އެއްވެސް މީހަކު ވަޒީފާއިން ވަކިކުރަން ނުފޫޒު ނުފޯރުވަން: މަމްދޫހު

އައިޝަތު ރުވާ ރިފްޢަތު | 263 ދުވަސް ކުރިން - 28 ޖެނުއަރީ 2025 13:44
ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު (މަންޑޭ)/ ފޮޓޯ: މަޖިލިސް
ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު (މަންޑޭ)/ ފޮޓޯ: މަޖިލިސް
ޚުލާސާ

އެއްވެސް ހާލަތެއްގައި، އެއްވެސް އާއިލާއަކަށް އަދި ވަކި ފަރުދަކަށް ވެސް، ދެރައެއް ދިނުމަށް ނުވަތަ އެފަދަ ކަމަކަށް ބާރު އަޅާނެ، ހިތްވަރުދޭނެ އަދި އެފަދަ ކަމެއް ކުރާނެ ފަރާތެއް ނޫން ކަމަށް މަމްދޫހު ވިދާޅުވި.

އެއްވެސް މީހަކު ވަޒީފާއިން ވަކިކުރުމަށް ނުފޫޒު ނުފޯރުވާ ކަމަށް ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު (މަންޑޭ) ވިދާޅުވެއްޖެއެވެ. މިފަދައިން މަމްދޫހު ވިދާޅުވެފައިވަނީ މާއުނގޫދޫގެ މީހަކު އެމްޓީސީސީގެ ވަޒީފާއިން ވަކިކުރީ އޭނާގެ ނުފޫޒުން ކަމަށް ތުހުމަތުކުރި ވީޑިއޯއެއް އާންމުވުމާއި ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަމްދޫހު ވިދާޅުވެފައިވަނީ އޭނާއަކީ އެއްވެސް ހާލަތެއްގައި، އެއްވެސް އާއިލާއަކަށް އަދި ވަކި ފަރުދަކަށް ވެސް، ދެރައެއް ދިނުމަށް ނުވަތަ އެފަދަ ކަމަކަށް ބާރު އަޅާނެ، ހިތްވަރުދޭނެ އަދި އެފަދަ ކަމެއް ކުރާނެ ފަރާތެއް ނޫން ކަމަށެވެ. އަދި މާއުނގޫދޫގެ އެއްވެސް ފަރާތަކުން އެފަދަ ކަމަކާއި ގުޅޭ އެއްވެސް ވާހަކައެއް ދައްކާފައި ނުވާ ކަމަށް ވެސް މަމްދޫހު ވިދާޅުވިއެވެ.

މީގެ އިތުރުން، މަމްދޫހު ވިދާޅުވީ ސަރުކާރުގެ އެއްވެސް ކުންފުންޏެއްގެ ވަޒީފާއިން ވަކި ފަރާތެއް ވަކިކޮށް ދުރުކޮށް ކޮންޓްރެކްޓް އުވާލުމަށް އަދި އެނޫންކަމެއް ކުރުމަށް ވެސް، އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށެވެ. އަދި އެފަދަ ކަމަކަށް އެއްވެސް ފަރާތަކަށް ހިތްވަރު ވެސް ނުދޭނެ ކަމަށް މަމްދޫހު ވިދާޅުވިއެވެ.

މަމްދޫހު ވިދާޅުވީ ބައެއް ނޫސްތަކުން އޭނާގެ ބަސް އޮޅޭ ގޮތަށް ޚަބަރުތައް ގެނެސްދީފައިވާ ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރި މައްސަލަ އެނގޭނީ ވެސް އަދި ބަލާނީ ވެސް އެމްޓީސީސީން ކަމަށް މަމްދޫހު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%