Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސުޢޫދު ޤާނޫނާއި ޚިލާފު ވެފައި ވާތީވެ، ކުރީގެ ޕީޖީ މުހުތާޒު ފާޑު ވިދާޅުވެއްޖެ

ސުޢޫދު ޤާނޫނާއި ޚިލާފު ވެފައި ވާތީވެ، ކުރީގެ ޕީޖީ މުހުތާޒު ފާޑު ވިދާޅުވެއްޖެ

ހުސައިން އިސްމާއިލް
460 ދުވަސް ކުރިން - 7 މާޗް 2025 11:55
ފަނޑިޔާރެއްގެ ގޮތުގައި ހުސްނުއްސުޢޫދު (ކ) ޢަމަލު ކުރެއްވީ ޤާނޫނާއި ޚިލާފަށް ކަމަށް ވާތީވެ ކުރީގެ ޕީޖީ މުހުތާޒް (ވ) ވިދާޅުވީ އެކަމުގެ ސަބަބުން ރައްޔިތުންގެ ހިތުގައި ފަނޑިޔާރުގެއާ ދޭތެރޭ އޮންނަ ގަދަރާއި ކަރާމާތް ކެނޑޭނެ ކަމަށް.
ފަނޑިޔާރެއްގެ ގޮތުގައި ހުސްނުއްސުޢޫދު (ކ) ޢަމަލު ކުރެއްވީ ޤާނޫނާއި ޚިލާފަށް ކަމަށް ވާތީވެ ކުރީގެ ޕީޖީ މުހުތާޒް (ވ) ވިދާޅުވީ އެކަމުގެ ސަބަބުން ރައްޔިތުންގެ ހިތުގައި ފަނޑިޔާރުގެއާ ދޭތެރޭ އޮންނަ ގަދަރާއި ކަރާމާތް ކެނޑޭނެ ކަމަށް.
ޚުލާސާ

ފަނޑިޔާރު ކަމުގެ މަޤާމުގައި ތިއްބަވައިގެން ސިޔާސީ ފަރާތްތަކަށް ޖަވާބުދާރީވެ، އާންމު ބަޔާންތައް ނެރުއްވުމުން ޝަރުޢީ ދާއިރާއަށް ޢާންމުން އިތުބާރު ނުކުރާނެ ކަމަށް މުހުތާޒް ވިދާޅުވި.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ސ. މީދޫ ހަސަންކާރިގޭ ހުސްނުއްސުޢޫދު އަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަދި ކުރީގެ ފަނޑިޔާރު މުހުތާޒު މުހުސިން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ސީދާ ހުސްނުއްސުޢޫދުގެ ނަން ޖެއްސެވުމުގެ ބަދަލުގައި މުހުތާޒް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިދާޅުވެފައިވަނީ ފަނޑިޔާރުން ސިޔާސީ ފަރާތްތަކަށް ޖަވާބުދާރީވެ، އާންމު ބަޔާންތައް ނެރުމަކީ ރައްޔިތުންގެ ހިތުގައި ފަނޑިޔާރުގެއާ ދޭތެރޭ އޮންނަ ގަދަރާއި ކަރާމާތް ކެނޑި، ނުތަނަވަސްކަން އިތުރުވެގެންދާނެ ކަމެއް ކަމަށެވެ. އޭނާ މިހެން ވިދާޅުވީ ހުސްނުއްސުޢޫދު ފަނޑިޔާރުކަމުން އިސްތިއުފާ ދިނުމުގެކުރިން، އިސްތިއުފާގެ ވާހަކަ ބަޔާންކޮށް ފަނޑިޔާރުންގެ ޤާނޫނުން ބޭރުން ސިޔާސީ ބަޔާނެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ.

ފަނޑިޔާރުކަމުން ވަކިވެވޭނީ އެކަން ބަޔާންކޮށް ޖުޑީޝަލް ސާވިސް އަށް ސިޓީ ހުށަހަޅައިގެންނެވެ. ނަމަވެސް އެކަން އެ މަގުން ކުރުމުގެ ބަދަލުގައި ސުޢޫދު ޢަމަލުކުރެއްވީ ޤާނޫނު އަސާސީގައި ނުހިމެނޭ ވާހަކަތަކެއް އޭގައި ހިމެނޭ ކަމަށް ބުނެ ނުބައި ނަމްބަރުތައް ޖައްސަވައިގެން ސިޔާސީ ބަޔާނެއް ނެރެގެންނެވެ.

