Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އުނގޫފާރު އާބަން ސެންޓަރަކަށް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެ: ރައީސް

އުނގޫފާރު އާބަން ސެންޓަރަކަށް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެ: ރައީސް

އައިޝަތު ރުވާ ރިފްޢަތު
546 ދުވަސް ކުރިން - 21 ޖެނުއަރީ 2025 23:12
ރައީސް އުނގޫފާރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން.
ރައީސް އުނގޫފާރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން.
ޚުލާސާ

މި މަޤްޞަދު ޙާޞިލުކުރެވޭނީ ސަރަޙައްދީ ވިސްނުމުގައި ބައެއް ރަށްތައް ތަރައްޤީކޮށްގެން ކަމަށާއި، ބައެއް ރަށްތަކަކީ އެންމެ މަތީ ފެންވަރުގައި ޚިދުމަތްތައް ތަރައްޤީ ކުރަންޖެހޭ ތަންތަން ކަމަށް ރައީސް ވިދާޅުވި.

ރ. އުނގޫފާރު އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީ ކުރުމަށްޓަކައި މި އަހަރާއި ދައުރުގެ ބާކީ އަހަރުތަކުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރ. އުނގޫފާރުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ތަރައްޤީގެ މާސްޓަރ ޕްލޭން ސަރުކާރުން ހަދަން ފަށާފައިވާއިރު، ދުރުރާސްތާއަށް ވިސްނައި ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގައި ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަންތައްތަކެއް އިޢުލާން ކުރައްވާފައި ވާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ހުރިހާ ރައްޔިތުންގެ މެދުގައި ވެސް ހަމަހަމަކަން އޮންނަންވާނެ ކަމަށާއި، ކުދި ރަށްތަކާއި ބޮޑެތި ރަށްތަކުގެ ދެމެދު ތަފާތުކުރުމެއް ނެތި ޚިދުމަތްތައް ލިބެންޖެހޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި ދުރުރާސްތާއަށް ވިސްނާއިރު، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ މަތީ ފެންވަރެއްގައި ހުރިހާ ޚިދުމަތްތަކެއް ދެވޭނީ ރާއްޖެ އުފެދިފައި އޮންނަ ގޮތްވެސް ޤަބޫލުކޮށް، އެހެނިހެން އެފަދަ ޙަޤީޤަތްތައް ބަލައިގަނެގެން ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement 1

ރައީސް ވިދާޅުވީ، މި މަޤްޞަދު ޙާޞިލުކުރެވޭނީ ސަރަޙައްދީ ވިސްނުމުގައި ބައެއް ރަށްތައް ތަރައްޤީކޮށްގެން ކަމަށާއި، ބައެއް ރަށްތަކަކީ އެންމެ މަތީ ފެންވަރުގައި ޚިދުމަތްތައް ތަރައްޤީ ކުރަން ޖެހޭ ތަންތަން ކަމަށެވެ. މިގޮތުން، އެންމެ މަތީ ފެންވަރުގައި ޚިދުމަތްތައް ޤާއިމުކުރުމަށްޓަކައި 7 ރަށެއް އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްޤީކުރުމަށް އިޢުލާންކުރައްވާފައިވާނެ ކަމަށް ވިދާޅުވިއެވެ.

އާބަން ސެންޓަރުގެ ގޮތުގައި ރާއްޖޭގައި ތަރައްޤީކުރާ 7 ރަށް:

1) ރ. އުނގޫފާރު

2) ބ. އޭދަފުށި

3) ޅ. ނައިފަރު

4) އދ. މަހިބަދޫ

5) ފ. ނިލަންދޫ

6) ދ. ކުޑަހުވަދޫ

7) ލ. ފޮނަދޫ

ރައީސް ވިދާޅުވީ، އާބަން ސެންޓަރެއް ތަރައްޤީ ކުރުމަކީ ބުރަ މަސައްކަތްތަކެއް ކަމަށެވެ. މުޅި ސަރުކާރު ގުޅިގެން، ކައުންސިލުތަކާއި ރައްޔިތުންގެ ޝާމިލުވުމާއެކު ކުރެވިގެންދާންޖެހޭ މަސައްކަތްތަކެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިހާރު މި މަސައްކަތްތައް ފަށާފައިވާއިރު، މި އަހަރާއި ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އުނގޫފާރުގައި ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެކަން ވެސް ރައީސް ހާމަކުރެއްވިއެވެ. އަދި އެއްފަދަ މަސައްކަތްތަކެއް ދެން ހުރި އާބަން ސެންޓަރުތަކުގައި ވެސް ކުރިއަށް ގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މި އާބަން ސެންޓަރުތަކަކީ އުމްރާނީ ތަރައްޤީގެ ގޮތުންނާއި، ތަޢުލީމީ އަދި ޞިއްޙީ ދާއިރާގެ އިތުރުން އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުންވެސް އެންމެ ފެންވަރު ރަނގަޅުކޮށް ކަންކަން ކުރެވިފައި ހުންނަންޖެހޭނެ ތަންތަން ކަމުގައެވެ. މިއީ ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުން ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ މަސައްކަތްތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޑޮމިނިކަން ރިޕަބްލިކްގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްމްހޫރިއްޔާ އަށް އަރުވައިފި

35 މިނެޓު ކުރިން - 15:22

ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ކިއުބާ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

45 މިނެޓު ކުރިން - 15:12

ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޤަޠަރުގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

53 މިނެޓު ކުރިން - 15:04

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

21 ގަޑިއިރު ކުރިން - 18:38

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

1 ދުވަސް ކުރިން - 13:44

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

4 ދުވަސް ކުރިން - 16:01