މިއަހަރުގެ ޖެނުއަރީ މަހު އެއާޕޯޓުން ލިބުނު އާމްދަނީ 228 މިލިއަން ރުފިޔާއަށް އަރައިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު 28 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މީރާއިން މިއަދު ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަށް 115 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޑިޕާޗާ ޓެކްސް އަށް 113 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މީރާ އިން ބުނީ 28 މިލިއަންގެ މި އިތުރުވުމަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމާއި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ޓެކްސް ނަގާ ރޭޓަށް ގެނެވުނު ބަދަލެވެ.
އެއާޕޯޓުން ލިބޭ އާމްދަނީ އިތުރުވަމުން އަންނަ މިންވަރަށް ބަލާއިރު، މިއަހަރު އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް މީރާއިން ބުނެފައިވެއެވެ.