Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖެ 100 ޕަސަންޓް ޑިޖިޓަލް ކޮށް ރީޖަންގެ އެއްވަނަ ޤައުމަކަށް ރާއްޖެ ހަދަނީ

ރާއްޖެ 100 ޕަސަންޓް ޑިޖިޓަލް ކޮށް ރީޖަންގެ އެއްވަނަ ޤައުމަކަށް ރާއްޖެ ހަދަނީ

ހުސައިން އިސްމާއިލް
591 ދުވަސް ކުރިން - 17 ޖެނުއަރީ 2025 12:20
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޑިޖިޓަލް ތަޞައްވަރަށް އެސްޓޯނިއާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޑިޖިޓަލް ތަޞައްވަރަށް އެސްޓޯނިއާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން.
ޚުލާސާ

މިދައުރުގެ ތެރޭގައި، ސަރުކާރުގެ ހުރިހާ ޚިދުމަތްތަކެއް، ޕަބްލިކް ސަރވިސްގެ ހުރިހާ ކަމެއް، ތަޢުލީމީ ދާއިރާ އަދި ޞިއްޙީ ދާއިރާ އެއްކޮށް ޑިޖިޓަލައިޒްވެ، މި ރީޖަންގެ އެއް ނަންބަރު ޤައުމަށް ރާއްޖެ ވެގެންދާނެ.

ރާއްޖޭގެ އާންމު ޚިދުމަތްތައް ފުރިހަމައަށް ޑިޖިޓަލައިޒް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ތަޢުލީމީ އަދި ޞިއްޙީ ދާއިރާއިންނެވެ.

ދައުކަތުގެ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި، ޑިޖިޓަލް ރާއްޖެއެއް ބިނާކޮށް، ޤައުމީ އުފެއްދުންތެރިކަމުގެ 15 ޕަސެންޓު ޑިޖިޓަލް ދާއިރާއިން ޤާއިމުކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. މި ހަތަރު އަހަރުގެ ތެރޭގައި، ސަރުކާރުގެ ހުރިހާ ޚިދުމަތްތަކެއް، ޕަބްލިކް ސަރވިސްގެ ހުރިހާ ކަމެއް، ތަޢުލީމީ ދާއިރާ އަދި ޞިއްޙީ ދާއިރާ އެއްކޮށް ޑިޖިޓަލައިޒް ކުރުމަށް ރޭވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement 1

ޑިޖިޓަލްގެ ރޮނގުން ކުރިއަރާފައިވާ އެސްޓޯނިއާ އަށް ވަޑައިގެންނެވުމުން، އެޤައުމުގެ ރައީސް ޑރ. އަލާރ ކަރިސް (ވ) ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޑިޖިޓަލް ތަޞައްވަރަށް މަރުޙަބާ ވިދާޅުވެފަ. ރައީސްގެ އަމާޒަކީ މި 4 އަހަރުތެރޭ ރާއްޖެ ޑިޖިޓަލް ކުރުން.

އެސްޓޯނިއާއަކީ ޑިޖިޓަލް އިޤްތިޞާދެއް ބިނާކުރުމުގައި މުޅި ދުނިޔޭގައިވެސް ނަމޫނާ ޤައުމެއްކަން ފާހަގަކުރައްވައި، ރާއްޖޭގެ އާންމު ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތުގައި އެސްޓޯނިއާގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން މި ދަތުރުފުޅުގެ ތެރެއިން ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގައި އެޤައުމުގެ "ޑިޖިޓަލް ހިންގުން" ތަޖުރިބާ ކޮށްލައްވަނީ - ރައީސްގެ ތަޞައްވަރާއެކު ދިވެހި ރާއްޖެ ވެގެންދާނީ ޑިޖިޓަލް ދުނިޔޭގައި ނަން ހިނގާނެ ޤައުމަކަށް.

2040 ވަނަ އަހަރާއި ހަމައަށް ދާއިރު، ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ ތަޞައްވުރު ޙާޞިލްކުރުމަށް، އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޒަމާނީ ޓެކްނޮލޮޖީ އާއި ވިސްނުންތަކުގެ ދައުރު ވަރަށް މުހިންމު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން، ރާއްޖޭގައި ވެސް އޭއައި މާސްޓަރ ޕްލޭނެއް ހަދައި، ޤައުމު ތަރައްޤީ ކުރުމުގައި އޭއައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.        

ރައީސް ޑރ. މުހައްމަދު މުއިއްޒުއެސްޓޯނިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައީސް ޑރ. މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ: ޝިޔާމް

"ރައީސް މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ"

17 ގަޑިއިރު ކުރިން - 20:10

ރާއްޖޭގައި އިންޖިނިއަރިން ދާއިރާއިން ދިރާސާތައް ކުރެވޭނެ އެންމެ މަތީ ފެންވަރުގެ ލެބޯޓަރީއެއް ގާއިމުކުރަން ނިންމަވައިފި

އިންޖިނީރިންގެ ދާއިރާއިން ތަހުލީލާއި ދިރާސާކުރާނެ ލެބޯޓާރީއެއް ގާއިމުކަރަނީ

17 ގަޑިއިރު ކުރިން - 19:52

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި: މުޅި މަޝްރޫއު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި

17 ގަޑިއިރު ކުރިން - 19:49

އިންޖިނީރިންގއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

އިންޖިނީރިންގްއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

1 ދުވަސް ކުރިން - 11:32

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

1 ދުވަސް ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

2 ދުވަސް ކުރިން - 08:31