Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ތާރީހު އިޔާދަވެ ރިއަލް އިން އެޓްލެޓިކޯ އަށް އެޓީމުގެ ސައިޒު އަނެއްކާވެސް ހަނދުމަކޮށްދީފި

ތާރީހު އިޔާދަވެ ރިއަލް އިން އެޓްލެޓިކޯ އަށް އެޓީމުގެ ސައިޒު އަނެއްކާވެސް ހަނދުމަކޮށްދީފި

އައިޝަތު އީމާން
455 ދުވަސް ކުރިން - 13 މާޗް 2025 04:46
ޕެނަލްޓީ ޝޫޓްއައުޓަށް ފަހު ރިއަލްގެ ކުޅުންތެރިން އުފާފާޅުކުރަނީ. / ފޮޓޯ: ރިއަލް މެޑްރިޑް
ޕެނަލްޓީ ޝޫޓްއައުޓަށް ފަހު ރިއަލްގެ ކުޅުންތެރިން އުފާފާޅުކުރަނީ. / ފޮޓޯ: ރިއަލް މެޑްރިޑް
ޚުލާސާ

2-2 ގެ އެގްރިގޭޓް ނަތީޖާއަކުން މެޗު އެއްވަރު ވެފައިވާތީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ރިއަލް އިން މެޗު ކާމިޔާބުކުރީ 4-2 އިން.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގައި އެޓްލެޓިކޯ މެޑްރިޑް ޕެނަލްޓީގައި ބަލިކޮށް ރިއަލް މެޑްރިޑުން ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ހަމައެކަނި ގޯލު ފުރަތަމަ ހާފުގެ ފުރަތަމަ މިނެޓުގައި އަލްވަރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެޓްލެޓިކޯއަށް ކާމިޔާބުކޮށްދިނީ ގަލާހާރ އެވެ.

ފުރަތަމަ ލެގުގައި އެޓްލެޓިކޯގެ މައްޗަށް 2-1 ގެ ނަތީޖާއިން ރިއަލް މެޑްރިޑް ކުރި ހޯދި ނަމަވެސް މިރޭ ކުޅުނު ދެވަނަ ލެގުގެ 90 މިނެޓް ނިމި އިތުރު ވަގުތުގެ ދެ ހާފުވެސް ނިމުނީ 1-0 އިން އެޓްލެޓިކޯ ކުރީގައި އޮވެގެންނެވެ. މިރޭގެ މެޗުގައި ނުރައްކާތެރި ހަމަލާތަކެއް އެޓްލެޓިކޯއިން މެޑްރިޑުގެ ގޯލަށް ފޮނުވާލި ނަމަވެސް ކީޕަރު ކޯޓުއާގެ ހުށިޔާރުކަމާއެކު ރިއަލްގެ ގޯލަށް އިތުރު ގޯލެއް ވަނިޔަނުދީ އޭނާ ވަނީ ހިފަހައްޓާފައެވެ.

Advertisement

Advertisement 1

ދެވަނަ ހާފުގައި އެޓްލެޓިކޯގެ ލެންގްލެޓް، އެމްބާޕޭއަށް އޭރިޔާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ރިއަލްއަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ވިނީޝިއަސް ޖޫނިޔަރ ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސް ދަޑި މަތިން ބޭރަށެވެ.

ފުރިހަމަ ވަގުތު ހަމަވެގެން ޖެހި ޕެނަލްޓީ ޝޫޓްއައުޓުގައި ރިއަލްގެ އެމްބާޕޭ، ބެލިންގހަމް، ވަލްވާޑޭ އަދި ރުޑިގާ ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ވަޒްކުއޭޒްގެ ޕެނަލްޓީ އެޓްލެޓިކޯގެ ކީޕަރު އޮބްލަކް ވަނީ މަތަކޮށްފައެވެ. ސޯލޮތް އަދި ކޮރެއާ އެޓްލެޓިކޯގެ ޕެނަލްޓީތައް ކާމިޔާބުކޮށްފައިވާއިރު އަލްވަރޭޒް އަދި ލޮރެންޓޭގެ ޕެނަލްޓީ ކާމިޔާބުވެފައެއް ނުވެއެވެ. އަލްވަރޭޒްގެ ޕެނަލްޓީ ގޯލަށް ވަތް ނަމަވެސް ވީއާރު ބެލުމަށް ފަހު އޭނާ ދެފަހަރު ބޯޅައިގައި ޓަޗް ކޮށްފައި ވުމުގެ ސަބަބުން ރެފްރީ ނިންމީ އެ ޕެނަލްޓީ ކާމިޔާބު ނުވާ ކަމަށެވެ. އަދި ލޮރެންޓޭ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ދަޑިއަށެވެ.

