ތައިލެންޑުގައި ބޭއްވި އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025 ގައި ރިހި މެޑެލް ހޯދި ދިވެހި ކުޅުންތެރިޔާ މަރިޔަމް އީޝަލް މިޞްބާޙަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މިއީ ޝޫޓިންގ ސްޕޯޓްސްގެ ތާރީޚުގައި އޭޝިއާ ފެންވަރުގެ މުބާރާތަކުން ދިވެހިރާއްޖެއަށް ލިބުނު ފުރަތަމަ ރިހި މެޑެލް ކަމަށެވެ.
15 އަހަރުގެ އީޝަލް ވަނީ މި މުބާރާތުގެ އަންހެން އެއަރ ޕިސްޓަލް ކެޓަގަރީގެ ޖޫނިއަރ ބައިން ރިހި މެޑެލް ހޯދާފައެވެ. އޭޝިއާގެ 23 ޤައުމަކުން ވާދަކުރި މި މުބާރާތުގައި އީޝަލް ވަނީ 21 ޤައުމެއްގެ ޝޫޓަރުންގެ މައްޗަށް ކުރިހޯދާފައެވެ.









