Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދެކުނާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށްފި

ދެކުނާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށްފި

އާނާ ފަހީމް
607 ދުވަސް ކުރިން - 10 ޖެނުއަރީ 2025 18:36
ގަދަ ކަނޑެއްގައި ފުލުހުން ހަރަކާތްތެރި ވަނީ/ ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް
ގަދަ ކަނޑެއްގައި ފުލުހުން ހަރަކާތްތެރި ވަނީ/ ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް
ޚުލާސާ

ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް ލަފާ ކުރެވޭ.

ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް)އިން މިއަދު އަންގައިފިއެވެ.

މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވިއްސާރަ ކުރާނެ ކަމަށެވެ. ޚާއްޞަކޮށް ދެކުނާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ބޯކޮށް ވާރޭ ވެހި، އާންމު ވައި ވެސް ގަދަވާނެކަމަށް އެ އިދާރާއިން ބުންޏެވެ.

ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ބުންޏެވެ. އެހެން ހިސާބުތަކަށް އިރާއި އިރުއުތުރުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

Advertisement

Advertisement 1

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ދަނީ މިއަދު ހެނދުނުން ފެށިގެން ސަމާލުތައް ނެރެމުންނެވެ. އެންމެ ފަހުން ނެރެފައިވަނީ ޅ އަތޮޅުން ފެށިގެން ތ އަތޮޅަށް ހުދު ސަމާލެކެވެ. މި ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު 16:00 އިން 22:00 އަށެވެ.

ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ބެލެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމާއިމެދު ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސް ކުރެއެވެ.

ރާއްޖޭގެ ދެކުނުގެ ހިސާބުތަކުގައި ކަނޑުތަކުގެ ރާޅުގެ އުސްމިން 2 ފޫޓާ 5 ފޫޓާއި ދެމެދުގައި ހުރުމާއެކު މެދުރާއްޖެތެރެއާއި އުތުރުގެ ހިސާބުތަކުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން 4 ފޫޓާއި 6 ފޫޓާއި ދެމެދުގެ އުސްމިނުގައި ހުންނާނެކަމަށް މެޓު އޮފީހުން ބުންޏެވެ.

މިވޭތުވެދިޔަ 24 ގަޑިއިރު ކުރި ވިއްސާރައަށް ބަލާއިރު 148.6 މިލިމީޓަރުގެ ވާރެއާއެކު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ގއ.ގެމަނަފުއްޓަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)
Advertisement
Advertisement

ގުޅޭ ޚަބަރުތައް

އެލް-ނީނޯގެ ބާރު ގަދަވެ ރާއްޖޭގެ ހޫނުމިން މަތިވާނެތީ ދުރާލާ ތައްޔާރުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފި

އެލް-ނީނޯގެ ބާރު ގަދަވެ ރާއްޖޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނަނީ

12 ދުވަސް ކުރިން - 11:04

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފި

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

29 ދުވަސް ކުރިން - 08:47

ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ޔެލޯ އެލާޓް!

ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ޔެލޯ އެލާޓް!

40 ދުވަސް ކުރިން - 09:58

ކަނޑުތައް ގަދަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރަށް ހުދު ސަމާލު ނެރެފި

ކަނޑުތައް ގަދަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް އުތުރަށް ހުދު ސަމާލު ނެރެފި

67 ދުވަސް ކުރިން - 12:19

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

96 ދުވަސް ކުރިން - 12:25

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި

އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ: މެޓު

114 ދުވަސް ކުރިން - 14:36

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%