Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަލަސްޠީނާ ގުޅޭ އޯއައިސީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު ޚަލީލު ސަޢުދީއަށް

ފަލަސްޠީނާ ގުޅޭ އޯއައިސީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު ޚަލީލު ސަޢުދީއަށް

އައިޝަތު ރުވާ ރިފްޢަތު
548 ދުވަސް ކުރިން - 6 މާޗް 2025 20:06
ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު. / ފޮޓޯ: ވުޒާރާ
ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު. / ފޮޓޯ: ވުޒާރާ
ޚުލާސާ

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ ރައްޔިތުން ވަޒަނުން ބޭރުކުރުމަށް ކުރާ މަސައްކަތާ ދެކޮޅަށް އަޑުއުފުލައި، އެކަމާ ގުޅޭގޮތުން އިސްލާމީ ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުން.

ފަލަސްޠީނު ރައްޔިތުން ވަޒަނުން ބޭރުކުރުމަށް ޔަހޫދީން ކުރާ މަސައްކަތާ ދެކޮޅަށް، ޢަރަބި އިސްލާމީ ޤައުމުތަކުން ވަކާލާތުކުރުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު މިއަދު ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

ޚާރިޖީ ވުޒާރާއިން ބުނީ، މި ދަތުރުފުޅަކީ ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ބާއްވާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ "އެކްސްޓްރާއޯޑިނަރީ ސެޝަން އޮފް ދަ ކައުންސިލް އޮފް ފޮރިން މިނިސްޓަރސް" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަަމަށެވެ. މި ބައްދަލުވުމުގެ އިތުރުން، ކަމާ ގުޅުންހުރި އެހެނިހެން މުހިންމު ބައްދަލުވުންތަކުގައިވެސް ވަޒީރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ ރައްޔިތުން ވަޒަނުން ބޭރުކުރުމަށް ކުރާ މަސައްކަތާ ދެކޮޅަށް އަޑުއުފުލައި، އެކަމާ ގުޅޭގޮތުން އިސްލާމީ ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމެވެ. އޯއައިސީއަކީ އިސްލާމީ ޤައުމުތަކަށް ކުރިމަތިވާ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލާފައިވާ އެންމެ ބޮޑު ޖަމާޢަތެވެ.

Advertisement

Advertisement 1

ދިވެހިރާއްޖެއިން ވަނީ ފަލަސްޠީނުގެ ޣައްޒާ އަލުން އާރާސްތު ކުރުމަށް މިޞްރުން ހުށަހަޅާފައިވާ ހުށަހެޅުމަށްވެސް މަރުޙަބާ ކިޔާފައެވެ. މި ޕްލޭނަކީ ޣައްޒާގެ ކަމާގުޅުންހުރި އިދާރާތަކުގެ ލަފާގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދާ މަސައްކަތަކަށްވާތީ، ޣައްޒާގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ބިމާއި ވަޒަނުގައި ބޭނުންވާފަދަ ދިރިއުޅުމެއް އާރާސްތުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރާއްޖެއިން ފާހަގަކޮށްފައިވެއެވެ.

ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުން އަންނަނީ 1967 ގެ ކުރިން ފަލަސްޠީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ޤުދުސް އަކީ އެ ޤައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅައި، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށެވެ.

ފަލަސްތީންސައުދީ އަރަބިއްޔާމިނިސްޓްރީ އޮފް ފޮރިން އެފެއާޒް(ކުރީގެ މިނިސްޓަރު) ޑރ. އަބްދުﷲ ހަލީލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަލަސްތީނަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރު ޑރ. ޒުހުރީ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ފަލަސްތީނަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރަށް ފަތްކޮޅު އަރުވައިފި

1 ދުވަސް ކުރިން - 13:30

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

5 ދުވަސް ކުރިން - 13:09

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

6 ދުވަސް ކުރިން - 11:13

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

8 ދުވަސް ކުރިން - 22:41

ނޭޕާލްގެ ކާރިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާކަން ކަށަވަރުވެއްޖެ

ނޭޕާލްގެ ކާރިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާކަން ކަށަވަރުވެއްޖެ

9 ދުވަސް ކުރިން - 20:12

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

14 ދުވަސް ކުރިން - 14:34