Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސްގެ ވަޢުދާ އެއްގޮތަށް ކެލާގައި 2 ރިސޯޓު ތަރައްޤީކުރުމަށް ބިން ކަނޑައަޅައިފި

ރައީސްގެ ވަޢުދާ އެއްގޮތަށް ކެލާގައި 2 ރިސޯޓު ތަރައްޤީކުރުމަށް ބިން ކަނޑައަޅައިފި

އައިޝަތު ރުވާ ރިފްޢަތު
521 ދުވަސް ކުރިން - 29 މާޗް 2025 21:46
ރައީސް، ކެލާ ރައްޔިތުންނާއި ބައްދަލުކުރެއްވުން/.  ފޮޓޯ: ރައީސް އޮފީސް
ރައީސް، ކެލާ ރައްޔިތުންނާއި ބައްދަލުކުރެއްވުން/. ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ކެލާ ފަޅުތެރޭގައި ރިސޯޓު ތަރައްޤީކުރުމާ ގުޅޭގޮތުން ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި ކެލާ ކައުންސިލާ ދެމެދު މިދިޔަ އަހަރުގެ އޭޕްރީލް 3 ވަނަ ދުވަހު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ހއ. ކެލާގެ ފަޅުގައި 2 ރިސޯޓު ތަރައްޤީކުރުމަށްޓަކައި، އެ ރަށުގެ ފަޅުތެރެއިން ބިން ކަނޑައެޅުއްވުމަށް އެމަނިކުފާނު ނިންމަވައިފިއެވެ.

ރައީސް ނިންމަވާފައިވަނީ ކެލާ ފަޅުގައި ރިސޯޓު ތަރައްޤީކުރުމަށް އެ ރަށުގެ ފަޅުތެރެއިން ޖުމުލަ 325.5 ހެކްޓަރު ބިން ކަނޑައެޅުމަށެވެ. މި ނިންމެވުމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ނިންމަވާފައިވާ ނިންމެވުމެކެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ހއ. ކެލާއަށް ރައީސް ކުރެއްވި ދަތުރުފުޅެއްގައި، އެ ރަށުގެ ފަޅުތެރޭގައި ރިސޯޓެއް އަދި ރަށުގައި ދަނޑުވެރިކަމުގެ މަޝްރޫޢެއް ހިންގަވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. އޭރު ރައީސް ވިދާޅުވެފައިވަނީ ކެލާއަކީ ފަތުރުވެރިކަން ފުޅާކުރެވޭނެ ފުރުޞަތު އޮތް ރަށެއް ކަމަށާއި، އެ ސަރަޙައްދުގެ ޒުވާނުންނަށްވެސް އޭގެ ސަބަބުން ވަޒީފާގެ ފުރުޞަތުތައް ލިބިގެންދާނެ ކަމަށެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ކެލާގައި ދަނޑުވެރިކަން ފުޅާކުރުމަށް ޚާއްޞަ ޕްރޮގްރާމެއް ހިންގަވައިދެއްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި އުފައްދާ ބާވަތްތައް ރިސޯޓްތަކަށް ސަޕްލައިކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ކެލާ ފަޅުތެރޭގައި ރިސޯޓު ތަރައްޤީކުރުމާ ގުޅޭގޮތުން ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި ކެލާ ކައުންސިލާ ދެމެދު މިދިޔަ އަހަރުގެ އޭޕްރީލް 3 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

3 ގަޑިއިރު ކުރިން - 13:50

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

4 ގަޑިއިރު ކުރިން - 12:54

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

5 ގަޑިއިރު ކުރިން - 11:58

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން ގައުމީ ފެންވަރުގައި މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

5 ގަޑިއިރު ކުރިން - 11:56

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

1 ދުވަސް ކުރިން - 16:54

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 16:10