މިއަހަރުގެ ރަމަޟާން މަހު އިސްލާމީ މަރުކަޒުގައި އިމާމްވެ ތަރާވީހު ނަމާދު ކުރާނީ ޒުވާން ޚަތީބުން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިފަދައިން ވިދާޅުވީ ރޭގެ އަހާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ޝަހީމްގެ ވިދާޅުވީ، އިމާމުވެ ތަރާވީހު ނަމާދު ކޮށްދެއްވާނެ ބޭފުޅުނަކީ އިސްލާމީ މަރުކަޒުގެ އިމާމު އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފް، އަލްޙާފިޒް ޢުވައިސް ބިން އިނާޒް، އަލްޙާފިޒް ޚިޟްރު ބިން ޢިމާދު، އަދި އައްޝައިޚު އަލްޙާފިޒް ސުލްޠާން މުޙައްމަދު ލަޠީފް އަދި މީގެ އިތުރުން، ސުލްޠާން މުޙައްމަދު ލަޠީފް މި ޓީމާއި ގުޅިވަޑައިގަންނަވާނީ ރަމަޟާން މަހުގެ ފަހު ދިހައިގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން، ފަހު ދިހައިގައި ދަމު ނަމާދު އިމާމުވެ ކުރާނީ އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި އައްޝައިޚު އަލްޙާފިޒު ސުލްޠާން މުޙައްމަދު ލަތީފް ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، މި ޕްރޮގްރާމްގެ އަމާޒަކީ މުސްތަޤުބަލަށް މި ޤައުމު ފަޚުރުވެރިވާ ފަދަ ޒުވާން އިސްލާމީ ޝަޚްޞިއްޔަތުން ނެރުން ކަމަށެވެ. އަދި މި އިމާމުންގެ ތެރޭގައި ހިމެނޭ ސަލްމާން އާއި ސުލްތާނަކީ މަރުކަޒުގެ އިސް އިމާމު އައްޝައިހް މުހައްމަދު ލަތީފްގެ ދެ ދަރިކަލުން ކަމަށާއި، ސުލްތާނަކީ މަދީނާގައި ކިޔަވާ ދަރިވަރެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
ފާއިތުވި އަހަރު ވެސް އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީސް ނަމާދު ކުރެއްވީ ސުލްތާނާއި ސަލްމާން ކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ.









