ރާއްޖޭގައި އެންމެ ފާޅުކަން ބޮޑުކޮށް ދޮގު ހަދައި އޮޅުވާލަމުންދާ ކަމަށް ތުހުމަތު ކުރެވޭ އަމިއްލަ މީޑިއާއެއްގައި މަސައްކަތްކުރާ މީހަކު ޖާސޫސް ކުރަން އުޅުނުކަން ފަޅާ އެރުމުން، އޭނާ ކުއްޔަށް ނަގަން ގަލޮޅުން މަސައްކަތްކުރި އެޕާޓްމަންޓް އޭނާއަށް ނުދިނުމަށް ނިންމައިފިއެވެ.
އާއިދު ނަމަކަށް ކިޔާ އެ މީހާ ބުނީ ގ. ގްރީން ބީންސް ނަމަކަށް ކިޔާ ގެއިން އޭނާ ކުއްޔަށް ނަގަން އުޅުނު އެޕާޓްމަންޓް އޭނާއަށް ނުދިނީ ޕީއެންސީގެ ސީނިއާ އޮފިޝަލެކެވެ.
ނަމަވެސް، އާއިދުގެ ތުހުމަތު ތަކަށް އެކްސް ޕްލެޓް ފޯމުގައި ރައްދުދީ އޭނާ އުޅެނީ ޖާސޫސް ކުރަން ކަމަށާއި ކުރަން އުޅުނު ކަންތަކާއި މަޤްޞަދު ވެސް ވަނީ ސޯޝަލްމީޑިއާގައި ހިއްސާ ކޮށްފައެވެ.










