ޕީއެންސީއަށް ޚާއްސަ ޑެސްކެއް ޤާއިމުކުރިކަމަށް ބުނާ ވާހަކައަކީ ދޮގެއް: އާސަންދަ

ހުސައިން އިސްމާއިލް | 226 ދުވަސް ކުރިން - 6 މާރިޗް 2025 17:07
އާސަންދަ އޮފީސް: އެ ކުންފުނިން ބުނީ ޕީއެންސީއަށް ޚާއްޞަ އެއްވެސް ޑެސްކެއް ޤާއިމް ކޮށްފައި ނުވާ ކަމަށް.
އާސަންދަ އޮފީސް: އެ ކުންފުނިން ބުނީ ޕީއެންސީއަށް ޚާއްޞަ އެއްވެސް ޑެސްކެއް ޤާއިމް ކޮށްފައި ނުވާ ކަމަށް.
ޚުލާސާ

އާސަންދަ ކުންފުނިން ބުނީ ޕީއެންސީގެ މަޖިލިސް މެންބަރުންނަށް އާސަންދަ ހަމަޖެއްސުމަށް އެ ކުންފުނިން އެއްވެސް ޑެސްކެއް ޤާއިމުކޮށްފައިނުވާ ކަމަށާއި އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް.

އާސަންދަ އޮފީހުގައި ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަޖިލިސް މެންބަރުންނަށް އާސަންދަ ހަމަޖައްސަން ޚާއްސަ ޑެސްކެއް ޤާއިމުކޮށްފައިވާ ކަމަށް ބުނެ ފެތުރުނު ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް އާސަންދައިން ބުނެފިއެވެ.

“އަދަދު” ނަމަކަށް ކިޔާ ނޫހަކުން ފެތުރި ޚަބަރުގައި ބުނެފައިވަނީ ޕީއެންސީގެ މެންބަރުން ބޭނުންވާ ބަޔަކަށް އާސަންދަ ހަމަޖައްސައިދިނުމަށް ޚާއްސަ ޑެސްކެއް ފެބްރުއަރީ 1 ގައި ޤާއިމުކޮށްފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅޭ ގޮތުން އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރ އައިމިނަތު ޒީނިޔާ މުވައްޒަފުންނާއި ބައްދަލުކޮށްފައިވާ ކަމަށް ވެސް އެ ޚަބަރުގައި ބުނެފައިވެއެވެ.

އެހެންނަމަވެސް، އާސަންދައިން ބުނީ އެއީ އެއްވެސް ހަޤީޤަތެއް ނެތް، ދޮގު ޚަބަރެއް ކަމަށެވެ.

“މިއީ ކަނޑައެޅިގެން ދޮގު ޚަބަރެއް. އާސަންދަ ކުންފުނިން މިފަދަ އެއްވެސް ޑެސްކެއް ޤާއިމުކޮށްފައިނުވާނެ ކަމުގައި ދަންނަވަން”.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%