ޕެނަލްޓީ ޝޫޓްއައުޓަށް ފަހު ރިއަލްގެ ކުޅުންތެރިން އުފާފާޅުކުރަނީ. / ފޮޓޯ: ރިއަލް މެޑްރިޑް

ޗެމްޕިއަންސް ލީގުގައި އެޓްލެޓިކޯއަށް ރިއަލްގެ މައްޗަށް ކުރި ހޯދިފައި ވަނީ މީގެ 66 އަހަރު ކުރިން 1958-59 ވަނަ އަހަރުގެ ސީޒަންގައެވެ. 2-1 ގެ ނަތީޖާއިން ފުރަތަމަ ލެގު ރިއަލް ކާމިޔާބު ކުރި ނަމަވެސް ދެވަނަ ލެގުގައި 1-0 ނަތީޖާއިން މެޗު ކާމިޔާބުކޮށް އެފަހަރު އެޓްލެޓިކޯ ފައިނަލަށް ދަތުރުކުރީ އަވޭ ގޯލުން ކުރި ހޯދައިގެންނެވެ. އަވޭ ގޯލުގެ ފައިދާ މިހާރުގެ ގަވާއިދުގައި ނޯވެއެވެ.

އޭގެ ފަހުން މި ދެޓީމު ބައްދަލުކޮށްފައިވަނީ 2014 ވަނަ އަހަރުގައެވެ. ފައިނަލުގައި މި ދެޓީމު ބައްދަލުކުރި މެޗު ރިއަލް ކާމިޔާބު ކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

2014 ވަނަ އަހަރުގެ ފައިނަލުގައި ރިއަލްގެ އޭރުގެ ކެޕްޓަން ސާޖިއޯ ރާމޯސް ފަހު ހާފުގެ ފަހު މިނެޓުގައި އެޓްލެޓިކޯގެ ގޯލަށް ބޯޅަ ފޮނުވާލަނީ.

ޖެހިގެން އައި އަހަރު 1-0 ނަތީޖާގެ އެގްރިގޭޓަކުން ކުއާޓަރ ފައިނަލުގައި ރިއަލް މޮޅުވި އިރު އޭގެ އަނެއް އަހަރު، 2016 ގައި މި ދެޓީމު ވަނީ އަނެއްކާވެސް ފައިނަލުގައި ވާދަ ކޮށްފައެވެ. އެފަހަރުވެސް ރިއަލް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. 2017 ވަނަ އަހަރުވެސް މި ދެޓީމު ބައްދަލުކޮށްފައިވާ އިރު ދެ މެޗުގެ އެގްރިގޭޓަކުން ރިއަލް ކުރި ހޯދީ 4-2 ގެ ނަތީޖާއަކުންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު އެންމެ ގިނަ ފަހަރު ހޯދި ކުލަބުގެ ރެކޯޑު ވެސް އޮތީ ރިއަލް މެޑްރިޑް އަތުގައެވެ. އެންމެ ފަހުގެ ޗެމްޕިއަން މެޑްރިޑް، 15 ފަހަރު މި ލީގުގެ ތަށި ކާމިޔާބުކޮށްފައިވާއިރު އެ ކުލާބާ އެންމެ ގާތުން ވާދަކުރަނީ އިޓަލީގެ އޭސީ މިލާނެވެ. އެއީ 7 ފަހަރު ތަށި ހޯދައިގެންނެވެ.

ޗެމްޕިއަންސް ލީގުރިއަލް މެޑްރިޑް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕީއެސްޖީ ޔޫރަޕުގެ ރަސްކަމަށް އަތުވެއްޖެ

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޕީއެސްޖީ އަނެއްކާވެސް ޔޫރަޕުގެ ރަސްކަމަށް

11 ދުވަސް ކުރިން - 00:00

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

11 ދުވަސް ކުރިން - 14:46

ބާސެލޯނާގެ "ނެމެސިސް" އެނބުރި ރިއާލް މެޑްރިޑަށް

ބާސެލޯނާގެ "ނެމެސިސް" އެނބުރި ރިއާލް މެޑްރިޑަށް

23 ދުވަސް ކުރިން - 14:50

އާބެލޯއާގެ އިރުޝާދުގެ ދަށުން އަހަންނަކީ ހަތަރުވަނަ ފޯވާޑް: އެމްބާޕޭ

އާބެލޯއާގެ ޕްލޭންގައި އަހަންނަކީ ހަތަރުވަނަ ފޯވާޑު: އެމްބާޕޭ

26 ދުވަސް ކުރިން - 16:16

ރެއާލް މެޑްރިޑުގެ ކޯޗަކަށް އަލުން މޮރީނިއޯ ގެނައުމުގެ ފަހުގެ މަޝްވަރާތައް ފަށައިފި

ރެއާލުގެ ކޯޗަކަށް އަލުން މޮރީނިއޯ ގެންނަނީ

28 ދުވަސް ކުރިން - 08:32

ވެލްވާޑޭ އާއި ޗުއަމެނީ ދެމެދުގައި ހިނގި މާރާމާރީއެއްގައި ވެލްވާޑޭގެ ބޯ ފަޅާލައިފި

މާރާމާރީއެއްގައި ޗުއަމެނީ ވަލްވާޑޭގެ ބޯ ފަޅާލައިފި

33 ދުވަސް ކުރިން - 12:54