Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގަލްފް އޮފް މެކްސިކޯގެ ނަން ގަލްފް އޮފް އެމެރިކާއަށް ބަދަލުކުރާނަން - ޓްރަމްޕް

ގަލްފް އޮފް މެކްސިކޯގެ ނަން ގަލްފް އޮފް އެމެރިކާއަށް ބަދަލުކުރާނަން - ޓްރަމްޕް

ޖަވާދު
551 ދުވަސް ކުރިން - 21 ޖެނުއަރީ 2025 07:11
ގަލްފް އޮފް މެކްސިކޯގެ ނަން ގަލްފް އޮފް އެމެރިކާއަށް ބަދަލުކުރާނަން - ޓްރަމްޕް
ޚުލާސާ

ޓްރަމްޕް ވިދާޅުވީ އެމެރިކާގެ "ރަންޒަމާން" ފެށުނީ ކަމަށާއި، ރާވައިގެން ބޮޑެތި ކުށްކުރާ ގޭންގުތައް އެއީ ބޭރުގެ ޓެރަރިސްޓު ޖަމާޢަތްކަމަށް ކަނޑައަޅައި، މެކްސިކޯގެ ކޮންޓުރޯލް ނަގާނެ ކަމަށް.

އެމެރިކާގެ 47 ވަނަ ރައީސްކަމަށް ހޮވިވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕް ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު، ގިނަ އަދަދެއްގެ  އައު ސިޔާސަތުތަކެއް އިޢުލާންކުރައްވައިފިއެވެ. މީގެ ތެރޭގައި ގަވާއިދާ ޚިލާފަށް އެމެރިކާގައި އުޅޭ މީހުންނާއި "ކުށްވެރިން" އަނބުރާ ފޮނުވާލުމުގެ ސިޔާސަތު ހިމެނެއެވެ.

ހުވާކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ޓްރަމްޕް ވިދާޅުވީ އެމެރިކާގެ "ރަންޒަމާން" ފެށުނީ ކަމަށާއި، ޤައުމު ތަރައްޤީގެ އާ ލަނޑުދަނޑިތަކެއް ޙާޞިލުކުރާނެ ކަމަށެވެ. އަދި އެމެރިކާގެ މަޞްލަޙަތު އަބަދުވެސް އިސްކުރާނެ ކަމަށާއި، ޤައުމީ މިނިވަންކަމަށް އިޙްތިރާމްކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޓްރަމްޕް އިޢުލާންކުރެއްވި އާ ސިޔާސަތުތަކުގެ ތެރޭގައި ދެކުނު ބޯޑަރުގައި ޤައުމީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާއި، އޯގަނައިޒްޑް ކްރައިމް ގްރޫޕްތައް ބޭރުގެ ޓެރަރިސްޓުންގެ ގޮތުގައި ކަނޑައެޅުން ހިމެނެއެވެ. މީގެ އިތުރުން، އިންފްލޭޝަން ކޮންޓްރޯލްކުރުމަށް ކެބިނެޓަށް އަންގަވާނެ ކަމަށާއި، "މެކްސިކޯގައި ދެމިތިބުން" ސިޔާސަތު އަލުން ތަންފީޛުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

Advertisement 1

އިތުރު ބަދަލުތަކުގެ ތެރޭގައި ގަލްފް އޮފް މެކްސިކޯގެ ނަން ގަލްފް އޮފް އެމެރިކާ އަށް ބަދަލުކުރުމާއި ޕެނަމާ ކެނަލް އަނބުރާ ނެގުން، ޓެރިފް ނެގުމާއި ވިޔަފާރީގެ ނިޒާމު އިޞްލާޙުކުރުން، ޓެކްސް ކުޑަކުރުން އަދި ސަރުކާރުގެ ސެންސަރުކުރުން ހުއްޓާލުން ހިމެނެއެވެ.

ރައީސް ޓްރަމްޕް ވިދާޅުވީ މި ބަދަލުތަކާއެކު އެމެރިކާ ވެގެންދާނީ ކުރިއަށްވުރެ ވަރުގަދަ، ބޮޑު އަދި ކާމިޔާބު ޤައުމަކަށް ކަމަށެވެ. އަދި އެމެރިކާ އަނެއްކާވެސް ދުނިޔޭގައި އުފެއްދުންތެރިކަން އެންމެ މަތީ ޤައުމަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނިންމާލަމުން ރައީސް ޓްރަމްޕް ފާހަގަކުރެއްވީ، އޭނާއަށް ކުރިމަތިވި ދަތިތަކަކީ އެމެރިކާގެ ތާރީޚުގައި އެއްވެސް ރައީސަކަށް ކުރިމަތިވެފައިނުވާ ފަދަ ދަތިތަކެއް ކަމަށެވެ

އެމެރިކާޑޮނަލްޑް ޓްރަމްޕުމެކްސިކޯ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

18 ގަޑިއިރު ކުރިން - 20:07

އެމެރިކާ އިން ޔަމަނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފި

އެމެރިކާ އިން ޔަމަނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފި

2 ދުވަސް ކުރިން - 20:16

އީރާނުގެ ސްކޫލަށް ދިން ޙަމަލާގެ ހެކި ގެއްލުވާލަން ޓްރަމްޕް މަސައްކަތް ކުރަނީ

އީރާނުގެ ސްކޫލަށް ދިން ޙަމަލާގެ ހެކި ގެއްލުވާލަން ޓްރަމްޕް މަސައްކަތް ކުރަނީ

10 ދުވަސް ކުރިން - 19:33

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

11 ދުވަސް ކުރިން - 17:03

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

12 ދުވަސް ކުރިން - 01:08

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

15 ދުވަސް ކުރިން - 11:26