Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޙިޒްބުﷲގެ ކުރީގެ ވެރިޔާގެ ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވެއްޖެ

ޙިޒްބުﷲގެ ކުރީގެ ވެރިޔާގެ ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވެއްޖެ

ޖަވާދު
471 ދުވަސް ކުރިން - 24 ފެބްރުއަރީ 2025 13:41
ނަޞްރުﷲގެ ޖަނާޒާގެ ތެރެއިން.
ނަޞްރުﷲގެ ޖަނާޒާގެ ތެރެއިން.
ޚުލާސާ

ޝަހީދުވިތާ 5 މަސް ފަހުން ނަޞްރުﷲ ފަސްދާނުލާނީ ބައިރޫތުގެ ވައިގެ ބަނދަރު ކައިރީގައި، 1997 ވަނަ އަހަރު ޝަހީދުވި އޭނާގެ ދަރިކަލުން ހާދީގެ ގަބުރު އޮންނެވި މައިދާނުގައި.

ލުބްނާނުގެ މުޖާހިދުންގެ ޖަމާޢަތް ޙިޒްބުﷲގެ ވެރިޔާ އައް ސައްޔިދް ޙަސަން ނަޞްރުﷲ ޝަހިދުވިތާ ފަސްމަސް ފަހުން، އޭނާގެ ޖަނާޒާ ބައިރޫތުގައި ބާއްވައިފިއެވެ. މިދިޔަ ސެޕްޓެމްބަރު މަހު އިސްރާއީލުގެ ޙަމަލާއެއްގައި ޝަހީދުވި ނަޞްރުﷲގެ ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވިއެވެ.

ޖަނާޒާ ބޭއްވީ ބައިރޫތުގެ ދެކުނު ސަރަޙައްދުގައި ހުންނަ 55,000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއްގައެވެ. ޖަނާޒާ ފެށުމުގެ އެތައް އިރެއް ކުރިން ސްޓޭޑިއަމް ވަނީ މީހުންނާއިގެން ފުރިފައެވެ. ގިނަ ބަޔަކު ތިބީ ނަޞްރުﷲގެ ފޮޓޯއާއި ޙިޒްބުﷲގެ ދިދަތައް ހިފައިގެންނެވެ.

Advertisement

Advertisement 1

މި ޖަނާޒާގައި އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ، ޢިރާޤުގެ ޝީޢީ ސިޔާސީ ވެރިންނާއި އަސްކަރީ ކޮމާންޑަރުން، އަދި ޔަމަނުގެ ހޫޘީންގެ މަންދޫބުން ވެސް ބައިވެރިވިއެވެ. މީގެ އިތުރުން 65 ޤައުމަކުން ގާތްގަނޑަކަށް 800 އެއްހާ މަންދޫބުންނާއި އެތައް ހާސް ޢާންމުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކްޓިވިސްޓުން ވެސް ޖަނާޒާގައި ބައިވެރިވިއެވެ.

ނަޞްރުﷲގެ ޖަނާޒާއާއެކު، އޭނާ ޝަހީދުވުމަށްފަހު ހަފްތާއެއްހާ ދުވަހު ޙިޒްބުﷲ ހިންގެވި ހާޝިމް ޞަފީއްދީންގެ ޖަނާޒާ ވެސް ބޭއްވުނެވެ. ޞަފީއްދީންވެސް ވަނީ އިސްރާއީލުގެ ޙަމަލާއެއްގައި ޝަހީދުކޮށްލާފައެވެ.

ނަޞްރުﷲގެ ޖަނާޒާ މިހާ ބޮޑު މައިދާނެއްގައި ބޭއްވުމުގެ މަޤްޞަދަކީ މިދިޔަ އަހަރު އިސްރާއީލާއި ދެކޮޅަށް ކުރި ހަނގުރާމައިގައި ބަލިކަށިވވެފައިވާ ޙިޒްބުﷲގެ ހިތްވަރު ދެއްކުން ކަމަށް ބެލެވެއެވެ.

ޖަނާޒާގެ ރަސްމިއްޔާތު ނިމުމަށްފަހު ނަޞްރުﷲ ފަސްދާނުލާނީ ބައިރޫތުގެ ވައިގެ ބަނދަރު ކައިރީގައި އޮންނަ ބިމެއްގައެވެ. އެތަނުގައި ވަނީ 1997 ވަނަ އަހަރު ޝަހީދުވި އޭނާގެ ދަރިކަލުން ހާދީވެސް ފަސްދާނުލާފައެވެ.

ހިޒްބުاللهލުބުނާން
Ad
Ad

ގުޅޭ ޚަބަރުތައް

އިޒުރޭލު “ނަރަކައަކަށް” ހަދާލަން ތައްޔާރު: އީރާން

އިޒުރޭލު “ނަރަކައަކަށް” ހަދާލަން ތައްޔާރު: އީރާން

4 ދުވަސް ކުރިން - 10:43

ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށް އާ އޮނިގަނޑެއް އިއުލާންކޮށްފި

ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށް އާ އޮނިގަނޑެއް އިއުލާންކޮށްފި

6 ދުވަސް ކުރިން - 11:09

އިޒުރޭލު ސިފައިން އެއްވެފައި ތިބި ތަންތަނަށް ރޮކެޓުގެ ރާޅެއް ހިޒްބުاللهއިން ފޮނުވައިފި

އިޒުރޭލު ސިފައިން އެއްވެފައި ތިބި ތަންތަނަށް ރޮކެޓުގެ ރާޅެއް

7 ދުވަސް ކުރިން - 07:17

އިސްރާއީލުން ޙަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވުމުން ހިޒްބުﷲ އިން ވަރުގަދަ ރައްދެއް ދީފި

އެއްބަސްވުމާ ޚިލާފުވުމުން ހިޒްބުﷲ އިން އިސްރާއީލަށް ވަރުގަދަ ރައްދެއް ދީފި

9 ދުވަސް ކުރިން - 05:32

ބެއިރޫތުގެ ދެކުނު ސަބަރބްސް އަށް ހަމަލާ ދިނުމަށް ތަންޔާހޫ އަމުރުކޮށްފި

ބެއިރޫތުގެ ދެކުނު ސަބަރބްސް އަށް ހަމަލާ ދިނުމަށް ތަންޔާހޫ އަމުރުކޮށްފި

9 ދުވަސް ކުރިން - 13:54

އިސްރާއީލަށް ދިން ޑްރޯން ހަމަލާއެއްގައި 4 ސިފައިން ޒަޚަމްވެއްޖެ

އިސްރާއީލަށް ދިން ޑްރޯން ހަމަލާއެއްގައި 4 ސިފައިން ޒަޚަމްވެއްޖެ

10 ދުވަސް ކުރިން - 04:06

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%