Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

މިފަހަރުގެ ރޯދަމަހު އިސްލާމިކް މިނިސްޓްރީން އާޓިފިޝަލް ބީޗުގައި ދަރުސް ދެނީ

އަހްމަދު އީޒާން
642 ދުވަސް ކުރިން - 9 ފެބްރުއަރީ 2025 12:40
އިސްލާމިކް މިނިސްޓްރީން ބޭއްވި އިހްޔާ ފޯރަމެއްގައި މިނިސްޓަރު ޝަހީމް / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީން ބޭއްވި އިހްޔާ ފޯރަމެއްގައި މިނިސްޓަރު ޝަހީމް / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

އިސްލާމިކް މިނިސްޓްރީން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ ރޯދަ މަހަށް ވެސް އެ މިނިސްޓްރީން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް.

މި އަންނަ ރޯދަ މަހު ގިނަ އަދަދެއްގެ ދީނީ ޕްރޮގްރާމްތައް ބާއްވަން އިސްލާމިކް މިނިސްޓްރީން ތައްޔާރުވެއްޖެ އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ ރޯދަ މަހަށް ވެސް އެ މިނިސްޓްރީން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރޯދަ މަސް އިހްޔާކުރުމުގެ ގޮތުން ކުރިއަށް ގެންދާ މި ޕްރޮގްރާމުތަކަކީ ރައްޔިތުންގެ މެދުގައި އިސްލާމް ދީނުގެ ޝިއާރު ފާޅުކޮށް، ރޯދަ މަހުގެ ރޯދަ އާއި އެކު އަޅުކަމަށް ރައްޔިތުން އިތުރަށް ހީވާގިކޮށް ހޭލުންތެރިކުރުވައި އިސްލާމް ދީނުގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގެ މަތިވެރި މަގުސަދުގައި ދިވެހި ދައުލަތުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީގެން ހިންގާ ޕްރޮގްރާމްތަކެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ރޯދަ މަހަށް މަރުހަބާ ކިޔުމުގެ ގޮތުން ދެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ:

Advertisement

Advertisement 1

މައިންޑްފުލް ރަމަޟާން ނަމުގައި ކުރިއަށް ގެންދެވޭ ވޯކްޝޮޕަކާއި,

މަރުހަބާ ރަމަޟާންގެ ނަމުގައި ބާއްވާ ބޮޑު ދަރުހެވެ.

"މަރުހަބާ ރަމަޟާން" ދަރުހަކީ މާލެ އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދަރުހެކެވެ. މިދިޔަ އަހަރު ވެސް ބޭއްވި މި ދަރުހަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މާލޭގައި އަށް އިހްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ހަތް ސިޓީ/ރަށެއްގައި މި އަހަރު އިހްޔާ ފޯރަމްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ.

އިހްޔާ ފޯރަމް ބާއްވާނެ ސިޓީ/ރަށްތައް ކަނޑައަޅާފައި ވަނީ ކައުންސިލްތަކުން އެކަމަށް އެދި ހުށަހެޅި ޕްރޮޕޯސަލް ވިލަރެސް ކުރުމަށް ފަހުގައި އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހެޅި ރަށްތަކަށް ބަލައިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.

ސްކޫލް ދަރިވަރުންގެ މެދުގައި ރޯދަ މަހު ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ދަރިވަރުންގެ ހަ އިހްޔާ ފޯރަމެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ރޯދަ މަހުގެ ކޮންމެ ހޮނިހިރު ދުވަހަކު މާލޭގައި އައުޓްރީޗް ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާއިރު، އެ ޕްރޮގްރާމުގައި ކުޑަކުދިން ޝައުގުވެރިވާނެ ކުޅިވަރު ހަރަކާތްތަކާއި ދީނީ ކައުންސެލިން ދިނުމާއި މުސްހަފް އަދި ދީނީ ފޮތް ހިމެނޭ ސްޓޯލްތައް ހެދުމަށް ވެސް ނިންމާފައިވެ އެވެ.

މިނިސްޓްރީން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް ރޯދަ މަހުގެ ކޮންމެ ދުވަހަކު އަސުރު ނަމާދަށް ފަހު މާލެ ސަރަހައްދުގައި އަސްރު ދަރުސް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯ އިން އާންމުން ހޭލުންތެރިކުރުމަށާއި ދީނީ މައުލޫމާތު ފޯރުކޮށްދިނުމަށް ދީނީ ޕްރޮގުރާމުތައް މިނިސްޓްރީގެ ސޯޝަލް މީޑިއާ ވަސީލަތްތައް މެދުވެރިކޮށް ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި މިދިޔަ އަހަރު ގެނެސްދިން ބައެއް ޕްރޮގްރާމުތަކާއި މުޅިން އާ ޕްރޮގުރާމުތައް ފެށުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ހެޔޮކަންކަމަށް ފައިސާ ޖަމާކުރެވޭނެ ނިޒާމެއް ޤާއިމް ކުރަނީ

ހެޔޮކަންކަމަށް ފައިސާ ޖަމާކުރެވޭނެ ނިޒާމެއް ޤާއިމް ކުރަނީ

629 ދުވަސް ކުރިން - 13:51

މާހެފުމަކީ ބިދުޢައެއް ނޫން: ވަޒީރު ޝަޙީމް

މާހެފުމަކީ ބިދުޢައެއް ނޫން: ވަޒީރު ޝަޙީމް

629 ދުވަސް ކުރިން - 17:22

ޞަދަޤާތަށް ލިބޭ ފައިސާ ޖަމާކުރާނެ ނިޒާމެއް ޤާއިމްކުރަނީ

ޞަދަޤާތަށް ލިބޭ ފައިސާ ޖަމާކުރާނެ ނިޒާމެއް ޤާއިމްކުރަނީ

631 ދުވަސް ކުރިން - 14:08

ޤުރުއާން މަރުކަޒުތައް ޢިމާރާތްކުރަން ފަށަނީ، މިއޮތީ ކުރެހުން!

ޤުރުއާން މަރުކަޒުތައް ޢިމާރާތްކުރަން ފަށަނީ، މިއޮތީ ކުރެހުން!

631 ދުވަސް ކުރިން - 12:48

ރޯދަ މަހަށްފަހު 6 ރަށެއްގައި މިސްކިތް އަޅަނީ

ރޯދަ މަހަށްފަހު 6 ރަށެއްގައި މިސްކިތް އަޅަނީ

631 ދުވަސް ކުރިން - 20:16

ރޯދަމަހަށް ތައްޔާރުވުމަށް ފަތުވާ މަޖިލީހުން ދަރުހެއް ބާއްވަނީ

ރޯދަމަހަށް ތައްޔާރުވުމަށް ފަތުވާ މަޖިލީހުން ދަރުހެއް ބާއްވަނީ

632 ދުވަސް ކުރިން - 20:30