އިސްލާމިކް މިނިސްޓްރީން އަންނަ ރޯދަ މަހު ބާއްވާ ބަންގި މުބާރާތުގެ އޮޑިޝަން އަންނަ މަހު 11 ގައި ބާއްވަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ "ނޫރުލް އަޛާން 1446" ބަންގި މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހަޅާފައިވާ ކުދިންނަށް ބޭއްވުމަށް ހަމަޖެހިފައިވާ އޮޑިޝަން އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.
އެހެންވެ، މާލެއިން މި މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހަޅާފައިވާ އުމުރުން 15 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިން އޮޑިޝަނަށް ތައްޔާރުވެގެން އެ ދުވަހުގެ ހަވީރު 15:45 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމަށް ހާޒިރުވުމަށް ވެސް މިނިސްޓްރީން ވަނީ އެދިފަ އެވެ.
އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ކުދިންނަށް މިމު ބާރާތުގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް ދެވެން ނެތް ކަމަށް މިނިސްޓްރީން ބުންޏެވެ.









