Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކެނެޑާއާއި މެކްސިކޯއަށް ލުޔެއް ނުދެވޭނެ: ޓްރަމްޕް

ކެނެޑާއާއި މެކްސިކޯއަށް ލުޔެއް ނުދެވޭނެ: ޓްރަމްޕް

ޖަވާދު
511 ދުވަސް ކުރިން - 1 މާޗް 2025 12:31
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: އޭނާ ވިދާޅުވީ ޓެރިފް ނެގުމުގައި ދޫދިނުމެއް ނެތް ކަމަށް.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: އޭނާ ވިދާޅުވީ ޓެރިފް ނެގުމުގައި ދޫދިނުމެއް ނެތް ކަމަށް.
ޚުލާސާ

އަންގާރަ ދުވަހުން ފެށިގެން މެކްސިކޯއާއި ކެނެޑާއިން އެތެރެކުރާ މުދަލަށް 25% ޓެރިފް ނަގަން ނިންމާފައިވާއިރު 2035 އާއި ހަމަޔަށް އެމެރިކާއަށް 1.5 ޓްރިލިއަން ޑޮލަރު ލިބޭނެ.

ކެނެޑާ އަދި މެކްސިކޯއިން އެތެރެކުރާ މުދަލަށް އެމެރިކާއިން އިތުރު ޓެރިފް ނަގާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯންއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާއާއި ދޭތެރޭ ގިނަ ގައުމުތަކުން ވަރަށް ނުބައިކޮށް ކަންތައް ކޮށްފައިވާ ކަމަށެވެ. “ހަމައެކަނި ކެނެޑާ އަދި މެކްސިކޯއެއް ނޫން. ވަރަށް ގިނަ ގައުމުތަކުން ވަނީ އަޅުގަނޑުމެންގެ ކިބައިން ނާޖާއިޒު ފައިދާ ނަގާފައި،" މިހެންނެވެ.

ޓްރަމްޕް މިހެން ވިދާޅުވީ 3 ފެބްރުއަރީގައި ކެނެޑާ އަދި މެކްސިކޯއިން ބޯޑަރު ސެކިއުރިޓީ އަދި މަސްތުވާތަކެތި ވިޔަފާރި ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅަން އެއްބަސްވުމާއި ގުޅިގެން 30 ދުވަހުގެ މުއްދަތެއް ދެއްވުމަށްފަހުގައެވެ.

Advertisement

Advertisement 1

ޓްރަމްޕް ވަނީ 1 ފެބްރުއަރީގައި ކެނެޑާ އަދި މެކްސިކޯއިން އެތެރެކުރާ މުދަލަށް 25 އިންސައްތައިގެ އިތުރު ޓެރިފެއް ނަގާނެ ކަމަށް އިއުލާނުކުރައްވާފައެވެ. އެއީ ޤާނޫނާ ޚިލާފަށް އެތެރެވާ މީހުންނާއި މަސްތުވާތަކެތިން ކުރިމަތިވާ ނުރައްކަލަށް ރިއާޔަތްކޮށް ކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

"ޓެރިފްތައް ކުރިއަށްދާނީ ގަޑިއަށް، ތާވަލާ އެއްގޮތަށް،" ޓްރަމްޕް ވިދާޅުވިއެވެ. "މިއީ އެތައް އަހަރެއް ވަންދެން ހިނގަމުން އައި އަނިޔާވެރިކަމެއް. އަޅުގަނޑު މިކަމުގައި އެހެން ގައުމުތަކަށް ބަދުނާމެއް ނުކުރަން. އަޅުގަނޑު ކުށްވެރިކުރަނީ މިކަން ވާން ދޫކޮށްލި އަޅުގަނޑުމެންގެ ލީޑަރޝިޕް." އެމެރިކާގެ ކުރީގެ ރައީސަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕެގެ މަޤްޞަދަކީ އެމެރިކާގެ އިޤްތިޞާދު ވަރަށް ބޮޑަށް ކުރިޔަށް ނެރެ، ދުނިޔޭގެ އެއްވެސް ޤައުމަކަށް އިޤްތިޞާދީ ގޮތުން އެމެރިކާއާއި ވާދަނުކުރެވޭ ގޮތް ހެދުމެވެ.

ޗައިނާ، ކެނެޑާ އަދި މެކްސިކޯއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ޓެރިފް ނެގުމަށް ނިންމުމާއި ގުޅިގެން 2025 ވަނަ އަހަރު އެކަނި ގާތްގަނޑަކަށް 130 ބިލިއަން ޑޮލަރުގެ އާމްދަނީ އެމެރިކާއަށް ލިބޭނެ އެޤައުމުން ކަމަށް ލަފާކުރެވެއެވެ.

ކޮމިޓީ ފޮރ އަ ރެސްޕޮންސިބަލް ފެޑެރަލް ބަޖެޓް (ސީއާރްއެފްބީ) އިން ހާމަކޮށްފައިވާ ގޮތުގައި:

- 4 ފެބްރުއަރީ 2025 އިން ފެށިގެން ޗައިނާއިން އެތެރެކުރާ މުދަލަށް 10% ގެ ޓެރިފެއް ނަގާއިރު، މި ޓެރިފުން 2025 ވަނަ އަހަރު 20 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

- 4 މާރޗް 2025 އިން ފެށިގެން ކެނެޑާ އަދި މެކްސިކޯއިން އެތެރެކުރާ މުދަލަށް 25% ގެ ޓެރިފެއް ނަގާނެއެވެ. މި ޓެރިފުން 2025 ގެ ބާކީ އޮތް މުއްދަތުގައި 110 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

- 2025 އިން 2035 އަށް، މި ތިން ގައުމުން އެތެރެކުރާ މުދަލަށް ނަގާ ޓެރިފުން ޖުމްލަ 1.5 ޓްރިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

އެމެރިކާކެނެޑާމެކްސިކޯ
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

14 ގަޑިއިރު ކުރިން - 20:07

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

11 ދުވަސް ކުރިން - 17:03

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

12 ދުވަސް ކުރިން - 01:08

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

14 ދުވަސް ކުރިން - 11:26

ވޯލްޑް ކަޕް ފައިނަލްގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި، އެންމެ އަގުބޮޑު ޓިކެޓު 34,500 ޑޮލަރަށް!

ފައިނަލް މެޗުގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި

15 ދުވަސް ކުރިން - 01:27

އެމެރިކާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

16 ދުވަސް ކުރިން - 06:41