ކުރީގެ ރައީސް މައުމޫނުގެ އަތުލިޔުމަށް ބިނާކޮށް "މައުމޫން" ފޮންޓު ނެރެނީ

ހުސައިން އިސްމާއިލް | 284 ދުވަސް ކުރިން - 19 ފެބްރުއަރީ 2025 00:30
ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް / ފޮޓޯ: ސޯޝަލް މީޑިއާ
ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް / ފޮޓޯ: ސޯޝަލް މީޑިއާ
ޚުލާސާ

ފޮންޓު ދައްކައިލުމަށް ޚާއްޞަ މައުރަޒެއް މި މަހުގެ 22 ވަނަ ދުވަހު މާލޭ އާޓް ގެލަރީގައި ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 11:00 އާއި ހަމައަށް ކުރިއަށްދާނެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ އަތުލިޔުމަށް ބިނާކޮށް "މައުމޫން" ގެ ނަމުގައި ފޮންޓެއް ތައްޔާރުކޮށް މިއަންނަ ހޮނިހިރު ދުވަހު ނެރުމަށް ނިންމައިފި އެވެ.

މައުމޫނު ފައުންޑޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މި ފޮންޓު ދައްކައިލުމަށް ޚާއްޞަ މައުރަޒެއް މި މަހުގެ 22 ވަނަ ދުވަހު މާލޭ އާޓް ގެލަރީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މައުރަޒު ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 11:00 އާއި ހަމައަށް ކުރިއަށްދާނެ އެވެ.

މި ފޮންޓު ފަރުމާކޮށްފައިވަނީ ދިވެހި ފޮންޓުތައް ތައްޔާރުކުރުމުގެ މަސައްކަތްކުރާ "އަކުރު ޓައިޕް" އިން ކަމަށާއި، އަދި "އަކުރު ޓައިޕް" ގެ ވެބްސައިޓުން މި ފޮންޓު ޑައުންލޯޑު ކުރެވޭނެ ކަމަށް ވެސް މައުމޫން ފައުންޑޭޝަނުން މަޢުލޫމާތު ދީފައި ވެއެވެ.

"މައުމޫން" ފޮންޓަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެއްގެ އަތުލިޔުމަށް ބިނާކޮށް ތައްޔާރުކުރެވޭ ފުރަތަމަ ފޮންޓެވެ. ރައީސް މައުމޫނަކީ ދިވެހި އަދި ޢަރަބި ބަހުން ވަރަށް ރީތިކޮށް ލިޔުއްވާ ބޭފުޅެކެވެ. އެމަނިކުފާނުގެ އަތުލިޔުމަކީ އެމަނިކުފާނުގެ ވެރިކަމުގައި ގިނަ ބަޔަކަށް ފެނިފައިވާ ޗާލު ލިޔުމެކެވެ.

އިސްލާމީ މަރުކަޒުގައި ޢަރަބި ބަހުން ލިޔެފައި ހުރި ބައެއް ލިޔުންތަކަކީ ވެސް އެމަނިކުފާނުގެ އަތްޕުޅުން ކުރައްސަވާފައިވާ ލިޔުންތަކެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%