ބ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ބިރު އޮތްކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން)އޮރެންޖް އެލާޓް ނެރެފިއެވެ.

މެޓުން ބުނީ މިރޭ 12:00 އާ ހަމައަށް އެކަން އެ ގޮތުގައި ދެމިއޮންނާނެއެވެ.

މެޓް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި، ވައި ޖެހޭނީ ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ވަނީ އަންގާފައެވެ.