Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެމްބާޕޭގެ ދެ ގޯލާއެކު މެޑްރިޑަށް ލެގާނެސް އަތުން މޮޅެއް

އެމްބާޕޭގެ ދެ ގޯލާއެކު މެޑްރިޑަށް ލެގާނެސް އަތުން މޮޅެއް

އައިޝަތު އީމާން
437 ދުވަސް ކުރިން - 30 މާޗް 2025 05:58
ގޯލު ޖެހުމަށްފަހު މެޑްރިޑުން އުފާ ފާޅުކުރަނީ. / ފޮޓޯ: ރިއަލް މެޑްރިޑް
ގޯލު ޖެހުމަށްފަހު މެޑްރިޑުން އުފާ ފާޅުކުރަނީ. / ފޮޓޯ: ރިއަލް މެޑްރިޑް
ޚުލާސާ

ރިއަލް މެޑްރިޑް ލެގާނެސް މައްޗަށް ކުރި ހޯދާފައިވަނީ 3-2 ގެ ނަތީޖާއިން. ބާސެލޯނާއާ އެއްވަރަށް ޕޮއިންޓު ހޯދައިގެން މެޑްރިޑް ދެވަނައިގައި އޮތީ އެއްމެޗު އިތުރަށް ކުޅެގެން.

ސްޕެނިޝް ލަލީގާގައި އެމްބާޕޭގެ ދެ ގޯލާއެކު ރިއަލް މެޑްރިޑުން ލެގާނެސް މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރި ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ މެޑްރިޑުގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ލެގާނެސްގެ ގޯލު އޭރިއާ ތެރެއިން އެޓީމުގެ އޮސްކާ ރޮޑްރިގޭޒް، އަރްދާ ގުލާ އަށް ކުރި ފައުލަކާ ގުޅިގެން މެޑްރިޑަށް ޕެނަލްޓީއެއް ލިބުނެވެ. ހިތްގައިމު ޕެނެންކާ ޕެނަލްޓީއެއް ގޯލަށް ވައްދާލާ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ އެމްބާޕޭއެވެ.

ނަމަވެސް އޭގެ މިނެޓެއް ފަހުން މެޑްރިޑުގެ ޑިފެންސް ލައިނުން ހެދި ގޯހެއްގައި ލެގާނެސް އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ފޯވާޑު ޑިއޭގޯ ގާސިއާ އެވެ. އަދި ފުރަތަމަ ހާފު ނިމެން 4 މިނެޓަށް ވެފައި އިންދާ ޑެނިއަލް ރަބާ ވަނީ ގޯލެއް ޖަހައި މެޑްރިޑް ހާސްކަމެއްގެ ތެރެއަށް ވައްޓާލާފައެވެ.

Advertisement

Advertisement 1

ދެވަނަ ހާފު ފަށައިގެން 2 ވަނަ މިނެޓުގައި ބެލިންގހަމް ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މި ގޯލު އޭނާ ކާމިޔާބު ކުރީ ބްރަހިމް ޑިއަޒް ގޯލަށް ފޮނުވާލި ހަމަލާއެއް ލެގާނެސްގެ ޑިފެންޑަރެއް އެ ބޯޅަ ގޯލަށް ނުވައްދާ ދިފާއުކުރުމުން ގޯލުގެ މަތީ ދަނޑީގައި ޖެހި ކުޅުމުގެ ތެރެއަށް ބޯޅަ ވަދެ ބެލިންގހަމްގެ ފޮނުވާލި ހަމަލާ ގޯލަށް ވަދެގެންނެވެ.

ހޫނު ފެނަށް ވެއްޓިފައިވާ މެޑްރިޑަށް ފިނިކަމެއް ލިބުނީ 76 ވަނަ މިނެޓުގައި އޭރިއާ ބޭރުން އެޓީމަށް ލިބުނު ހިލޭ ޖެހުމެއް އެމްބާޕޭ ގޯލަށް ވައްދާލައިގެންނެވެ.

