ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އަކީ ޑިކްޓޭޓަރެއް ކަމަށް ސިފަވާ ގޮތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ޒެލެންސްކީ އަށް ފާޑު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ޒެލެންސްކީއަކީ "އިންތިޚާބު ނުބާއްވާ ޑިކްޓޭޓަރެއް" ގެ ގޮތުގައި ސިފަކޮށް ޓްރަމްޕް ވިދާޅުވީ ޒެލެންސްކީ ވަނީ އެމެރިކާގެ އެހީތެރިކަން ނަހަމަ ގޮތުގައި ބޭނުންކޮށް، ރަޝިއާ އާއި އެކު ކުރަމުންދާ ހަނގުރާމަ ދިގުދެމިގެންދާ ގޮތަށް ކަންތައްތައް ކޮށްފައެވެ. އަދި މި ހަނގުރާމަ ނިންމޭނީ ހަމައެކަނި އޭނާއަށް ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާއިން ވަނީ ޔުކްރޭނު ހަނގުރާމައަށް 350 ބިލިއަން ޑޮލަރު ބޭކާރު ގޮތެއްގައި ހޭދަކޮށްފައެވެ. ޓްރަމްޕް ތުހުމަތު ކުރެއްވީ ޒެލެންސްކީ އޭގެއިން ފައިސާތައް އަމިއްލަ ކަންކަމުގައި ބޭނުންކުރެއްވީ ކަމަށެވެ.
ޓްރަމްޕް މިފަދަ މޭރުމަކުން ޒެލެންސްކީ އަށް ފާޑު ވިދާޅުވީ، ޞުލްޙައިގެ ވާހަކަތަކުގައި އޭނާ ބައިވެރި ނުކުރެއްވުމުން އެކަމާއި ރުޅިވެރިކަން ފާޅުކޮށް އިންޒާރު ދެއްވުމުންނެވެ.
އެންމެ ފަހުން ޓްރަމްޕްގެ އެ ފާޑުކިޔުންތަކާއި ގުޅިގެން ޒެލެންސްކީ ވަނީ އެއަށް ރައްދު ދެއްވައި، ޓްރަމްޕް ފަތުރުއްވަނީ ރަޝިއާގެ ޕްރޮޕެގެންޑާ ކަމަށާއި، ޔުކްރެއިންގެ މިނިވަންކަމަށް ކުރަމުންދާ މަސައްކަތްތަކަށް އަހަންމިއްޔަތުކަން ނުދެއްވާ ކަމަށް ވިދާޅުވެފައެވެ.









