މާލީ ބަޔާނަކީ ރައްޔިތުންނަށް ތެދު މައުލޫމާތު ހިއްސާ ކުރުމަށް ހުށަހަޅަންޖެހޭ ބަޔާނެއް: މަމްދޫހު

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 4 ގަޑިއިރު ކުރިން - 5 ސެޕްޓެންބަރު 2025 17:56
ފުނަދޫ ދާއިރާގެ މެންބަރު މަމްދޫހު: ފޮޓޯ/ އިންޓަނެޓް---
ފުނަދޫ ދާއިރާގެ މެންބަރު މަމްދޫހު: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

މަމްދޫހު މި މޭރުމުން ވިދާޅުވެފައި މިވަނީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އޭނާގެ މާލީ ބަޔާނުގައި ދޮގު މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް އަޑުތަކެއް ފެތުރިފައިވަނިކޮށް.

މާލީ ބަޔާނަކީ ރައްޔިތުންނަށް ތެދު މައުލޫމާތު ހިއްސާ ކުރުމަށް ހުށަހަޅަންޖެހޭ ބަޔާނެއް ކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.

މަމްދޫހު މި މޭރުމުން ވިދާޅުވެފައިވަނީ އޭނާގެ އެކްސް އެކައުންޓްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. މަމްދޫހު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަލީ ބަޔާނަކީ، ހާމަކަން ބޮޑު ގޮތެއްގައި، އެއްވެސް ކަމެއް އޮޅުވާނުލައި، ތެދު މައުލޫމާތު ރައްޔިތުންނަށް ހިއްސާ ކުރުމަށް ހުށައަޅަން، ކޮންމެހެން ޖެހޭ ބަޔާނެކަމަށް ވަނީ ވިދާޅުވެފަ އެވެ.

"ކުންފުންޏެއްގައި އެންމެ ހިއްސާއެއް އޮތްނަމަވެސް އަދި އިތުރު ބަޔަކު ތިބެ އިއުތިރާޒު ކުރިނަމަވެސް، އެ މެންބަރުގެ އޮތިއްޔާ އޮތް، ހިއްސާއެއްގެ މައުލޫމާތު، މާލީ ބަޔާނުގައި ހިމަނާ ހާމަކުރަން ޖެހޭނެ. އެހެން ނޫންނަމަ، އެކަމަކީ، ސީދާ ރައްޔިތުންނަށް ކަންކަން އޮޅުވާލާ، މާލީ ހިސާބުން ހާމަކުރަންޖެހޭ، ކަންކަން ފޮރުވާ ސިއްރުކުރުން. ކަމެއް ސިއްރުކޮށް އޮޅުވާލާ، އެކަން ރައްޔިތުންނަށް ފަޅާއެރުމުން، ދެން ހާމަކުރާނަމޭ ބުނީމާ، މާލީ ބަޔާނުގައި ދޮގު މައުލޫމާތު ހިމެނި ސަބަބު ރައްޔިތުންނަށް، އޮޅޭހާ ރައްޔިތުން ގަމާރެއް ނުވާނެ."--- މަމްދޫހު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

މަމްދޫހު މި މޭރުމުން ވިދާޅުވެފައި މިވަނީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އޭނާގެ މާލީ ބަޔާނުގައި ދޮގު މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް އަޑުތަކެއް ފެތުރިފައިވަނިކޮށް އެކަމަށް ރައްދު ދެއްވަމުންނެވެ. މެންބަރު އައްބާސްގެ މާލީ ބަޔާނުގައި އޭނާގެ ހިއްސާ އޮންނަ ވިޔަފާރިތަކުގެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.

މިކަމަށް ރައްދު ދެއްވަމުން މެންބަރު އައްބާސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޭނާ އަކީ ރައްޔިތުންނަށް އެއްވެސް ކަމެއް ފޮރުވަން ބޭނުންނުވާ ބޭފުޅެއް ކަމަށެވެ. އޭނާގެ މާލީ ރިޕޯޓުގައި ވިޔަފާރި ކުންފުންޏެއްގެ ވާހަކަ ނެތީ އޭނާގެ މެޖޯރިޓީ ހިއްސާ އޮތް އެއްވެސް ވިޔަފާރި ކުންފުންޏެއް ނެތީމަ ކަމަށް މެންބަރު އައްބާސް ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑު ހިއްސާވާ ވިޔަފާރި ތިން ކުންފުނީގެ މައުލޫމާތު އަޅުގަނޑުގެ މާލީ ރިޕޯޓުގައި ހިމަނާފައި ނުވަނީ އެ ކުންފުނިތަކުގެ ދެންތިބި ހިއްސާދާރުންގެ މަސްލަހަތު އޮތްކަމަކަށް ވާތީ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އަންގަވައިފިނަމަ އަންގަވާ ގޮތެއްގެ މަތިން އަދި އަޅުގަނޑު ހިއްސާވާ ވިޔަފާރި ކުންފުނިތަކުގެ މައުލޫމާތު ހިމެނުމަށް އަޅުގަނޑު ކުޑަވެސް ޖެހިލުމެއް ނެތް ވާހަކަ ދަންނަވަން."--- މެންބަރު އައްބާސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

އައްބާސްގެ މާލީ ބަޔާނުގައިވާ ގޮތުން އޭނާއަށް އާމްދަނީގެ ގޮތުގައި ލިބިވަޑައިގަތީ މަޖިލީހުގެ މެންބަރުކަމުގެ މުސާރަ އެކަންޏެވެ. އެގޮތުން އޭނާއަށް މުސާރައިގެ ގޮތުގައި 927،532 ރުފިޔާ ލިބިވަޑައިގަތް ކަމަށް އޭނާގެ މާލީ ބަޔާނުގައިވެ އެވެ.

މެންބަރު އައްބާސްގެ ނަމުގައި، ބިމު ކުއްޔާއި ވިޔަފާރި ނަފާ، ހިއްސާތަކުން އެއްވެސް ފައިސާއެއް އަދި މުދަލާއި ވިޔަފާރި ހިއްސާތަކާއި ވިޔަފާރީގެ ގޮތުގައި އެއްވެސް އެއްޗެއް ލިބިފައިނުވާ ކަމަށް އޭނާގެ މާލީ ބަޔާނުގައިވެ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%