ހިލޭ ޖެހުމެއް ގޯލަށް ވައްދާލައި އެމްބާޕޭ ވަނީ މެޗުގެ ނަތީޖާ މެޑްރިޑްގެ ކޮޅަށް އަނބުރާލާފައި. / ފޮޓޯ: ރިއަލް މެޑްރިޑް

މި މޮޅާއެކު ޕޮއިންޓުގެ ގޮތުން ރިއަލް މެޑްރިޑް ބާސެލޯނާއާ އެއްވަރުވި ނަމަވެސް ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނައިގައި އޮތީ ބާސެލޯނާ އެވެ. ބާސެލޯނާ އެއްވަނައިގައި އޮތީ މެޑްރިޑަށް ވުރެ އެއްމެޗު މަދުން ކުޅެގެންނެވެ. އަދި ލަލީގާގެ ޤަވާއިދުގައިވާ ގޮތުން ސީޒަން ނިމޭއިރު ޕޮއިންޓުގެ ގޮތުން ދެޓީމު އެއްވަރު ވެއްޖެނަމަ ފުރަތަމަ ބަލާނީ ހެޑް-ޓު-ހެޑް އަށެވެ. އެހެން ކަމުން މިހާރު އޮތްގޮތުން ނަމަ އެޑްވާންޓޭޖް އޮތީ ބާސެލޯނާ އަށެވެ. އެއީ ސީޒަނުގެ ފުރަތަމަ ހާފުގައި މެޑްރިޑް-ބާސެލޯނާ ބައްދަލުކުރި މެޗު ބާސެލޯނާ ވަނީ 5-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. މި ދެޓީމު ލީގުގައި ދެން ބައްދަލުކުރާނީ އަންނަ މެއި މަހުގެ 6 ވަނަ ދުވަހުއެވެ.

ރިއަލް މެޑްރިޑްސްޕެނިޝް ލަލީގާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބާސެލޯނާގެ "ނެމެސިސް" އެނބުރި ރިއާލް މެޑްރިޑަށް

ބާސެލޯނާގެ "ނެމެސިސް" އެނބުރި ރިއާލް މެޑްރިޑަށް

23 ދުވަސް ކުރިން - 14:50

އާބެލޯއާގެ އިރުޝާދުގެ ދަށުން އަހަންނަކީ ހަތަރުވަނަ ފޯވާޑް: އެމްބާޕޭ

އާބެލޯއާގެ ޕްލޭންގައި އަހަންނަކީ ހަތަރުވަނަ ފޯވާޑު: އެމްބާޕޭ

26 ދުވަސް ކުރިން - 16:16

ރެއާލް މެޑްރިޑުގެ ކޯޗަކަށް އަލުން މޮރީނިއޯ ގެނައުމުގެ ފަހުގެ މަޝްވަރާތައް ފަށައިފި

ރެއާލުގެ ކޯޗަކަށް އަލުން މޮރީނިއޯ ގެންނަނީ

28 ދުވަސް ކުރިން - 08:32

ވެލްވާޑޭ އާއި ޗުއަމެނީ ދެމެދުގައި ހިނގި މާރާމާރީއެއްގައި ވެލްވާޑޭގެ ބޯ ފަޅާލައިފި

މާރާމާރީއެއްގައި ޗުއަމެނީ ވަލްވާޑޭގެ ބޯ ފަޅާލައިފި

33 ދުވަސް ކުރިން - 12:54

އެމްބާޕޭ ރެއަލް މެޑްރިޑުން ބޭރުކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި 44 މިލިއަން މީހުން ސޮއިކޮށްފި

އެމްބާޕޭ ރެއާލުން ބޭރުކުރަން ގޮވާލާ ޕެޓިޝަނެއް

33 ދުވަސް ކުރިން - 11:10

ހިލޭ ލިބެން އޮތް ބެނާޑޯ ސިލްވާ އަށް ރިއަލް މެޑްރިޑުން ޝައުގުވެރިކަމެއް ނެތް

ރިއަލް މެޑްރިޑުން ބެނާޑޯ ސިލްވާއަށް ޝައުގުވެރިކަމެއް ނެތް

45 ދުވަސް ކުރިން - 22:11