Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އާސަންދައިން 37 މިލިއަން ރުފިޔާ ސަލާމަތްކޮށްފި

އާސަންދައިން 37 މިލިއަން ރުފިޔާ ސަލާމަތްކޮށްފި

އާނާ ފަހީމް
583 ދުވަސް ކުރިން - 3 ފެބްރުއަރީ 2025 19:22
އާސަންދަ / ފޮޓޮ: މޯލްޑިވްސް ފައިނޭންޝަލް ރިވިއު
އާސަންދަ / ފޮޓޮ: މޯލްޑިވްސް ފައިނޭންޝަލް ރިވިއު
ޚުލާސާ

އާސަންދައިގެ ޚަރަދު ކުޑަވި މައިގަނޑު އެންމެ ބޮޑު ސަބަބަކީ ކުރިން އަގު ބޮޑުކޮށް ވިއްކަމުން ގެންދިޔަ ބޭސް މިހާރު އަގު ހެޔޮކޮށްފައި ވާތީއެވެ. މިއީ ބޭސް ވިއްކާ ފަރާތްތަކާއި ސަރުކާރާއި ދެމެދު މަޝްވަރާ ކޮށްގެން ގެނައި ބަދަލެކެވެ.

އާސަންދަ ރިފޯމް ކުރުމުގެ ތެރެއިން ގެނައި ޚަރަދު ކުޑަކުރުމުގެ ބޮޑެތި ބަދަލުތަކާއި ގުޅިގެން އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން ކުރީ ކުއާޓަރުގައި ކުރި ޚަރަދަށް ވުރެ 2024 ވަނަ އަހަރުގެ މުއްދަތުގައި ކުރި ޚަރަދުން 37 މިލިއަން ރުފިޔާ ސަލާމަތް ވެއްޖެއެވެ.

އާސަންދައިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރުގެ ފަހު ކުއާޓަރގައި ބޭސްފަރުވާއަށް 817 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އާސަންދައިން ބުނާގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު 1 އިން ޑިސެމްބަރު 31 އަށް 854 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، 2024 ގެ އެ މުއްދަތުގައި ޚަރަދުކޮށްފައިވަނީ 817 މިލިއަން ރުފިޔާއެވެ.

Advertisement

Advertisement 1

މީގެއިތުރުން، 2024 ގެ ފަހު ކުއާޓަރގައި އާސަންދަ މެދުވެރިކޮށް ޚިދުމަތް ހޯދި ފަރާތްތަކުގެ އަދަދުވެސް ވަނީ މަދުވެފައެވެ. 2023 ގައި 279,851 މީހުން ޚިދުމަތް ހޯދާފައިވާއިރު، 2024 ގެ ފަހު ކުއާޓަރގައި 278,330 މީހުން ޚިދުމަތް ހޯދާފައިވެއެވެ.

އާސަންދައިން އިތުރަށް ހާމަކުރި ގޮތުގައި 2024 ގެ ފަހު ކުއާޓަރގައި ކުއްލި ޙާލަތުގައި އެއް ރަށުން އަނެއް ރަށަށް 1,393 ފަހަރު މީހުން ގެންގޮސްފައިވެއެވެ. އަދި މި މުއްދަތުގައި 2,327 ބަލިމީހުން ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވާފައިމވެއެވެ.

އާސަންދައިގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ވަނީ އެކި ފިޔަވަޅުތައް އަޅަން ފަށާފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމާއި، ބޭސްފަރުވާއަށް ޕްރައިވެޓް އިންޝުއަރެންސްއަށް އިސްކަންދިނުން ހިމެނެއެވެ. އަދި ބަލްކް ޕްރޮކިއުމަންޓް އުސޫލުން ބޭސް އެތެރެކުރުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.

އާސަންދައިގެ ޚަރަދު ކުޑަވި މައިގަނޑު އެންމެ ބޮޑު ސަބަބަކީ ކުރިން އަގު ބޮޑުކޮށް ވިއްކަމުން ގެންދިޔަ ބޭސް މިހާރު އަގު ހެޔޮކޮށްފައި ވާތީއެވެ. މިއީ ބޭސް ވިއްކާ ފަރާތްތަކާއި ސަރުކާރާއި ދެމެދު މަޝްވަރާ ކޮށްގެން ގެނައި ބަދަލެކެވެ.

އާސަންދަ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

60000 އަށްވުރެ ގިނައިން މުސާރަ ލިބޭ މީހުންނަށް އާސަންދަ ކަނޑާލަނީ

60000 އަށްވުރެ ގިނައިން މުސާރަ ލިބޭ މީހުންނަށް އާސަންދަ ކަނޑާލަނީ

2 ދުވަސް ކުރިން - 14:01

އިތުރު 8 އަތޮޅެއްގައި އާސަންދަ ކައުންޓަރުތައް ހުޅުވައިފި

އިތުރު 8 އަތޮޅެއްގައި އާސަންދަ ކައުންޓަރުތައް ހުޅުވައިފި

55 ދުވަސް ކުރިން - 20:49

އަމްރިތާ އާއި އާސަންދައާ ދެމެދު ވެފައިވާ އެއްބަސްވުން އާކުރަނީ؛ މިހާރު ފަރުވާ ހޯދާ މީހުންނަށް ހިދުމަތް ލިބޭނެ

އަމްރިތާ އާއި އާސަންދައާ ދެމެދު ވެފައިވާ އެއްބަސްވުން އާކުރަނީ

57 ދުވަސް ކުރިން - 23:25

ރަޖިސްޓްރީކޮށްފައި ނުވާ ހިދުމަތްތަކަށްވެސް ސްކީމުން އެހީ ލިބޭނެ ގޮތަށް ބަދަލުތަކެއް ގެނެސްފި

ރަޖިސްޓްރީކޮށްފައި ނުވާ ހިދުމަތްތަކަށްވެސް ސްކީމުން އެހީ ލިބޭނެ ގޮތަށް ބަދަލުތަކެއް ގެނެސްފި

98 ދުވަސް ކުރިން - 19:46

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

101 ދުވަސް ކުރިން - 20:58