ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ ސަމާލު ނެރެފައިވާއިރު، މޫސުން އަލިވާނެ ކަމަށް ލަފާކުރެވެނީ އަންނަ ބުދަ ދުވަހު ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ހާމަކޮށްފިއެވެ.
މެޓުން ބުނީ، އަންނަ ބުދަ ދުވަހާއި ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ވާނެ ކަމަށް ލަފާ ކުރެވެއެވެ. ޚާއްޞަކޮށް މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ.
މިއަދު މެޓުން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ. މިރޭ 23:00 އާއި ހަމައަށް ދެމިގެންދާ މި ސަމާލުގައި މެޓުން ބުނެފައިވަނީ، އެ ސަރަހައްދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.








