ބިދޭސީއެއްގެ އަތުން 33،500 ރުފިޔާ ފޭރުނު ދެމީހަކު ހައްޔަރު ކޮށްފި

ހުސައިން އިސްމާއިލް | 260 ދުވަސް ކުރިން - 31 ޖެނުއަރީ 2025 17:09
ފޭރުނު މީހުން ހައްޔަރުކޮށްގެން ގެންދަނީ. (ޞޮފްވާންގެ އަތުގައި ބިޑި އަޅުވާފައި)
ފޭރުނު މީހުން ހައްޔަރުކޮށްގެން ގެންދަނީ. (ޞޮފްވާންގެ އަތުގައި ބިޑި އަޅުވާފައި)
ޚުލާސާ

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށީ / ލަކީހައުސް، ސޮފްވާން އަލީ (36 އަހަރު) އާއި މާލޭ / ހ. ރެނދަން، ފަވާޒު ކަޅު ތުއްތު (36 އަހަރު). މިއީ މަސްތޔުވާތަކެތި ބޭނުންކުރާ ދެމީހުން.

މާލޭގައި ބިދޭސީއެއްގެ އަތުން 33،500 ރުފިޔާ ފޭރުނު މައްސަލައެއްގައި މާލޭ މީހަކު ހިމެނޭ ގޮތަށް ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށީ / ލަކީހައުސް، ސޮފްވާން އަލީ (36 އަހަރު) އާއި މާލޭ / ހ. ރެނދަން، ފަވާޒު ކަޅު ތުއްތު (36 އަހަރު) އެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ 02:12 ހާއިރު މާލޭގެ ގުލާބީ ގޯޅީގައެވެ. ފުލުހުން ބުނި ގޮތުގައި ދެ މީހަކު ވެގެން ބިދޭސީއެއްގެ އަތުން 33،500 ރުފިޔާ ފޭރިގަތް ކަމަށް ބުނެ ބިދޭސީ މީހާ ވަނީ ފުލުހުންނަށް މައްސަލަ ރިޕޯޓުކޮށްފައެވެ.

މި ދެމިހުންނަކީ ވެސް މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ރެކޯޑް އޮންނަ މީހުންނެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%