Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް ރައީސް ޒިޔާރަތްކުރައްވައިފި

އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް ރައީސް ޒިޔާރަތްކުރައްވައިފި

އަައިޝަތު ޒީނާ
594 ދުވަސް ކުރިން - 14 ޖެނުއަރީ 2025 15:08
އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް ރައީސް ޒިޔާރަތްކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް ރައީސް ޒިޔާރަތްކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރުގެ ހެޑް އާއި އިންޓަރނޭޝަނަލް ސަރވިސަސް ޑިވިޜަންގެ އެކްޓިންގ ހެޑް އަދި އެންޓަޕްރައިޒް އެސްޓޯނިއާގެ އެސްޓޯނިއަން އިންވެސްޓްމަންޓް އެޖެންސީގެ ޑިރެކްޓަރ ވަނީ ރައީސް އަށް ހޫނު މަރުޙަބާއެއް ދަންނަވާފައި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރިޕަބްލިކް އޮފް އެސްޓޯނިއާގެ ޓަލިންގައި ހުންނަ އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ.

އެ ސެންޓަރުން ރައީސް އަށް ހޫނު މަރުޙަބާއެއް ދެންނެވީ އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރުގެ ހެޑް މިސް ޓްރިއިން ޖޮއާސާރޭ އާއި އިންޓަރނޭޝަނަލް ސަރވިސަސް ޑިވިޜަންގެ އެކްޓިންގ ހެޑް އަދި އެންޓަޕްރައިޒް އެސްޓޯނިއާގެ އެސްޓޯނިއަން އިންވެސްޓްމަންޓް އެޖެންސީގެ ޑިރެކްޓަރ މިސްޓަރ ޖޫނާސް ވެންޓޯއެވެ.

މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ ވަފުދަށް ވަނީ އެސްޓޯނިއާގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގެ ޕްރެޒެންޓޭޝަނެއް ދީފައެވެ. މީގެ އިތުރުން، އެސްޓޯނިއާގެ ޑިޖިޓަލް ސޮސައިޓީ އާއި އީ-ގަވަރނަންސް އިނޮވޭޝަންތަކާއި، އީ-ރެސިޑެންސީ، ޑިޖިޓަލް އައިޑީ، އީ-ޓެކްސޭޝަން އަދި އެކްސް-ރޯޑް ސިސްޓަމްތައް މެދުވެރިކޮށް ރައްކާތެރި ޑޭޓާ އެކްސްޗޭންޖް ފަދަ ޑިޖިޓަލް ސިސްޓަމްތައް އިންޓަގްރޭޓް ކުރުމުގައި އެސްޓޯނިއާ އިން ހޯދާފައިވާ ކާމިޔާބީއާއި ބެހޭ ގޮތުން ރައީސް އާއި ސަރުކާރުގެ ވަފުދަށް ޕްރެޒެންޓޭޝަނެއް ދީފައިވެއެވެ.

Advertisement

Advertisement 1

ރައީސް އެސްޓޯނިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ރިޕަބްލިކް އޮފް އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ ޓެކް ކޮމިއުނިޓީގެ މަންދޫބުން ހިމެނޭ ގޮތަށް ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއެސްޓޯނިއާ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

މަގުމަތީގެ ނިޒާމަށް ބޮޑެތި ބަދަލުތަކާއި އެކު އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނު ރައީސް ތަސްދީގުކުރައްވައިފި

ހަރުކަށި އުސޫލުތަކާއެކު އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނު ރައީސް ތަސްދީގުކުރައްވައިފި

11 މިނެޓު ކުރިން - 15:43

ފަޅުރަށްރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު ރައީސް ތަސްދީޤުކުރައްވައިފި؛ ކުލީގެ ރޭޓުތަކަށް ބޮޑު ބަދަލެއް

ފަޅުރަށްރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު ރައީސް ތަސްދީޤުކުރައްވައިފި

42 މިނެޓު ކުރިން - 15:12

ރިސޯޓުތަކުން 40 ޕަސެންޓު މާރުކުރިޔަސް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ: ރައީސް

ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހުނަސް، މުވައްޒަފުންނަށް ޑޮލަރުން މުސާރަ

1 ގަޑިއިރު ކުރިން - 14:46

ރައީސް ޑރ. މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ: ޝިޔާމް

"ރައީސް މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ"

19 ގަޑިއިރު ކުރިން - 20:10

ރާއްޖޭގައި އިންޖިނިއަރިން ދާއިރާއިން ދިރާސާތައް ކުރެވޭނެ އެންމެ މަތީ ފެންވަރުގެ ލެބޯޓަރީއެއް ގާއިމުކުރަން ނިންމަވައިފި

އިންޖިނީރިންގެ ދާއިރާއިން ތަހުލީލާއި ދިރާސާކުރާނެ ލެބޯޓާރީއެއް ގާއިމުކަރަނީ

20 ގަޑިއިރު ކުރިން - 19:52

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި: މުޅި މަޝްރޫއު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި

20 ގަޑިއިރު ކުރިން - 19:49

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%