Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަލަސްތީނު-އިސްރާއީލް މައްސަލައިގައި ބައިނަލްއަޤްވާމީ ކޯޓަށް ރާއްޖެއިން ރަސްމީ ބަޔާން ހުށަހަޅައިފި

ފަލަސްތީނު-އިސްރާއީލް މައްސަލައިގައި ބައިނަލްއަޤްވާމީ ކޯޓަށް ރާއްޖެއިން ރަސްމީ ބަޔާން ހުށަހަޅައިފި

ހުސައިން އިސްމާއިލް
512 ދުވަސް ކުރިން - 1 މާޗް 2025 17:27
ބަންޑާރަނައިބު އަޙްމަދު އުޝާމް - އައިސީޖޭ އަށް ރާއްޖެއިން ހުށަހެޅި ޑޮކިއުމެންޓު ތަކުގައި މައްސަލަ ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާނެ ކަމަށް ބަންޑާރަނައިބު ވިދާޅުވި / ފޮޓޯ: ޚުލާޞާ
ބަންޑާރަނައިބު އަޙްމަދު އުޝާމް - އައިސީޖޭ އަށް ރާއްޖެއިން ހުށަހެޅި ޑޮކިއުމެންޓު ތަކުގައި މައްސަލަ ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާނެ ކަމަށް ބަންޑާރަނައިބު ވިދާޅުވި / ފޮޓޯ: ޚުލާޞާ
ޚުލާސާ

ހަމައެކަނި ހައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތްގޮތަށް އިންތައް ވަކިކޮށް، ފަލަސްތީނުގެ ވެރިރަށަކީ ގުދުސް ކަމާއި ފަލަސްތީނަކީ މިނިވަން ދައުލަތަކަށް ހެދުން ކަމަށް ރާއްޖެއިން ބުނެފައިވޭ.

ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ދިވެހިރާއްޖެއިން އަޑުއުފުލައި، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ޑޮކިއުމެންޓުތައް ހުށަހަޅައިފިއެވެ. މި ޑޮކިއުމެންޓް ތަކުގައި، އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި ހިންގާ ޣައިރު ޤާނޫނީ ޢަމަލުތަކާއި، އިންސާނީ ޙައްޤުތަކާއި ފާޅުގައި ޚިލާފަށް ކޮށްފައިވާ ވަރަށް ގިނަ ކަންތައްތައް އަލިއަޅުވާލާފައި ވެއެވެ.

އިސްރާއީލުގެ ނަސްލު ނައްތާލުމުގެ ޢަމަލުތައް ކުށްވެރި ކުރައްވައި ރާއްޖެއިން ހުށަހެޅި ބަޔާނުގައި، ދިވެހިރާއްޖެއިން ފާހަގަކޮށްފައިވަނީ އދ ގެ މެންބަރެއްގެ ހައިސިއްޔަތުން އިސްރާއީލްގެ މައްޗަށް ޔޫއެންއާރުޑަބްލިއު.އޭ ގެ މަސައްކަތްތަކާއި ގުޅޭގޮތުން އޮތް ޒިންމާ ތަފްސީލުކޮށް، އެ ޖަމްޢިއްޔާ ރޫޅާލުން މަނާކުރާ ބައިނަލްއަޤްވާމީ ޤާނޫނީ އުސޫލުތަކުގެ މައްޗަށް ކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

ފަލަސްތީނާއި އިސްރާއީލްގެ މައްސަލައަށް އޮތް ހަމަ އެކަނި ދެމެހެއްޓެނިވި ހައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުންކަމަށް ސަރުކާރުން ބުނެއެވެ. މި ހައްލު ހޯދުމަށް ފަލަސްތީނުގެ ރައްޔިތުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ދިވެހި ދައުލަތް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަންވެސް ސަރުކާރުން ދީފައިވެއެވެ.

Advertisement

Advertisement 1

ދިވެހި ސަރުކާރުން ވަނީ ފަލަސްތީނުގެ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއް ޤާއިމުކުރުމަށް ބާރުއަޅުއްވާފައެވެ.

ބަންޑާރަ ނައިބުގެ އޮފީސްއިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ފަލަސްތީން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔަހޫދީ ސިފައިން ބުލްޑޯޒަރު ތަކުގައި ފަލަސްތީނުގެ ގެތައް ތަޅަނީ

ޔަހޫދީ ސިފައިން ފަލަސްތީނުގެ ގެތައް ތަޅަނީ

5 ދުވަސް ކުރިން - 13:45

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

7 ދުވަސް ކުރިން - 13:36

ފަލަސްތީނަށް އެހީވުމަށް މިއަހަރުވެސް 50,000 ޑޮލަރު ދިނުމަށް ދިވެހި ސަރުކާރުން ނިންމައިފި

ފަލަސްތީނަށް އެހީވުމަށް މިއަހަރުވެސް 50,000 ޑޮލަރު ދިނުމަށް ދިވެހި ސަރުކާރުން ނިންމައިފި

24 ދުވަސް ކުރިން - 13:06

ޣައްޒާ ރައްޔިތުންނަށް ސަޕޯޓްކުރި އިޒުރޭލުގެ އަރަބި ދަރިކޮޅުގެ ދެމީހަކު ޖަލަށް ލައިފި

ޣައްޒާ ރައްޔިތުންނަށް ސަޕޯޓްކުރި އިޒުރޭލުގެ އަރަބި ދަރިކޮޅުގެ ދެމީހަކު ޖަލަށް ލައިފި

34 ދުވަސް ކުރިން - 17:47

އިސްރާއީލާއެކު ވިޔަފާރިކުރުން މަނާކުރަން ނޯވޭއިން ނިންމައިފި

އިސްރާއީލާއެކު ވިޔަފާރިކުރުން މަނާކުރަން ނޯވޭއިން ނިންމައިފި

36 ދުވަސް ކުރިން - 14:46

ހުޅަނގު އައްސޭރީގައި މިއިން ޒަމާނަކު ނުކުރާވަރަށް އިޒުރޭލުން ދަނީ މުސްލިމުންނަށް އަނިޔާ ކުރަމުން - އދ

ހުޅަނގު އައްސޭރީގައި މިއިން ޒަމާނަކު ނުކުރާވަރަށް އަނިޔާ - އދ

44 ދުވަސް ކުރިން - 15:02