މާލޭ އިސްލާމީ މަރުކަޒުގެ ގުއްބު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ އިސްލާމީ މަރުކަޒުގެ ގުއްބު އެތެރޭގެ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
ބީލަން އުސޫލުން ދިނުމަށް ހަމަޖެހިފައިވާ މި މަސައްކަތަށް ބީލަން ހުޅުވާލެވިފައި ވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްޜީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކޮށް، މަޢުލޫމާތު ސާފުކުރުމަށް ފަހު މިނިސްޓްރީއަށް ގޮސް އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށެވެ.
މި އިޢުލާނާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީ-ބިޑް މީޓިން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އިސްލާމީ މަރުކަޒުގައި ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
މިނިސްޓްރީން ބުނީ ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 9:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްޜީކުރަން ޖެހޭނެ ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
އިސްލާމީ މަރުކަޒަކީ މާލެ ސަރަހައްދުގައި ހުންނަ އެންމެ ބޮޑު މިސްކިތެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބިނާކުރެއްވި އެ މިސްކިތަކީ 40 އަހަރުގެ ދިގު ތާރީހެއް އޮތް މުހިންމު ބިނާއެކެވެ.









