އެސްޓޯނިއާގެ ރައީސް ޑރ. އަލާރ ކާރިސްގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖެއަށް ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް ދެވިދާނެ ގޮތްތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ. އަދި އެސްޓޯނިއާގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރާއި އެ ތަޖުރިބާއިން ދިވެހިރާއްޖެއަށް ދަސްކުރެވިދާނެ ފިލާވަޅުތަކާ ބެހޭގޮތުން ދެ ޤައުމުގެ ފަރާތުން މަޝްވަރާކޮށްފައިވެއެވެ.
މީގެ އިތުރުން، މި ބައްދަލުވުމުގައި ޑިޖިޓަލް މޯލްޑިވްސްއަކަށް ރައީސްގެ އޮތް ވިޝަން ޙިއްސާކުރެއްވިއެވެ.
މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ ޑިޖިޓަލް މުސްތަޤުބަލު ބިނާކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.









