ކުރިއަށް އޮތް 30 އަހަރު ތެރޭގައި ޖަޕާނަށް 'މެގަ ބިންހެލުމެއް' އައުމުގެ ފުރުސަތު %82 އަށް އިތުރުވެއްޖެ ކަމަށް ޖަޕާނުގެ ސައެންސްވެރިންނާއި ޙަވާލާދީ އެޤައުމުގެ ސަރުކާރުން ބުނެފިއެވެ.
ޖަޕާން ސަރުކާރުގެ ތަޖުރިބާކާރުންގެ ޕެނަލަކާއި ޙަވާލާދީ ނޫސް އެޖެންސީ އޭއެފްޕީ އިން ބުނާ ގޮތުގައި ބިންހެލުމުގެ ބާރު 8 އާއި 9 މެގްނިޓިއުޑްގެ ބާރުމިނުގައި އައިސް ޖަޕާނަށް ބޮޑު ސުނާމީއެއް އަރާނެއެވެ. އަދި އެތައް ހާސް ބަޔަކު މަރުވެ އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ލިބިދާނެ ކަމަށެވެ.
ބިންހެލުން ދިރާސާކުރާ ކޮމިޓީން ބުނާ ގޮތުގައި މިދިޔަ އަހަރާއި ހަމައަށް މި ވަރުގެ ބާރުގަދަ ބިންހެލުން އައުމުގެ ފުރުސަތު 74 ޕަސެންޓާއި 81 ޕަސެންޓާ ދެމެދުގައި އޮތްއިރު، މިހާރު ވަނީ 75 ޕަސެންޓާއި 82 ޕަސެންޓާ ދެމެދުގެ އަދަދެއް އިތުރުވެފަ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ބިންހެލުމުގެ މަރުކަޒަކީ ޖަޕާނުގެ ހުޅަނގު ދެކުނުގައި އޮންނަ ޕެސިފިކް ކަނޑުގެ އައްސޭރީގައި އޮންނަ ނަންކައި ޓާފްގެ ނަމުން މަޝްހޫރު ކަނޑުއަޑީގެ ސަރަހައްދެކެވެ.
800 ކިލޯމީޓަރު ދިގު ނަންކައި ޓާފް އަކީ ޖަޕާނުގެ ޕެސިފިކް ކަނޑުގެ އައްސޭރިފަށާއި ޕެރެލަލް ކަނޑުގެ ޗެނަލެކެވެ.
ޖަޕާން ސަރުކާރުގެ އަންދާޒާތަކަށް ބަލާއިރު، އައްސޭރިފަށާއި ކައިރީގައިވާ ކުދި ޖަޒީރާތަކަށް 30 މީޓަރު އުސްމިނުގެ ސުނާމީ ރާޅުތައް އަރާނެ އެވެ.









