Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އީރާނުގެ އާދަޔާ ޚިލާފު ބޮޑު ހަތިޔާރު ބިންގަރާސް ސިޓީއެއް!

އީރާނުގެ އާދަޔާ ޚިލާފު ބޮޑު ހަތިޔާރު ބިންގަރާސް ސިޓީއެއް!

ޖަވާދު
526 ދުވަސް ކުރިން - 27 މާޗް 2025 13:34
އީރާނުގެ ހަތިޔާރުގެ ބިންގަރާހެއް: އީރާނަށް ހަމަލާދޭން އެމެރިކާއާއި އިސްރާއީލުން ބުނަމުން ގެންދާތާ 20 އަހަރު ވެއްޖެ. ނަމަވެސް ހަމަލާއެއް ދޭން ނުކެރިގެން އުޅެނީ އީރާނުގެ ހަގީގަތް ނޭނގޭތީ.
އީރާނުގެ ހަތިޔާރުގެ ބިންގަރާހެއް: އީރާނަށް ހަމަލާދޭން އެމެރިކާއާއި އިސްރާއީލުން ބުނަމުން ގެންދާތާ 20 އަހަރު ވެއްޖެ. ނަމަވެސް ހަމަލާއެއް ދޭން ނުކެރިގެން އުޅެނީ އީރާނުގެ ހަގީގަތް ނޭނގޭތީ.
ޚުލާސާ

އެތައް ކިލޯމީޓަރަކަށް ދެމިގެންދާ އެސިޓީގައި ދުރު، މެދު އަދި ކުރު ރާސްތާގެ ބެލިސްޓިކް މިސައިލްތަކާއި، ކްރޫޒް މިސައިލްތަކާއި، ކޮމާންޑް ސެންޓަރުތަކުގެ އިތުރުން ހަތިޔާރު އުފައްދާ ކާރުޚާނާތައް އެބަހުރި.

އެމެރިކާއިން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ދެމުން ގެންދަނިކޮށް، ފަރުބަދަތަކުގެ އަޑީގައި ހަދާފައިވާ ހަތިޔާރުގެ ބިންގަރާސް ސިޓީއެއްގެ ފޮޓޯތަކާއި ވީޑިއޯތައް އީރާން ސަރުކާރުން ދައްކާލައިފިއެވެ.

މި ބިންގަރާސް ސިޓީ ހުރި ސަރަހައްދެއް ހާމަކޮށްފައި ނުވިނަމަވެސް، އެތަނުގައި ވަރަށް ޕިންޕޮއިންޓް އެކިއުރެސީގައި އަމާޒަށް ވާސިލުވާ މަތީ ފެންވަރުގެ ޓެކްނޮލޮޖީގެ އެތައް ހާސް މިސައިލެއް ހުރިކަން ދައްކާލާފައިވެއެވެ.

Advertisement

Advertisement 1

އީރާނުން ދައްކާލި ހަތިޔާރުގެ ބިންގަރާސް ސިޓީގައި އަސްކަރީ އުޅަނދެއް ދަތުރުކޮށްފައިދަނީ: ރިޕޯޓުތަކުން ދައްކާގޮތުގައި މި ބިންގަރާސް ސިޓީއަކީ ފަރުބަދަތަކެއްގެ އަޑީގައި ވަރަށް ފުނުގައި ހަދާފައިވާ އަސްކަރީ ސިޓީއެއް

އެތައް ކިލޯމީޓަރަކަށް ދެމިގެންދާ މި ސިޓީގައި ދުރު، މެދު އަދި ކުރު ރާސްތާގެ ބެލިސްޓިކް މިސައިލްތަކާއި، ކްރޫޒް މިސައިލްތަކާއި، ސިފައިން ތިބޭނެ ތަންތަނާއި ކޮމާންޑް ސެންޓަރުތަކުގެ އިތުރުން ހަތިޔާރު އުފައްދާ ކާރުޚާނާތައް ވެސް ހުރެއެވެ.

އީރާނުން ދައްކާލި ހަތިޔާރުގެ ބިންގަރާސް ސިޓީގައި ހަތިޔާރުތަކެއް އަތުރާލާފައި: މިއީ އެތައް ސަތޭކަ ކިލޯމީޓަރުގެ ބޮޑު ސިޓީއެއް ކަމަށް އީރާނުން ބުނޭ.

