Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބްރެޒިލް ކޯޗުގެ މަގާމުން ޑޮރިވާލް ޖޫނިއާ ވަކިކޮށްފި

ބްރެޒިލް ކޯޗުގެ މަގާމުން ޑޮރިވާލް ޖޫނިއާ ވަކިކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ
483 ދުވަސް ކުރިން - 29 މާޗް 2025 11:23
އާޖެންޓީނާއާއި ދެކޮޅަށް ކުޅުނު މެޗުގައި ޑޮރިވާލް ޖޫނިއާ ބްރެޒިލް އަށް އިރުޝާދު ދެނީ: އެމެޗުން 4-1 އިން ބަލިވުމުން އޭނާ ވަނީ މަގާމުން ވަކިކޮށްފައި.
އާޖެންޓީނާއާއި ދެކޮޅަށް ކުޅުނު މެޗުގައި ޑޮރިވާލް ޖޫނިއާ ބްރެޒިލް އަށް އިރުޝާދު ދެނީ: އެމެޗުން 4-1 އިން ބަލިވުމުން އޭނާ ވަނީ މަގާމުން ވަކިކޮށްފައި.
ޚުލާސާ

ޑޮރިވާލް ވަކިކުރީ ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ އަތުން 4-1 އިން ބަލިވުމާ ގުޅިގެން. މިއީ ބްރެޒިލް ކޮލިފައިންގ މެޗެއްގައި ލިބުނު އެންމެ ބޮޑު ބަލިވުން.

ވޯލްޑް ކަޕް ކޮލިފައިންގައި އެކަށީގެންވާ ނަތީޖާ ނުނެރެވުމާއި ގުޅިގެން ބްރެޒިލްގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުން ޑޮރިވާލް ޖޫނިއާ ވަކިކޮށްފިއެވެ.

ޑޮރިވާލް ވަކިކުރީ ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ އަތުން 4-1 އިން ބަލިވުމާ ގުޅިގެންނެވެ. މިއީ ބްރެޒިލް ކޮލިފައިންގ މެޗެއްގައި ލިބުނު އެންމެ ބޮޑު ބަލިވުމެވެ.

ޑޮރިވާލް ޖޫނިއާ ބްރެޒިލްގެ ކޯޗުކަމުގައި ހޭދަކުރީ ގާތްގަނޑަކަށް 14 މަސް ދުވަހެވެ. މި މުއްދަތުގައި ބްރެޒިލް ކުޅުނު މެޗުތަކުން ހަތް މެޗުން މޮޅުވެ، ހަތް މެޗު އެއްވަރުކޮށް، ދެ މެޗުން ބަލިވިއެވެ. މި މެޗުތަކުގައި ބްރެޒިލް ޖަހާފައިވަނީ 25 ގޯލެވެ.

Advertisement

Advertisement 1

ފަހަކަށް އައިސް ޓީމުގެ ފޯމު ދަށްވެ، އެންމެ ފަހުގެ ހަތަރު މެޗުން އެންމެ މެޗަކުން މޮޅުވެފައިވާއިރު، ބްރެޒިލް މިހާރު އޮތީ ދެކުނު އެމެރިކާގެ ކޮލިފައިން ތާވަލުގެ ފަސްވަނައިގައެވެ.

ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަން (ސީބީއެފް)ގެ ރައީސް އެޑްނާލްޑޯ ރޮޑްރިގަސް މިހާރު ދަނީ އައު ކޯޗަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަޤާމަށް ގާތްކަމަށް ބެލެވޭ ބައެއް ކޯޗުންގެ ތެރޭގައި ރެއާލް މެޑްރިޑްގެ ކާލޯ އަންޗެލޮޓީ އާއި އަލްހިލާލްގެ ޖޯޖް ޖީސަސް ހިމެނެއެވެ. މި ދެ ކޯޗުންކުރެ ކޯޗަކު ހޮވިއްޖެ ނަމަ، އެއީ ބްރެޒިލްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޭރު ޤައުމެއްގެ ކޯޗަކު ހަވާލުވާ ފަހަރު ވާނެއެވެ. ބްރެޒިލްގެ ދެން އޮތް ކޮލިފައިން މެޗުތައް ކުޅޭނީ ޖޫން މަހު އެކުއަޑޯ އާއި ޕެރަގުއޭ އާ ދެކޮޅަށެވެ.

62 އަހަރުގެ ޑޮރިވާލް ބްރެޒިލްގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އޭނާގެ އިރުޝާދުގެ ދަށުން ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގައި އިންގްލެންޑް އަތުން 1-0 އިން މޮޅުވިއެވެ.

ޑޮރިވާލްގވާލްގެ ކޯޗިންގ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީއަކީ 2022 ވަނަ އަހަރު ފްލަމެންގޯއަށް ކޮޕަ ލިބެޓަޑޯރެސްގެ ތަށި ހޯދައިދިނުމެވެ.

ބްރެޒިލްއާޖެންޓީނާވޯލްޑްކަޕް ކޮލިފައިން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފީފާގެ މަދަދުވެރިކަމާއެކު ނަހަލާލު ތައްޓެއް ނަގަން އުޅުނު ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

6 ދުވަސް ކުރިން - 03:01

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

6 ދުވަސް ކުރިން - 13:12

އާޖެންޓީނާ ސަޕޯޓަރުން އިނގިރޭސި ދިދައަށް އިހާނެތިކޮށް ހިތި ވީޑިއޯތަކެއް އާންމުވެއްޖެ

އާޖެންޓީނާ ސަޕޯޓަރުން އިނގިރޭސި ދިދައަށް އިހާނެތިކޮށް ހިތި ވީޑިއޯތަކެއް އާންމުވެއްޖެ

9 ދުވަސް ކުރިން - 19:57

ފައުލް ގޯންޏެއްގެ ރެކޯޑާއި އެކު އާޖެންޓީނާ ފައިނަލަށް

ފައުލް ގޯންޏެއްގެ ރެކޯޑާއި އެކު އާޖެންޓީނާ ފައިނަލަށް

10 ދުވަސް ކުރިން - 02:25

މިސްރު މެޗުގެ ކޮރަޕްޝަން ފޮރުވަން ފީފާއިން އާޖެންޓީނާގެ މެޗަށް ޕޯޗުގަލްގެ ރެފްރީއަކު ހަމަޖައްސައިފި

ކޮރަޕްޝަން ފޮރުވަން ފީފާއިން އާޖެންޓީނާގެ މެޗަށް ޕޯޗުގަލްގެ ރެފްރީއަކު ހަމަޖައްސައިފި

15 ދުވަސް ކުރިން - 17:14

ފުޓުބޯޅަ އިން ވައްކަން ކޮށްފި: ފްރާންސްގެ ލެޖެންޑް ހެންރީ

ފުޓުބޯޅަ އިން ވައްކަން ކޮށްފި: ފްރާންސްގެ ލެޖެންޑް ހެންރީ

17 ދުވަސް ކުރިން - 20:16