Advertisement

Advertisement 1

"އިއްޒަތްތެރި ފަނޑިޔާރުންނަށް ޤާނޫނު ބުނާގޮތުން ޖަވާބުދާރީވާން އޮންނަނީ ގަދަރުވެރިކަމާއެކު ޖޭއެސްސީއަށެވެ. މަޤާމުގައި ތިއްބަވައިގެން ސިޔާސީ ފަރާތްތަކަށް ޖަވާބުދާރީވެ، އާންމު ބަޔާންތައް ނެރުއްވުމުން ގެންދެވުމަކީ، ރައްޔިތުންގެ ހިތުގައި ފަނޑިޔާރުގެއާ ދޭތެރޭ އޮންނަ ގަދަރާއި ކަރާމާތް ކެނޑި، ނުތަނަވަސްކަން އިތުރުވެގެންދާނެ ކަމެއް ކަމަށް ދެކެމެވެ،" މުހުތާޒު އެމަނިކުފާނުގެ ފޭސްބުކްގައި ލިޔުއްވިއެވެ.

ސުޢޫދު އިސްތިއުފާ ދެއްވާފައިވަނީ އޭނާއާ ގުޅޭ މައްސަލަތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދަނިކޮށެވެ. އޭގެ ތެރޭގައި ސުޢޫދުގެ ޢާއިލީ ބޭފުޅެއްގެ މައްސަލަ ސުޕްރީމް ކޯޓުގެ ބެންޗުގެ އިސްފަނޑިޔާރަކަށް ސުޢޫދު އިންނަވައިގެން ބެއްލެވި މައްސަލައާއި، ސުޢޫދުގެ ކުރީގެ މުވައްކިލެއްގެ މައްސަލަ ސުޢޫދު ފަނޑިޔާރެއްގެ ހައިސިއްޔަތުން ބެއްލެވި މައްސަލަ އާއި އިތުރު އެހެން މައްސަލަތައް ވެސް ހިމެނެއެވެ.

ޤާނޫނީ މާހިރުން ފާހަގަކުރާ ގޮތުގައި، ސުޢޫދުގެ އިސްތިއުފާގެ ސިޓީގައި ޤާނޫނުއަސާސީގައި ލިޔެފައި ނެތް އެއްޗަކާ ހަވާލާދީފައިވުމާއި، އިސްތިއުފާގެ ސިޓީ ފޮނުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށްވުމަކީ ސުޢޫދުގެ ޤާނޫނީ ޢިލްމާމެދު ސުވާލު އުފެދޭ ކަމެކެވެ.

ސުޢޫދުގެ ފަނޑިޔާރުކަމާ ގުޅޭގޮތުން ކުރިން ވެސް ސުވާލުތަކެއް އުފެދިފައިވެއެވެ. އޭގެ ތެރޭގައި އޭނާގެ ސިޔާސީ ހަރަކާތްތަކާއި، ފަނޑިޔާރުކަމަށް އައްޔަންކުރެވުނު ގޮތާމެދު ސުވާލު އުފެދިފައިވާކަން ފާހަގަކުރެވެއެވެ.

އިސްތިއުފާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އޮފީހުން ގޮތްނޭނގޭ އެއްޗެއް ފެނިގެން ނަތަންޔާހޫ ބިރުން "ފިލައިފި"

ނަތަންޔާހޫ ބިރުން "ފިލައިފި"

114 ދުވަސް ކުރިން - 13:03

މިއަދުގެ ރެއިޑާއި ގުޅިގެން ޒެލެންސްކީގެ ރައިޓް ހޭންޑް އިސްތިއުފާދީފި

ޒެލެންސްކީގެ ރައިޓް ހޭންޑް އިސްތިއުފާދީފި

194 ދުވަސް ކުރިން - 22:19

ރަނގަޅަށް އޮފީސް ވެސް ނުފެންނަނީސް ފަރަންސޭސި ބޮޑުވަޒީރު އިސްތިއުފާދެއްވައިފި

ރަނގަޅަށް އޮފީސްވެސް ނުފެންނަނީސް ފަރަންސޭސި ބޮޑުވަޒީރު އިސްތިއުފާދެއްވައިފި

246 ދުވަސް ކުރިން - 10:55

ވަކިކުރަން ހުށަހަޅާފައިވާ އިމާދު އެމްއެމްއޭއިން އިސްތިއުފާ ދެއްވައިފި

ވަކިކުރަން ހުށަހަޅާފައިވާ އިމާދު އެމްއެމްއޭއިން އިސްތިއުފާ ދެއްވައިފި

450 ދުވަސް ކުރިން - 10:28

ސީއެސްސީން އިބްރާހީމް ރަޝީދު އިސްތިއުފާދެއްވީ މަޤާމުން ވަކިކުރަން އުޅޭތީ!

އިބްރާހީމް ރަޝީދު އިސްތިއުފާދެއްވީ މަޤާމުން ވަކިކުރަން އުޅޭތީ!

456 ދުވަސް ކުރިން - 17:01

ސުޢޫދު އިސްތިއުފާ ދެއްވީ ކޮރަޕްޝަން މައްސަލަ ބަލަން ފެށުމުން

ސުޢޫދު އިސްތިއުފާ ދެއްވީ ކޮރަޕްޝަން މައްސަލަ ބަލަންފެށުމުން

462 ދުވަސް ކުރިން - 16:39