ތަޖުރިބާކާރުން ފާހަގަކުރާގޮތުގުރާގޮތުގައި އީރާނުގެ ބޮޑުބައެއް އެކުލެވިގެންވަނީ ފަރުބަދަތަކުގެ މައްޗަށެވެ. އެހެންކަމުން، އީރާނުގެ ނިއުކްލިއާ ހައްސާސް މަރުކަޒުތަކާއި އެކި ބާވަތުގެ މިސައިލްތަކުގެ ސްޓްރެޓީޖިކް ސްޓޮކްތައް ބިނާކޮށްފައިވަނީ މި ފަރުބަދަތަކުގެ އަޑީގައެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ދެމުން ގެންދާތާ 20 އަށްވުރެ ގިނަ އަހަރު ވެފައިވީނަމަވެސް، އެކަން ކުރަން ނުކެރި ތިބުމުގެ އެއް ސަބަބަކީ އީރާނުގެ މި ފަރުބަދަތަކުގެ ސަބަބުން، ހަމަލާތައް ނާކާމިޔާބުވެދާނެކަމުގެ ބިރުކަމަށް ބެލެވެއެވެ.

އީރާނުހެ ހަތިޔާރުގެ ބިންގަރާސް ސިޓީގައި މިސައިލްތައް އަތުރާލާފައި: އީރާނުން ބުނީ އެގައުމުން އިސްވެ އެއްވެސް ބަޔަކަށް ހަމަލާ ނުދޭނެ ކަމަށް.

އީރާނަށް ހަމަލާދީފިނަމަ، އޭގެ ރައްދުގައި އީރާނުން ދޭނެ ޖަވާބަކުން ގަލްފުގެ ތެލުގެ ސަޕްލައިއާއި އާގުބޯޓުފަހަރުގެ ހަރަކާތްތައް ހުއްޓި، ދުނިޔޭގެ އިޤްތިޞާދަށް ބޮޑު ލޮޅުމެއް އަރާނެކަމުގެ ބިރު އޮތްކަމަށްވެސް ބެލެވެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ އީރާނުން އިސްވެ އެއްވެސް ގައުމަކަށް ހަމަލާއެއް ނުދޭނެ ކަމަށެވެ. ނަމަވެސް އެއްވެސް ގައުމަކުން އީރާނަށް އިސްވެ ހަމަލާދީ ހަނގުރާމަ ފަށައިފިނަމަ، އީރާނުންވެސް އަމިއްލަ ނަފްސު ދިފާޢުކުރުމުގެ ގޮތުން ހަނގުރާމަ ކުރާނެ ކަމަށެވެ.

އީރާން
Advertisement
Advertisement

2 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ސައުދީގެ ތެޔޮ ޓޭންކަރަކަށް އީރާނުން ދިން ހަމަލާއެއްގައި ދެ ފަޅުވެރިއަކު މަރުވެއްޖެ

ހުރްމުޒް ކަނޑުއޮޅީގައި ސައުދީ ތެޔޮ ޓޭންކަރަކަށް ހަމަލާދީ ދެމީހުން މަރުވެއްޖެ

1 ދުވަސް ކުރިން - 10:50

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

2 ދުވަސް ކުރިން - 04:34

ބަހްރައިނުގައި ހުރި އެމެރިކާގެ ފެސިލިޓީއަކަށް އީރާނުން ހަމަލާދީފި

ބަހްރައިނުގައި ހުރި އެމެރިކާގެ ފެސިލިޓީއަކަށް އީރާނުން ހަމަލާދީފި

3 ދުވަސް ކުރިން - 02:42

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް، ފިނިމޫސުމުގައި ޖެހޭނީ ސަލާންޖަހަން

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް

4 ދުވަސް ކުރިން - 16:37

އީރާނުން އެމެރިކާގެ ދެއަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

އީރާނުން އެމެރިކާގެ ދެއަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

4 ދުވަސް ކުރިން - 07:21

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

7 ދުވަސް ކުރިން - 23:23