Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަހު ވަގުތު ސޮސިއެޑާޑް ކޮޅަށް ރުޑިގާ ޖެހި ގޯލުން ރިއަލް ފައިނަލަށް

ފަހު ވަގުތު ސޮސިއެޑާޑް ކޮޅަށް ރުޑިގާ ޖެހި ގޯލުން ރިއަލް ފައިނަލަށް

އުސްތާޛް މުޙައްމަދު ޢަލީ
480 ދުވަސް ކުރިން - 2 އޭޕްރިލް 2025 12:17
ރޭ ފައިނަލަށް ގޯލު ޖެހުމަށްފަހު އެންޓޯނިއޯ ރުޑިގާ އުފާފާޅުކުރަނީ: ފައިނަލްގައި ކުޅޭނީ ބާސާއާއި އެޓްލެޓިކޯ މެޑްރިޑް ކުޅެގެން މޮޅުވާ ބަޔަކާއި.
ރޭ ފައިނަލަށް ގޯލު ޖެހުމަށްފަހު އެންޓޯނިއޯ ރުޑިގާ އުފާފާޅުކުރަނީ: ފައިނަލްގައި ކުޅޭނީ ބާސާއާއި އެޓްލެޓިކޯ މެޑްރިޑް ކުޅެގެން މޮޅުވާ ބަޔަކާއި.
ޚުލާސާ

މި ކާމިޔާބީއާއެކު ރެއާލް މެޑްރިޑަށް މި ސީޒަނުގައި ތިން މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު އެބައޮތް. އެއީ ސްޕެނިޝް ކަޕާއި، ސްޕެނިޝް ލީގާ އަދި ޔުއެފާ ޗެމްޕިއަންސް ލީގު.

ފަހު ވަގުތު ރުޑިގާ ޖަހައިދިން ގޯލުން ސްޕެނިޝް ކަޕުގެ ފައިނަލުގެ ޖާގައެއް ރިއަލް މެޑްރިޑުން ހޯދައިފިއެވެ.

ފައިނަލުގެ ޖާގަ ރިއަލް އިން ކަށަވަރުކުރީ، ރޭ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗު 4-4 ގެ ނަތީޖާއަކުން އެއްވަރުކޮށް، 5-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ރިއަލް އެވެ. އަދި ރޭ ސެންޓިއާގޯ ބާނަބެއު ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 4-3 ގެ ނަތިޖާއަކުން ސޮސިއެޑާޑް ކުރި ހޯދުމާއެކު، މެޗުގެ އެގްރިގޭޓް ނަތީޖާ ވަނީ އެއްވަރުވެފައެވެ. އެހެންކަމުން މި މެޗުގެ ނަތީޖާ ނެރެފައިވަނީ އިތުރު ވަގުތުގެ ކުޅުމުގައެވެ.

Advertisement

Advertisement 1

ރޭ ފުރަތަމަ ގޯލު ޖެހީ ވެސް ރެއާލް ސޮސިއެޑާޑުންނެވެ. އެއީ މެޗުގެ 16 ވަނަ މިނެޓުގައި އެންޑާ ބަރެނޭޗާ އެވެ.

އޭގެފަހުން މެޑްރިޑުން ގޯލެއް ޖެހިއެވެ. މި ގޯލު ޖެހީ އެންޑްރިކް (30 ވަނަ މިނެޓް) ގައެވެ. ދެން ފެނުނީ ޑޭވިޑް އަލަބާއަތުން ބައިކޮޅަށް 72 ވަނަ މިނެޓުގައި ގޯލެއް ވަންތަނެވެ. އޭގެ 8 މިނެޓް ފަހުން އިތުރު ގޯލެއްވެސް ސޮސިއެޑާޑުން ޖެހިއެވެ. އެ ގޯލް ޖެހީ މިކޭލް އޮޔާޒަބާލް އެވެ.

ނަމަވެސް ޖޫޑް ބެލިންހަމް ވަނީ އޭގެ ދެމިނެޓް ފަހުން، 82 ވަނަ މިނެޓުގައި ގޯލެއް ޖަހާފައެވެ އަދި އައުރެލިއަން ޗުއަމެނީ 86 ވަނަ މިނެޓްގައި އިތުރު ގޯލެއް ޖެހިއެވެ.

މި މެޗުގައި ސޮސިއެޑާޑްގެ މިކޭލް އޮޔަޒަބާލް އޭނާގެ ދެވަނަ ގޯލް 108 ވަނަ މިނެޓިގައި ޖެހިއިރު ރިއަލް މެޑްރިޑަށް މެޗުގެ އެންމެ ފަހު ވަގުތު ގޯލު ޖަހައި ހިތްހަމަޖެހުން ގެނެސްދީ 115 ވަނަ މިނެޓްގައި އެންޓޯނިއޯ ރުޑިގާ އެވެ.

މި ކާމިޔާބީއާއެކު ރެއާލް މެޑްރިޑަށް މި ސީޒަނުގައި ތިން މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. އެއީ ސްޕެނިޝް ކަޕާއި، ސްޕެނިޝް ލީގާ އަދި ޔުއެފާ ޗެމްޕިއަންސް ލީގެވެ.

ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭނެ ޓީމު އެނގޭނީ ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރާ ސެމީ ފައިނަލްގެ ދެވަނަ ލެގަށްފަހުގައެވެ.

ރިއަލް މެޑްރިޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބާސެލޯނާގެ "ނެމެސިސް" އެނބުރި ރިއާލް މެޑްރިޑަށް

ބާސެލޯނާގެ "ނެމެސިސް" އެނބުރި ރިއާލް މެޑްރިޑަށް

68 ދުވަސް ކުރިން - 14:50

އާބެލޯއާގެ އިރުޝާދުގެ ދަށުން އަހަންނަކީ ހަތަރުވަނަ ފޯވާޑް: އެމްބާޕޭ

އާބެލޯއާގެ ޕްލޭންގައި އަހަންނަކީ ހަތަރުވަނަ ފޯވާޑު: އެމްބާޕޭ

71 ދުވަސް ކުރިން - 16:16

ރެއާލް މެޑްރިޑުގެ ކޯޗަކަށް އަލުން މޮރީނިއޯ ގެނައުމުގެ ފަހުގެ މަޝްވަރާތައް ފަށައިފި

ރެއާލުގެ ކޯޗަކަށް އަލުން މޮރީނިއޯ ގެންނަނީ

74 ދުވަސް ކުރިން - 08:32

ވެލްވާޑޭ އާއި ޗުއަމެނީ ދެމެދުގައި ހިނގި މާރާމާރީއެއްގައި ވެލްވާޑޭގެ ބޯ ފަޅާލައިފި

މާރާމާރީއެއްގައި ޗުއަމެނީ ވަލްވާޑޭގެ ބޯ ފަޅާލައިފި

79 ދުވަސް ކުރިން - 12:54

އެމްބާޕޭ ރެއަލް މެޑްރިޑުން ބޭރުކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި 44 މިލިއަން މީހުން ސޮއިކޮށްފި

އެމްބާޕޭ ރެއާލުން ބޭރުކުރަން ގޮވާލާ ޕެޓިޝަނެއް

79 ދުވަސް ކުރިން - 11:10

ހިލޭ ލިބެން އޮތް ބެނާޑޯ ސިލްވާ އަށް ރިއަލް މެޑްރިޑުން ޝައުގުވެރިކަމެއް ނެތް

ރިއަލް މެޑްރިޑުން ބެނާޑޯ ސިލްވާއަށް ޝައުގުވެރިކަމެއް ނެތް

90 ދުވަސް ކުރިން - 22:11