އެމެރިކާއާއި ރަޝިޔާގެ އިސް ވަފުދުތަކެއް މިއަދު ސައުދީ އަރަބިއްޔާގައި ބައްދަލުކޮށް، ޔުކްރެއިންގެ ހަނގުރާމައާއި ގުޅޭގޮތުން މަޝްވަރާކުރަން ފަށައިފިއެވެ. މި މަޝްވަރާތަކުގައި ޔުކްރެއިން އަދި ޔޫރަޕިއަން ޔޫނިއަން ބައިވެރި ކޮށްފައެއް ނުވެއެވެ.
ރަޝިޔާގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވަނީ އެ ޤައުމުގެ ފޮރިން މިނިސްޓަރ ސަރގޭ ލަވްރޯވްގެ އިސްނެގުމުގެ ދަށުން އެކުލަވާލާފައިވާ ވަފުދެކެވެ. އެމެރިކާގެ ފަރާތުން ބައިވެރިވަނީ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ މައިކް ވޯލްޓްޒް ހިމެނޭ ވަފުދެކެވެ.
މި މަޝްވަރާތަކުގައި ބައިވެރިވުމަށް ޔުކްރެއިނަށް ދައުވަތު ދީފައި ނުވާތީ، އެޤައުމުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.









