ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރު ރިއާލް މެޑްރިޑުން އާމްދަނީގެ ގޮތުގައި މިއިން ދުވަހަކު އެއް އަހަރުތެރޭ ދުނިޔޭގެ އެއްވެސް ފުޓުބޯޅަ ކުލަބަކުން ނުލިބޭ ވަރުގެ ޢަމްދަނީއެއް ހޯދައި ދުނިޔޭގެ ރެކޯޑެއް ހަދައިފިއެވެ.
ރިއަލް މެޑްރިޑް މިހާރު ވެފައި ވަނީ އާމްދަނީގެ ގޮތުގައި އަހަރެއްގެ ތެރޭގައި އެއް ބިލިއަން ޔޫރޯ ހޯދި ފުރަތަމަ ޓީމުގެ ޝަރަފްވެރި ޓީމަށެވެ.
ޑެލޮއިޓް މަނީ ލީގުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، 2023/2024 ސީޒަންގައި ރިއަލްގެ ޢާމްދަނީގެ ގޮތުގައި އެއް ބިލިއަން ޔޫރޯ ލިބިފައި ވެއެވެ.
ރެއާލުން މި އަދަދު ހޯދީ، މެޗުތަކުން 248 މިލިއަން ޔޫރޯ އާއި، ބްރޮޑްކާސްޓިންގ އިން 316 މިލިއަން ޔޫރޯ އަދި އިސްތިހާރުގެ ގޮތުގައި 482 މިލިއަން ޔޫރޯ ހޯދައިގެންނެވެ.
މިދިޔަ އާމްދަނީ ލިސްޓުގެ ގަދަ 5 ޓީމު:
1. ރިއަލް މެޑްރިޑް: 1 ބިލިއަން ޔޫރޯ
2. މެންޗެސްޓަރ ސިޓީ: 838 މިލިއަން ޔޫރޯ
3. ޕީއެސްޖީ: 806 މިލިއަން ޔޫރޯ
4. މެންޗެސްޓަރ ޔުނައިޓެޑް: 771 މިލިއަން ޔޫރޯ
5. ބަޔަން މިއުނިކް: 765 މިލިއަން ޔޫރޯ
ގަދަ 10 ގައި ހިމެނޭ އެހެން ޓީމުތަކަކީ ބާސެލޯނާ، އާސެނަލް، ލިވަޕޫލް، ޓޮޓެންހަމް އަދި ޗެލްސީއެވެ.










