމުގައި ޖެހޭނީ ސަލާންޖަހަން

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް

9 ދުވަސް ކުރިން - 16:37

ޖަލުގައި ހުންނެވި މަދޫރޯގެ ފޮޓޯތަކެއް އާންމުވެފައިވާއިރު އޭނާގެ ޝަރީޢަތް 2027 އަށް ތާވަލުކޮށްފި

އެމެރިކާއިން ރަހީނުކުރި މަދޫރޯގެ ފޮޓޯތަކެއް އާންމު ކޮށްފި

9 ދުވަސް ކުރިން - 15:07

ކާރިސާތަކުން ސަލާމަތްވާން ނޭޕާލުން ކޮންމެ 10 މިނެޓަކުން ޗައިނާގެ އެހީއަށް އެދެނީ!

ކާރިސާތަކުން ސަލާމަތްވާން ނޭޕާލުން ކޮންމެ 10 މިނެޓަކުން ޗައިނާގެ އެހީއަށް އެދެނީ!

9 ދުވަސް ކުރިން - 08:59