ޅެންވެރިންގެ ޝުޢޫރުތަކުން ދަރިންގެ ތަރުބިއްޔަތަށް މަގު ދެއްކެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ރައީސް މިފަދައިން ގޮވާލައްވާފައިވަނީ ދިވެހި ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ ޅެންވެރިންގެ ޝުޢޫރުތަކުން ދަރިންގެ ތަރުބިއްޔަތަށް މަގު ދައްކަވައިދެއްވާ، ޤައުމީ ލޯބި އިތުރުކޮށްދެއްވުމަށް ގޮވާލައްވާފައެވެ. އަދި މަތިވެރި އަޚްލާޤު ދިރުވައި އާލާކޮށްދެއްވުމަށް ވެސް ރައީސް ވަނީ ގޮވާލައްވާފައެވެ.
މިއަދު ފާހަގަކުރަމުން އަންނަ ޅެންވެރިންގެ ދުވަހާ ގުޅިގެން ރައީސް ވަނީ ދިވެހި ހުރިހާ ޅެންވެރިންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުން ވެސް ރައްދުކުރައްވާފައެވެ.









