Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިންގ ކުށް ސާބިތުވެއްޖެ

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިންގ ކުށް ސާބިތުވެއްޖެ

ހުސައިން އިސްމާއިލް
569 ދުވަސް ކުރިން - 17 ފެބްރުއަރީ 2025 11:13
މަސްތުވާތަކެތީގެ މައްސަލައެއްގައި ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވި މީހުން.
މަސްތުވާތަކެތީގެ މައްސަލައެއްގައި ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވި މީހުން.
ޚުލާސާ

ޙަސަން ލޫތު އާއި ޙަސަން ރަޝީދު 500,000 ރުފިޔާއިން ޖޫރިމަނާ ކުރިއިރު އިސްމާއިލް ޝަރީފާއި ސާނިޔާ އިބްރާހިމް ޖޫރިމަނާކުރީ 1 ލައްކަ ރުފިޔާއަށް. މީގެ އިތުރުން އެންމެނަށް ވެސް ފަސްއަހަރުގެ ޖަލުޙުކުމެއް.

މަސްތުވާތަކެތީގެ މައްސަލައެއްގައި އުފުލާފައިވާ މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާއެއް ފުރަތަމަ ފަހަރަށް ސާބިތު ވެއްޖެއެވެ. މި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލާފައި ވެއެވެ.

ދައުވާ އުފުލާފައިވާ ފަރާތްތަކަކީ:

1. އިސްމާއިލް ޝަރީފް (ތ. ތިމަރަފުށި، ވައިޓްރޯސް)

Advertisement

Advertisement 1

2. ޝާނިޔާ އިބްރާހީމް (ކ. މާލެ، މއ. ހަސްލަތު)

3. ހަސަން ރަޝީދު (ހުޅުމާލެ، ފްލެޓް ނަންބަރު 01-ޖީ-45)

4. ހަސަން ލޫތު (ގދ. ތިނަދޫ، ރަންގަލް)

މި ހަތަރު މީހުންގެ މައްޗަށް އުފުލާފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާއި، މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާއެވެ. މި މައްސަލަ ގުޅެނީ 2021 ޖަނަވަރީ 12 ވަނަ ދުވަހު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކޮށް، ގެންގުޅެ އަދި ޓްރެފިކް ކުރާ ކަމަށް ތުހުމަތު ކުރެވުނު މައްސަލައާއި އެވެ.

މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ކުރިން ސާބިތުވެ، ހަތަރު މީހުން ވެސް އުމުރަށް ޖަލަށް ލުމަށް ޙުކުމްކޮށްފައި ވެއެވެ. އަދި ކުށްކޮށްގެން ހޯދި މުދާ ދައުލަތަށް ނެގުމަށް ވެސް ޙުކުމްކޮށްފައި ވެއެވެ.

މިހާރު އެ މީހުންގެ މައްޗަށް ސާބިތުވެފައިވަނީ މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި ފުލުހުން ބަލައި ފާސްކުރި ތަންތަނުން ޖުމްލަ 1,542,675 ރުފިޔާ ފެނިފައި ވެއެވެ.

ކްރިމިނަލް ކޯޓުން މި ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި ޙަސަން ލޫތު އާއި ޙަސަން ރަޝީދު 5 އަހަރުގެ މުއްދަތަށް ޖަލަށް ލުމާއެކު 500,000 ރުފިޔާއިން ޖޫރިމަނާކުރިއެވެ.

އިސްމާއިލް ޝަރީފާއި ސާނިޔާ އިބްރާހިމް އަށް ކުރި ޙުކުމަކީ 5 އަހަރުގެ މުއްދަތަށް ޖަލަށް ލުމާއެކު 100,000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

މި އެންމެންގެ ޖޫރިމަނާގެ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވެސް ޙުކުމުގައި ބަޔާންކޮށްފައިވެއެވެ. މި މައްސަލަ ކްރިމިނަލް ކޯޓުގައި ނިންމެވީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

މަނީ ލޯންޑަރިންމަސްތުވާތަކެތިކްރިމިނަލް ކޯޓު
Advertisement
Advertisement

4 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

1 ދުވަސް ކުރިން - 11:24

ގއ. މާމެންދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ގއ. މާމެންދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

5 ދުވަސް ކުރިން - 01:55

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

6 ދުވަސް ކުރިން - 15:41

ކަޅު ބާޒާރުން މަސްތުވާތަކެތި އެތެރެކުރުމަށް މަހަކު 30 މިލިއަން ޑޮލަރު ބޭރުކުރާކަމަށް ވޭ: އަޙްމަދު ޝާޒްވަލީދު

ކުށުގެ ވެށިން މަހަކު 30 މިލިއަން ޑޮލަރު ބޭރުކުރާކަމަށް ވޭ: ޝާޒް

14 ދުވަސް ކުރިން - 09:31

24 ދަޅު ބަނގުރާއެކު ހުޅުމާލެ ފޭސް 1 އިން ދެ ޒުވާނަކު ހައްޔަރުކޮށްފި

24 ދަޅު ބަނގުރާއެކު ހުޅުމާލެއިން ދެ ޒުވާނަކު ހައްޔަރުކޮށްފި

17 ދުވަސް ކުރިން - 12:06

ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 38 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފި

ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފި

19 ދުވަސް ކުރިން - 11:45