މިދިޔަ ޑިސެމްބަރު މަހު މާލޭގެ އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއް ދެމެދުގައި ހިންގި މާރާމާރީގައި އިސްކޮށް ހުރި މީހާ ޑީޕޯޓުކޮށްލައިފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، ޑީޕޯޓު ކޮށްފައި ވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ އަމްރިތު ސިންގް (25) ކަމަށެވެ.
މި މާރާމާރީ ހިންގާފައިވަނީ 6 ޑިސެމްބަރު 2024 ވަނަ ދުވަހު އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ. މި ހާދިސާގައި އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް ގިނަ އަދަދެއްގެ ބިދޭސީން ބައިވެރިވެފައިވާކަން މީސްމީޑިއާގައި ދައުރުވި ވީޑިއޯތަކުން ފެނިފައިވެއެވެ.
ރޭ ވެސް އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި އިތުރު މާރާމާރީއެއް ހިނގާފައިވާކަމަށް އިމިގްރޭޝަންގެ އޮފިޝަލް ހާމަކުރެއްވިއެވެ. މި ހާދިސާއާ ގުޅިގެން އިންޑިއާއަށް ނިސްބަތްވާ ތިން ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އެ މީހުންވެސް ޑީޕޯޓުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.








