Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަށް އިންކާރުކޮށްފި

މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަށް އިންކާރުކޮށްފި

އުސްތާޛް އަލީ އާދަމް
592 ދުވަސް ކުރިން - 14 ޖެނުއަރީ 2025 10:43
މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައުމޫން.
މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައުމޫން.
ޚުލާސާ

މޯލްޑިވް ގޭސް އަށް ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި ޖުމްލަ 3,106,189.38 ނަގާފައިވާ ކަމަށް މާނު އަށް ތުހުމަތު ކުރެވޭ.

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައުމޫން (ގޭސް މާނު) ގެ މައްޗަށް އުފުލާފައިވާ 7 ދަޢުވާއަށް ވެސް އޭނާ އިންކާރު ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މައުމޫނުގެ ދިފާއީ ވަކީލު ވިދާޅުވި ގޮތުގައި މި ދަޢުވާތަކަކީ މައުމޫނުގެ އަބުރު ކަތިލުމަށް އުފުލާފައިވާ ދަޢުވާތަކެއް ކަމަށާއި މިއީ އެއްވެސް އަސާސެއް ނެތް ދަޢުވާ ތަކެކެވެ.

މި މައްސަލަ އަކީ މޯލްޑިވް ގޭސްގެ އެމްޑީގެ މަޤާމުގައި އަބްދުﷲ މައުމޫން ހުރި ދުވަސްވަރު އެކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި ޖުމްލަ 3,106,189.38 ނަގާފައިވާ ކަމަށް ބުނާ މައްސަލައެކެވެ. އަދި އެ ފައިސާ އޭނާއާ ގުޅުން އޮންނަކަމަށް ތުހުމަތު ކުރެވޭ އަދި އޭނާގެ އާއިލީ ބައެއް ފަރާތްތަކާއި ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް ޖަމާކޮށްފައިވާ ކަމަށް އޭސީސީން ވަނީ މިގެ ކުރިން ބުނެފައެވެ.

Advertisement

Advertisement 1

ކްރިމިނަލް ކޯޓުގައި މާނުގެ ވަކީލު ވިދާޅުވީ އެތައް ބަޔަކު ގުޅިގެން މެނުވީ ނުކުރެވޭނެ ކަންކަމުގެ ތުހުމަތުތަކެއް އެކުލެވޭ މައްސަލަތަކުގައި މައުމޫމަށް އެކަނި މި ދަޢުވާ ކުރަނީ އޭނާގެ ސިޔާސީ ކެރިއަރ ދުއްވާލުމަށެވެ.

ވަކީލު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ބައެއް ކުންފުނިތަކާއެކު ކުރެވުނު މުޢާމަލާތްތަކަކީ ޕްރޮކިއުމަންޓުގެ ތެރެއިން ކުރެވުނު މަސައްކަތްތަކެވެ. އެހެންކަމުން، މި މަރުޙަލާތަކުގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ބައިވެރިވުމެއް ނޯންނާނެ ކަމަށާއި، މައުމޫނު އެއްވެސް މުވައްޒަފަކަށް ނުފޫޒެއް ފޯރުވާފައި ނުވާކަން މުވައްޒަފުންގެ ބަޔާނުން އެނގޭއިރު ވަކި މަސައްކަތެއް ވަކި ކުންފުންޏަކަށް ދިނުމަށް މައުމޫނު އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.

މައްސަލައިގެ ދަޢުވާތަކުގައި މައުމޫނުގެ އެކައުންޓަށް އަދި އޭނާއާ ގުޅުންހުރި އެކައުންޓުތަކަށް ފައިސާ ޖަމާކުރިކަމަށް ބުނާ ތުހުމަތުތަކަށްވެސް މައުމޫނުގެ ފަރާތުން އިންކާރުކޮށްފައިވެއެވެ.

މި އަޑުއެހުމުގައި ޤާޟީ އިސްމާޢީލް ޝަފީޢު ވަނީ ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތަކާއި ދިފާޢީ ހެކި ހުށަހެޅުމަށް 26 ޖެނުއަރީގެ ނިޔަލަށް ފުރުޞަތު ދެއްވާފައެވެ.

ކްރިމިނަލް ކޯޓުމޯލްޑިވް ގޭސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަން ނިންމައިފި

ވާނުވާ ބަންދު އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަނީ

10 ދުވަސް ކުރިން - 15:17

ކްރިމިނަލް ކޯޓަށް 3 ފަނޑިޔާރުން ހަމަޖައްސަވައިފި

ކްރިމިނަލް ކޯޓަށް 3 ފަނޑިޔާރުން ހަމަޖައްސަވައިފި

19 ދުވަސް ކުރިން - 08:57

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

41 ދުވަސް ކުރިން - 19:54

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

41 ދުވަސް ކުރިން - 18:42

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

80 ދުވަސް ކުރިން - 11:09

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

108 ދުވަސް ކުރިން - 16:32